By: Shamila Ibrahim
މޯލްޑިވިއަން އައިޑޮލް އިން ވިދާލުމަށް ފަހު މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ވެސް ފިޔަ ޖަހަމުން އަންނަ އިބްރާހިމް އަމާން އާއި އޭނާގެ އަނބިމީހާ ބަލްގިޝް އިބްރާހިމް (ބަލް)ގެ ކައިވެންޏަށް އަދި މާ ގިނަ ދުވަސްތަކެއް ނުވެއެވެ. މިއީ ދެ ބައިވެރިން ދުރުގައި އުޅެން ޖެހިފައިވާ މީހުން ކިޔާލަން ރަނގަޅު ވާހަކައެކެވެ.
އަމާން އާއި ބަލް ވެސް ހަތަރު އަހަރު ރައްޓެހިވެގެން އުޅުނު އިރު، އަބަދު އުޅުނީ ކައިރިއަކު ނޫނެވެ. އެކަމަކު ގުޅުން ހީނަރުވާ ސަބަބަކަށް މިކަން ނުވެ އެވެ.
އަމާން އާއި ބަލްގެ ކައިވެނީގެ ހަފްލާގެ ތެރެއިން--
ފޮޓޯ: ޓެޑީ / ޕްރޯ ވިއު މޯލްޑިވްސް
އަމާންގެ ވާޑްރޯބް: ޖުމާހް
ބަލްގެ ވާޑްރޯބް: ނަޒްލާ ޑިޒައިންސް
މޭކަޕް: ނުހާ ޖަމީލް
މި އަހަރުގެ އޭޕްރީލް މަހު ކައިވެނިކުރި އަމާން އާއި ބަލްގެ ލޯބީގެ ވާހަކަ ފެށެނީ ބޮޑުބެރު ޗެލެންޖު ޝޯއާ ހިސާބުންނެވެ.
އަމާންގެ ކޮއްކޮ އާއި ބަލްގެ ކޮއްކޮ، ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމަކީ ގާތް ރަހުމަތްތެރިންނެވެ. އެހެންވެ ކޮންމެވެސް ވަރަކަށް އަމާންއަށް ވެސް ޝަލަބީއާ ވަނީ އެކުވެރިކަން އުފެދިފަ އެވެ. އެކަމަކު މިއީ ޝަލަބީގެ ދައްތައާ ގުޅުން އުފެދޭނެ ސަބަބެއް ކަމަށް ހިތަކަށް ނާރައެވެ.
"ބޮޑުބެރު ޗެލެންޖް އޮތް ދުވަހު އަމާން ނިދާ ހޭލައިގެން ކުނި މޫނާއެކު ގޭތެރެއަށް ނިކުތް އިރު އެބައިން ލޯބި ކުއްޖެއް. (ބަލް) ހަމަ ވަރަަށް ރީތިވި އެގަޑީ ފެނުނުއިރުވެސް"
އަމާން އާއި ބަލް
ރައްޓެހިވެގެން އުޅުނު ދުވަސްވަރު އަމާން ވެސް އަދި ބަލް ވެސް އުޅުނީ ވަރަށް ބުރަކޮށެވެ. ބަލްގެ ދާއިރާއަކީ ޓީޗިން ކަމަށް ވުމުން، ދަރިވަރުންނަށް ކިޔަވައިދެމުން، ޓިއުޝަން ދެމުން ކޮލެޖަށް ދަމުން އެ ގުޅުން ދެމެހެއްޓުންވުން ވީ ވަރަށް ދަތި ކަމަކަށެވެ. އެކަމަކު އޭރު ވެސް ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތުކޮޅެއް ހުސްކޮށްގެން އަމާންއާ ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަ ކޮށްލައެވެ. މިހާރުވެސް ހަމަ އެކަން އޮންނަނީ އެހެންނެވެ.
"އަމާން ކިތަންމެ ބިޒީކޮށް ހުއްޓަސް އައިސްދާނެ (ބަލްގެ) މެސެޖެއް މިވެނި ވަގުތެއް ފްރީ ކޮށްދޭށޭ ކިޔާފައި. ދެން އެގޮތަށް އަމާން ވެސް ކުރަން ދޯ. އެހެން ޓައިމް ހޯދަނީ. ދެން ދެމީހުން އެކީގަ ނިދާ ހޭލާނީ، ދެމީހުން އެކީގަ ކާނީ މިހާރު މެރީ ކުރިފަހުން. ވޯކްގަ އުޅޭއިރު ވެސް މެސެޖްކުރުމާއި ގުޅުމާއި ކައިފިންތޯ އެހުމާ އެ ހުރިހާ ސުވާލު އަންނާނެ ދެމީހުންގެ ފަރާތުން ވެސް"
އެހެން ޖޯޑުތައް ފަދައިން އަމާން އާއި ބަލް އަކީ ވެސް އެކަކު އަނެއްކަކަށް ވަރަށް ސަޕްރައިޒް ދީ އުޅޭ ދެމީހުންނެވެ. ވަކި ދުވަހަކަށް ހާއްސަކޮށްގެން ނޫނަސް އެހެން އުޅެލާފައި ބައިވެރިޔާ ސަޕްރައިޒް ކޮށްލައެވެ. މިއީވެސް އެ ލޯބި ޒުވާންކަން މަތީ ބޭއްވުމަށް މިދެމަފަރިން ބޭނުންކުރާ ޓެކްނިކެކެވެ.
