އެވަކާޑޯއަކީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މި މޭވާއިން ލިބޭ ފައިދާ ތަކުގެ ތެރޭގައި، ދުވަސްވީ މީހުންގެ ހަނދާން ގަދަވުން ހިމެނެ އެވެ.
އެވަކާޑޯއަކީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މި މޭވާއިން ލިބޭ ފައިދާ ތަކުގެ ތެރޭގައި، ދުވަސްވީ މީހުންގެ ހަނދާން ގަދަވުން ހިމެނެ އެވެ.
ކޮންމެ ދުވަހަކުވެސް އެވަކާޑޯއެއް ކެއުމުން، ދުވަސްވީ މީހުން ހަނދާން ނެތުމާއި ވާނުވާ ނޭނގި އޮޅުން އަރާގޮތް ވުން ފަދަ މައްސަލަތަކަށް ވެސް ރަނގަޅު ކަމަށްވެ އެވެ.
މި ދިރާސާ ކުރުމަށްޓަކައި، ސިއްހަތު ރަނގަޅަށް ތިބި 40 މީހުންނަށް ކޮންމެ ދުވަހަކު ތާޒާ އެވަކާޑޯއެއް ހަ މަސް ދުވަސް ވަންދެން ކާން ދިނެވެ. މިއީ އުމުރުން 50 އަށް ވުރެ މައްޗަށް ގޮސްފައި ތިބި މީހުންނެވެ. ހަ މަސް ފަހުން މި މީހުން ޓެސްޓްކުރިއިރު މި މީހުންގެ ލޮލުގައި ލުޓީން ލެވެލް ހުރި މިންވަރާއި ސިކުނޑީގެ މަސައްކަތް 25 ޕަސެންޓް ރަނގަޅުވި އެވެ.
ލުޓީން އަކީ މޭވާ އާއި ތަރުކާރީން ވަރަށް އާއްމުކޮށް ފެންނަ ޕިގްމަންޓެކެވެ. މިއީ ލޮލަށާއި ސިކުނޑިއަށް ވަރަށް ފައިދާހުރި އެންޓި-އިންފްލެމޭޓަރީ އެޖެންޓެއްގެ ގޮތުގައި، ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށް ދިނުމުގައި ވެސް އެހީތެރިވާ އެއްޗެކެވެ.
އެމެރިކާގެ ޓަފްޓްސް ޔުނިވަސިޓީގެ ރިސާޗަރުން މި ދިރާސާ ކުރުމަށްޓަކައި އެވަކާޑޯ ދިން މީހުންގެ ލޮލުގައި ލުޓީން ހުރި މިންވަރު ބަލައި އެމީހުންގެ ސިކުނޑީގެ ސިއްހަތަށް އައި ބަދަލުތައް ވެސް މި މުއްދަތުގައި ދިރާސާކުރި އެވެ. ސިކުނޑިއަށް އައި ބަދަލުތައް ބެލީ ހަނދާން ހުންނަ މިންވަރާއި ޕްރޮސެސިން ސްޕީޑް އަދި ސަމާލުކަން ދެވޭ މިންވަރު އެނަލައިޒް ކޮށްގެންނެވެ.
ހަ މަސް ވަންދެން އެވަކާޑޯ ކާން ދިން މީހުންގެ ލުޓީން ހުރި މިންވަރު 25 ޕަސެންޓް އިތުރުވެ އެމީހުންގެ ލޮލާއި ސިކުނޑީގެ މަސައްކަތް ރަނގަޅުވެގެން ދިޔައިރު އެވަކާޑޯ ކާން ނުދޭ މީހުންގެ ހަށިގަނޑުން މިކަހަލަ އެދެވޭ ނަތީޖާއެއް މާ ބޮޑަށް ފެނިފައެއް ނެތެވެ.
ނަމަވެސް ދުވާލަކު އެވަކާޑޯއެއްގެ ތިންބައިކުޅަ އެއްބައި ކާން ދީގެން އަލުން އާ ދިރާސާއެއް ކުރުމަށް ފަހުގައި ނޫނީ މީގެ ފައިދާއާ ބެހޭ ގޮތުން ކަނޑައެޅިގެން އެއްޗެއް ބުނަން ނޭނގޭނެ ކަމަށް މި ސައިންސްވެރިން ވަނީ ބުނެފަ އެވެ.