By: Aishath Mihna Nasih
ކާމިޔާބު ސީރީޒް "ދަ ކްރައުން" ގެ އެންމެ އިންތިޒާރުކުރި އެޕިސޯޑުތައް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. މިފަހަރުގެ އެޕިސޯޑުތައް ހާއްސަކޮށްފައިވަނީ ޑަޔާނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްވަރު ހިނގައިދިޔަ ހާދިސާތަކަށެވެ. ޑަޔާނާ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ޑޯޑީގެ ގުޅުން މިފަހަރު ވަނީ ނިއުޅުވާލައިފަ އެވެ. އެކަމަކު އަދިވެސް ޖަވާބެއް ނުލިބި އޮތް އެއް ސުވާލަކީ ހަމަ އަސްލަށް ވެސް ޑަޔާނާ އާއި ޑޯޑީ އެންގޭޖުވިތޯ އެވެ.
ޑޯޑީ، ޑަޔާނާގެ ލޯބި ހޯދަން ކަމަރު ބަންނަންފެށީ އޭނާގެ ބައްޕަ ބިލިއަނަރު މުހައްމަދު އަލް ފައިދުގެ ނުފޫޒުންނެވެ. ސީރީޒް އާއި އެހެން ޑޮކިއުމަންޓްތަކުން ވެސް އެނގޭގޮތުން ޑަޔާނާ އާއި ޑޯޑީ ފުރަތަމަ ޔޮޓުގައި ބައްދަލުކުރިއިރު ވެސް ޑޯޑީ އޮތީ އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު މޮޑެލް ކެލީ ފިޝާއާ ކައިވެނިކުރަން އެންގޭޖުވެފަ އެވެ. އަދި ކައިވެންޏަށް ފަހު ދެމީހުން ދިރިއުޅެން މެލިބޫ އިން ގަނޑުވަރެއް ވެސް ގަނެފަ އެވެ. ނަމަވެސް 1997 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ގައި ކުރަން ހަމަޖެހިފައި އޮތް ކައިވެނި ނުކުރަން ޑޯޑީ ނިންމިކަމަށް ވަނީ އޭގެ އެންމެ ދެ ދުވަސް ކުރިންނެވެ. އަދި ޑަޔާނާ އާއި ޑޯޑީގެ ލޯބީގެ ވާހަކަތައް މީޑިއާތަކަށް ހާމަވީ އޮގަސްޓް 10 ގަ އެވެ.
ޑަޔާނާ އާއި ޑޯޑީ އަދި އެންގޭޖުވި އަނގޮޓި
ސީރީޒްގައި ޑަޔާނާގެ ހެދުމާއި ކުލަ އާއި ފަށާއި ގަހަނާތަކަށް ދަންދެން ބަލައި ނަކަލުކޮށްފައި ހުއްޓަސް ބައެއް ހިސާބުތައް ދިމައެއް ނުވެ އެވެ. ކެލީ ފިޝާ ބުނާ ގޮތުން ޑަޔާނާ އާއި ޑޯޑީގެ ދެމެދުގައި ކަމެއް ހިނގާކަން އެ ފޮޓޯތައް ލީކުވުމާއި ހަމައަށް ވެސް އޭނާއަކަށް ނޭނގެ އެވެ. ނަމަވެސް ސީރީޒްގައި މިކަން ހިނގީ ތަފާތުކޮށެވެ.
ޑޯޑީ އާއި ކެލީ ފިޝާ
އެކަމަކު ސީރީޒްގައި ކަން ހިނގާ ގޮތުން ޑޯޑީ ޑަޔާނާއަށް ޕްރޮޕޯޒްކުރެ އެވެ. އޭނާ އެކަމަށް އަނގޮޓި ގަންނަ މަންޒަރު ފެންނަ އަސްލު ވީޑިއޯ ވެސް އެބަހުއްޓެވެ. އެކަމަކު ޑަޔާނާ އާއި ޑޯޑީގެ އެކްސިޑެންޓް ހިނގީ އެ ޕްރޮޕޯޒަލްގެ ގަޑިއިރުތަކެއް ފަހުން ކަމަށް ވާތީ ޑަޔާނާގެ ޖަވާބަކީ ކޮބައިކަމެއް ނޭނގެ އެވެ.
މިހާރު ދައްކަމުން އަންނަ ހަވަނަ ސީޒަންގެ ފަހު އެޕިސޯޑްތައް އަދި ކުރިއަށް އޮތީ އެވެ. މިއީ ޑޯޑީގެ ބައްޕަގެ ރޭވުމެއްތޯ، ނުވަތަ ބަކިންހަމް ޕެލަސްގެ ނެރޭޓިވްއެއްތޯ އަދި ޖެހޭނީ ޔަގީންކުރާށެވެ.