ބަލްގެ ފަރާތުން އަމާން އަށް ލިބުނު ސަޕްރައިޒްއެއްގެ ތެރެއިން--
ދާދިފަހުން އަމާންގެ ދެމަފިރިން ދިރިއުޅުން ހުޅުމާލެއަށް ބަދަލުކޮށްލި ނަމަވެސް، އިހު އޮތް ގޮތަށް ފުރަތަމަ ދުވަހު ވީ ލޯބި އޮތީ ހަމަ އެތަނުގަ އެވެ. އެ ލޯބި ފަނޑުވުމުގެ ބަދަލުގައި ހުޅުމާލޭގައި އަމާން އާއި ބަލް ފެށި އައު ދިރިއުޅުމާއެކު، އަނެއްކާވެސް މި ދެމަފަރިން މި ތިބީ ހަޔާތުގެ އައު އިމްތިހާނަކަށް ތައްޔާރުވެއެވެ.
އަމާން އަދި ބަލް
ރިލޭޝަންޝިޕްސްއާ ގުޅޭގޮތުން އަމާންގެ ބައެއް ނަސޭހަތް
1. "އަހަރެމެން މި ހިތަށް އަރުވަނީއެއްނު ދޯ ވަރަށް ސްޓޭބަލް ވީމަ، ނޫނީ އަމިއްލަ ފައި މައްޗަށް ތެދުވެވުނީމަ ވަރަށް ލާރި ހޯދާލައިގެންނޭ (މީހަކާ) އިންނާނީ. ނޫނީ ކިޑެއް ލިބިދާނެ ކަމުގެ ބިރަށް މެރީ ނުކޮށްށޭ ހުންނާނީ. އެކްޗުއަލީ އެ ހުރިހާ ކަމެއް ބަހައްޓާފަ ގެޓް މެރީޑް އާލިއަ ވެން ޔޫ ގައިސް އާ ޔަންގް. ދެން ޔޫ ވިލް ގޯ ތްރޫ އެވްރީތިން ޓުގެދާ އެންޑް ލާން. ކުރީބައިގެ މެރީ ކުރީމަ މާ ފަސޭހަ ވާނެ ހުރިހާ ކަމެއް ދަސްކުރަން. ސްޓްރަގަލް ދެމީހުން އެކީގަ ކުރަން ފެށީމަ މާ ސަޅި ވާނެ"
2. "އަލަތު ކައިވެންޏަކަަށް ވަރަށް ބޮޑަށް އާއިލާއިން ނެގަޓިވިޓީ އަންނަންޏާ އެހިސާބުން ދެން ވަކިވާންވީ."
އަމާން އަދި ބަލް އެންމެ ފުރަތަމަ ދިމާވި ދުވަހު ނަގައިފައިވާ ފޮޓޯއެއް
3. "މީހެއްގެ ހިތެއް ނޭނގޭނެ ދުވަހަކުވެސް، ކިތަންމެ ގިނަ ދުވަހެއް ވިޔަސް. އީވެން އިފް އިޓް ވޯޒް ޔުއާ ވައިފް. ބިކޯޒް އެއީ ހިއުމަން ނޭޗާގަ އިންނަ ކަމެއް. މީހެއްގެ ހިތް ބަދަލު ވެދާނެ ކޮންމެ ވަގުތެއްގައިވެސް."
4. "އެއްވެސް ރިލޭޝަންޝިޕް އެއް ވުޑުންޓް ބީ އަ ރިލޭޝަންޝިޕް ވިތު އައުޓް ފައިޓް. ދެން އޮންލީ ޔޫ ވިލް ލާން. ވަޓް ވީ ޑޫ އިޒް، ވީ ގޯ ތްރޫ އިޓް ބައި ސިޓިން ޑައުން އެންޑް ޑޫ ކްލިއާ ފޭސް ޓު ފޭސް ކޮމިއުނިކޭޝަން. އަމާންގެ އެޑްވައިސެއް މީ ޑޫ ނޮޓް އިގްނޯ، ހަމަ ދުރަށް ނުދާތި! މިސާލަކަށް ރުޅި އައިސިއްޔާ އެ ގަޑީގަ ދުރަށް ދެވިދާނެ. ސަމްޓައިމްސް ޓައިމް އޯލްސޯ ހީލްސް ދޯ. އެހެންވީމަ އެ ވަގުތުކޮޅު ދުރައްދިޔަޔަސް އަގައިން ކަމް ބެކް. ބިކޯޒް އިޓްސް ޔުއާ ޕާސަން."
އަމާން އާއި ބަލްގެ ފުރަތަމަ ޑޭޓްގައި ނަގާފައިވާ ފޮޓޯއެއް
5. "މެރީ ކުރީމަ ޔޫ ވިލް ސްޓާޓް ޑުއިން އެވްރީތިން ޓުގެދާ. މި ޕާސްޓް ފޯ އިޔާސްގަ ނޭނގޭ ބަލްގެ އެތައް ކަމެއް މެރީ ކުރިފަހުން އެނގިއްޖެ. ބިކޯޒް ވީ ވިލް އޮންލީ މީޓް ބައްދަލު ކޮށްލަން ދާ ވަގުތު ކޮޅާ، ޑިނާ ޑޭޓްސްތަކުގައާ ދުއްވާލަން ދާ ގަޑި ތަކުގަ އެކަނި. އެކަމަކު މިހާރު ވާ ގޮތަކީ މެރީ ކޮށްގެން އުޅޭތީ ވީ ލާން ސޯ މަޗް އެބައުޓް އީޗްއަދާ"