17 Apr 2018

ޔޯގަޓް ކަމަށް ބުނާ ގިނަ އެއްޗިއްސަކީ ޔޯގަޓެއް ނޫން

By: Asiya Abdul Raheem (Dietician)

ޔޯގަޓަކީ އޭގައި ހިމެނޭ ޕްރީބަޔޮޓިކް އަދި ޕްރޯބަޔޮޓިކްގެ ސަބަބުން ގޮހޮރުގެ ގިނަ ބަލިތަކަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ޕްރީބަޔޮޓިކް އަކީ ގޮހޮރާ ރަހްމަތްތެރި އަދި އިންސާނުންގެ ހަށިގަނޑަށް ފައިދާ ކުރުވާ ބެކެޓީރިއާގެ ބާވަތެކެވެ. މި ތަކެތި، އަޅުގަނޑުމެން ދުޅަހެޔޮކޮށް ތިބޭ ނަމަ ގޮހޮރުތެރޭ ތިބެ އެތައް ފައިދާތަކެއް ކުރުވަ އެވެ. މިތަކެތީގެ ކާނާއަކީ ޕްރޯބަޔޮޓިކްސް އެވެ. އެއީ އިންސާނާގެ ގޮހޮރުން ހަޖަމު ނުކުރެވޭ ފައިބަރުގެ ބާވަތެކެވެ. އެހެންކަމުން ޔޯގަޓް ކާ ނަމަ ގޮހޮރުގެ ބަލިތަކުން ދުރުކޮށްދީ އަދި ހަށިގަނޑުގެ ދިފާއީ ބާރު ވެސް އިތުރުވާނެއެވެ.

ނަމަވެސް ޔޯގަޓްގެ ނަމުގައި ވިއްކަން ހުންނަ ގިނަ އެއްޗިއްސަކީ ޔޯގަޓެއް ނޫނެވެ. މި އާޓިކަލް ލިޔުމަށްޓަކައި އަޅުގަނޑު މާލެ އާއި މާލޭގެ އިތުރުން ފަސް ވަރަކަށް ރަށުގެ ފިހާރަކަތަށް ވަދެ ބެލީމެވެ. ގިނަ ފިހާރަތަކުން، ޔޯގަޓް އެބަހުރިހޭ ބުނުމުން ދައްކާ ހުރިހާ ބާވަތަކީ ޔޯގަޓެއް ނޫނެވެ. އެއީ ކްރީމް ޑެޒަޓެވެ. ޔޯގަޓެއް ނަމަ އޭގައި ކުރިން މި ދެންނެވި ޕްރީބަޔޮޓިކް ހިމެނޭނެއެވެ. އިންގްރީޑިއަންޓް ލިސްޓްގައި ޕްރީބަޔޮޓިކްގެ ނަން ލިޔެފައި ހުންނަ ތަފާތު ގޮތްގޮތަށް ލިޔެފައި ހުރެ އެވެ. އެގޮތުން، ލެކްޓިކް ކަލްޗާ، ބިފިޑޮބެކްޓީރިއަމް، ލައިވް ލެކްޓިކް ކަލްޗާ ފަދަ ނަންތައް ހުރެ އެވެ. އެއާ ޚިލާފަށް ކްރީމް ޑެޒަޓް ނުވަތަ ފްރުޓް ޑެޒަޓްތަކުގައި މިފަދަ ނަންނަމެއް ނުހިމެނޭނެއެވެ.

ޔޯގަޓަކީ ކިތަންމެ ރަނގަޅު އެއްޗެއް ނަމަވެސް ޔޯގަޓް ކަމަށް ހީކޮށް ކްރީމް ޑެޒަޓް ނުވަތަ ފްރުޓް ޑެޒަޓް ބޭނުންކުރެވޭ ނަމަ ހަށިގަނޑުގެ ބަރުދަން އިތުރުވުމެ ފުރުސަތު ބޮޑުވާނެއެވެ.

ފައިދާހުރި ކާނާ ޑައެޓް ކާނާ

Popular