ނަޓް ބަޓާ
މިއީ އެންމެ ގިނަ މީހުން ޕްރޮޓީންއާ އެކު މީރު ފްލޭވާއެއް ގެންނަން ބޭނުންކުރާ އެކައްޗެވެ. ގިނަ މީހުންނަށް މިގޮތަށް ސްމޫތީއާ އެއްކުރަން ޕީނަޓް ބަޓާ ކަމުދާއިރު އާމަންޑް ބަޓާއަށް އޮތް ފޯރި ވެސް ވަކި ކުޑައެއް ނޫނެވެ. މިއިން ކޮންމެވެސް އެއް ނަޓް ބަޓާއަކުން މޭޒުމަތީ ދެ ސަމުސާ އެއްކޮށްލުމުން ހަތެއް ނުވަތަ އަށް ގްރާމްގެ ޕްރޮޓީން ލިބޭނެ އެވެ.

ޓޯފޫ
ޓޯފޫ އަކީ ރާއްޖެއިން ވަރަކަށް އަގު ބޮޑު އެއްޗެކެވެ. ނަމަވެސް މި ސޯއީ ބޭސްޑް މާއްދާއަކީ ސްމޫތީއަށް އަޅާ ލުމުން މީގައި އޮލަކަން ގެނެސްދެނޭނެ އަދި ޕްރޯޓީން އިން ފުރިފައިވައި އެއްޗެކެވެ. ބައި ޖޯޑުގެ ޓޯފޫ ކޮޅެއް އަޅާލުމުން ގާތްގަނޑަކަށް 10 ގްރާމްގެ ޕްރޮޓީން މީގެ ސްމޫތީއަކުން ލިބޭނެ އެވެ.
ކޮޓެޖެ ޗީޒް
ކޮޓެޖް ޗީޒް ސްމޫތީގައި ހިމަނާލުމުން މިލްޝޭކެއްގެ އޮލަކަމާއި ރަހަޔާ ގާތްކުރާނެއެވެ. ބޭނުންކުރާ ކޮޓެޖް ޗީޒްއެއްގެ ގޮތުން ސްމޫތީގައި ޔޯގަޓަށް ވުރެއް ގިނައިން ޕްރޮޓީން ހުންނާނެ އެވެ.
ގްރީކް ޔޯގަޓް
މީ އެންމެ ގިނަ މީހުން ސްމޫތީއަށް އަޅަން ބޭނުން ކުރާ އެކައްޗެވެ. ޔޯގަޓް އެންމެ ފައިދާ ބޮޑީ ފޮނި ރަހަ ނުލައްވާ ހުންނަ ޕްލެއިން ގްރީކް ޔޯގަޓެވެ. މިއިން ގާތްގަނޑަކަށް 10 ގްރާމްގެ ޕްރޮޓީން ސްމޫތީއަކަށް އެއްކޮށްލެވޭނެ އެވެ.

ކާށި ކިރު
ޓްރޮޕިކަލް ގޮތެއް ސްމޫތީގައި ހިމަނާލަން ބެނުންވާ ނަމަ މިއީ ވެސް ރަނގަޅު އިންގްރިޑިއަންޓެކެވެ. ޕްރޯޓީންގެ މާއްދާ ހިމެނޭ ކާށި ކިރަކީ ހާއްސަކޮށް އަނބާއި އަލަނާސިއާ އެކީ ސްމޫތީއެއް ހަދާލަން އެންމެ މީރު އެކައްޗެވެ.
ގެރި ކިރު
ލެކްޓޯސް ބޭނުން ކުރުމުން އެލާޖިކް ނުވާ މީހުންނަށް މިއީ އެންމެ މޮޅު އެއްގޮތެވެ. އެއް ތަށީގެ ކިރުން ގާތްގަނޑަކަށް 8 ގްރާމްގެ ޕްރޮޓީން ސްމޫތީ އަކުން ލިބޭނެއެވެ.
ސޯއީ މިލްކު
ކާށި ކިރުގެ ރަހަ ކަމުނުދާ މީހުންނަށް ސޯއީ މިލްކު ބޭނުންކޮށްލެވޭނެ އެވެ. ހަކުރުގެ މާއްދާ ނުހިމަނާ ހުންނަ "އަންސްވީޓަންޓް" ސޯއީ މިލްކު ބޭނުން ކުރުމުން ތައްޓަކުން 8 ގްރާމްގެ ޕްރޮޓީން ލިބޭނެ އެވެ.

ފްލެކްސް ސީޑް
މާގިނައެއްކޮށް ނޫނަށް ފްލެކްސް ސީޑަކީ ސްމޫތީއަށް އެއްކޮށްލުމުން ޕްރޯޓިންގެ މާއްދާ އިތުރުކޮށްލެވޭނެ އެއްޗެކެވެ. މޭޒުމަތީ ދެ ސަމުސަލުގެ ފްލެކްސް ސީޑުން 4 ގްރާމާ ގާތްކުރާ އަދަދަކަށް ޕްރޯޓީން ލިބޭނެ އެވެ.
ސްޕިރުލިނާ
ފެހި ކުލައިގެ ސްމޫތީ ބޯހިތްވާ މީހުންނަށް މިއީ އެއްވަނައިގެ އިންގްރިޑިއަންޓެކެވެ. ދެ ސައިސަމްސަލުގެ ސްޕިރުލިނާ އެއްކޮށްލުމުން ހަ ގްރާމްގެ ޕްރޮޓީން ލިބޭނެ އެވެ. މީގެ އިތުރުން އަޔަންގެ މާއްދާ މީގައި ހިމެނެ އެވެ.