9 Sep 2018

ކުޑަކުދިންނަށް ދޭންޖެހެނީ ކިހާ ހަކުރެއް؟

By: Asiya Abdul Raheem (Dietician)

ކުޑަ ކުއްޖެއްގެ ކެއުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ދޭން ޖެހޭ އެއްޗެކެވެ. ތުއްތު ދަރިފުޅު ވިހައިގެން ހަ މަސް ވަންދެން ދޭން އެންމެ އެކަށީގެންވަނީ މައިމީހާގެ ނުވަތަ މިނި ކިރެވެ. ދެން ހަ މަސް ފުރުމުން މަޑުމަޑު އެހެން ކާނާ ތައާރަފުކޮށް ތަފާތު ކާނާއަށް ކުއްޖާ ހޭނުވުން މުހިއްމެވެ. މިހެން ކާ ތަކެތި ތައްޔާރު ކުރުމުގެ ކާ ތެކެއްޗަށް އަޅަންޖެހެނީ ކިހާ ހަކުރެއްބާ އެވެ؟

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އިލްތިމާސް ކުރަނީ ވިހާ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހިސާބަށް ވެސް ފްރީ ޝުގާ ނުވަތަ ކާ ތަކެއްޗަށް އަޅާ ހަކުރު މަދު ކުރުމަށެވެ. އަދި ކެއުމުގައި ކޮންމެހެން ހަކުރު ބޭނުން ކުރަން ބޭނުން ވެއްޖެނަމަ ދުވާލުގެ ހަކަތައިގެ 10 ޕަސެންޓަށް ވުރެ ގިނަ ނުކުރުމަށެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ފަސް ޕަސެންޓަށް ވުރެ މަދު ކުރުމަށެވެ. މި ދަންނަވާ 10 ޕަސެންޓަކީ ގާތްގަނޑަކަށް މޭޒުމަތީ ސަމްސަލެއްގެ ދެ ސަމްސާ ހަކުރެވެ.

އަޅުގަނޑުމެން ކުޑަކުދިންނަށް ކާ ތަކެތި ތައްޔާރު ކުރުމުގައި ބަލަންވީ ވީހާ ވެސް ހަކުރު ނާޅާ ތައްޔާރު ކުރުމަށެވެ. ހަކުރު ނޭޅުމަކުން ކުއްޖާގެ ވަރުދެރަވެ ހަށިގަނޑަށް ގެއްލުމެއް ނުވާނެ އެވެ. މީގެ އިތުރުން ހަކުރުގެ ގޮތުގައި ބެލެވޭ ތަކެތި (ޖޫސް، މެޓާ، ތާޒާ މޭވާއިން ގިރާ ޖޫސް) ވެސް ނުދީ ވޭތޯ ބެލުން ބެލުން މުހިއްމެވެ. ކުދިންނަށް ކާ ތަކެތޮ ގަންނައިރު ވެސް ހަކުރުގެ ގޮތުގައި އެކުލެވޭ ބާވަތްތައް (ސުކްރޯސް، ގްލޫކޯސް، ކޯންސިރަޕް، ޑެކްސްޓްރޯސް، މޯލްޓޯސް، ހަނީ، ކެރަމަލް) ފަދަ ބާވަތްތައް އަޅައިގެން ތައްޔާކުރާ ކާބޯ ތަކެތީގެ ބާވަތްތައް ނުގަނެވޭތޯ ބެލުން މުހިއްމެވެ.

ސިއްހަތު ކުޑަކުދިން ޑައެޓް ކާނާ ހަކުރު

Popular