13 Apr 2018

ވޯލްޑް ޓޮޕް މޮޑެލް ރަނަރަޕް މާރިއާ ރާއްޖޭގައި

ވޯލްޑް ޓޮޕް މޮޑެލް ރަނަރަޕް މާރިއާ ރާއްޖޭގައި

By: Aishath Maaha

ހީ އެންޑް ޝީ އިން ރާއްޖޭގައި ބާއްވާ "މޯލްޑިވްސް ޓޮޕް މޮޑެލް 2018" ގެ ބައެއް އިވެންޓްތަކުގައި ބައިވެރިވުމަށް ވޯލްޑް ޓޮޕް މޮޑެލް 2017 ގެ ފުރަތަމަ ރަނަރަޕް މާރިއާ ކެމީލާ މެޑްރާނޯ އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ. ޓޮޕް މޮޑެލްސް މޯލްޑިވްސް 2018 ގެ އޮޕަރޭޝަން ޑައިރެކްޓަރު އަބްދުﷲ ނިހާދު ވިދާޅުވީ މި ދަތުރުގައި ހަފުތާއެއް ވަންދެން މާރިއާ ރާއްޖޭގައި ހުންނާނެ ކަމަށެވެ. އަދި މި މަހު 15 ވަނަ ދުވަހު އޮންނަ ޓޮޕް މޮޑެލް މޯލްޑިވްސްގެ ގަދަ 10 ހޮވާ ޝޯ އަދި ޓޮޕް މޮޑެލް މޯލްޑިވްސް ހޮވާ ޝޯ ގައި ވެސް މާރިއާ ބައިވެރިވާނެ އެވެ. ޓޮޕް މޮޑެލް މޯލްޑިވްސް 2018 އަށް ހޮވޭ މޮޑެލްސް އަށް، ސެޕްޓެމްބަރު މަހު ގްރަނާޑާގައި އޮންނަ ވޯލްޑް ޓޮޕް މޮޑެލް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ނިހާދު ވިދާޅުވީ އެ ޝޯތަކުގެ ކުރިން ޓޮޕް މޮޑެލް މޯލްޑިވްސްގެ މޮޑެލުންނާ ޝޯތަކުގެ ކުރިން ބައްދަލުކޮށް ދާއިރާއާ ގުޅޭ މައުލޫމާތު ވެސް މާރިއާ ހިއްސާކުރާނެ ކަމަށެވެ. "ޓޮޕް މޮޑެލް މޯލްޑިވްސް 2018"ގެ ނަމުގައި ހީ އެންޑް ޝީ މޯލްޑިވްސް އިން ރާއްޖެ ގެނައި މި ފްރެންޗައިސް ބްރޭންޑަކީ 1993 ފެށިގެން "ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް"ގެ ނަމުގައި ހިންގާ މުބާރާތެކެވެ. ގަދަ ދިހައެއްގެ ތެރެއިން އެއްވަނަ އަށް ދާ ބައިވެރިޔަކު ހޮވުމަށް ފަހު ނިމުނީއެއް ނޫނެވެ. އެ ބައިވެރިން ހަ މަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމަކާ އެކު އެކި ކަހަލަ ބްރޭންޑުތައް ތަމްސީލުކޮށްދޭ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެހިގެން ދާނެ އެވެ.

Popular