16 Jan 2019

ހިތްގައިމެއް ނޫންތަ؟ މިއީ ދިވެހިންނެއް ނޫން

އަހަރެމެން ކޮޕީކުރަނީ ބޭރު މީހުންގެ އުޅުމާއި ސްޓައިލެވެ. އެކަމަކު އެ މީހުންނަށް އަހަރެމެންގެ ގޮތް މާ ކަމުދާ ކަމަށް ފެނެ އެވެ.

އަހަރެމެން ކޮޕީކުރަނީ ބޭރު މީހުންގެ އުޅުމާއި ސްޓައިލެވެ. އެކަމަކު އެ މީހުންނަށް އަހަރެމެންގެ ގޮތް މާ ކަމުދާ ކަމަށް ފެނެ އެވެ.

By: Shamila Ibrahim

އަހަރެމެން ޔޫރަޕް ސްޓައިލްތައް ކޮޕީކޮށްގެން މާ މޮޅޭ ހީކޮށްގެން އުޅުނަސް އެ މީހުންނަށް އަހަރެމެންގެ ސްޓައިލް މާ ކަމުދެ އެވެ. އަހަރެމެންގެ ސަގާފަތް މާ މުއްސަނދިވެފައި ރީތިކަން މި ފޮޓޯތަކުން ހާމަވެ އެވެ.

މި ފޮޓޯތަކުގައި އެ ފެންނަނީ ދިވެހިންނެއް ނޫނެވެ. ދިވެހި ހެދުމުގައި ތިބި ބޭރު ބައެކެވެ. އއ.ތޮއްޑޫއަށް ޒިޔާރަތްކުރި މި މީހުން ފޮޓޯތައް ނެގީ އެ މީހުން ބޭނުންވެގެންނެވެ.

މިއީ ތޮއްޑޫގައި ހުންނަ "ތޮއްޑޫ އިން" ގެސްޓް ހައުސް އިން ނެގި މި ފޮޓޯތަކެކެވެ. އެ މީހުން މީގެ ކުރިން ވެސް މިކަހަލަ ފޮޓޯ ޝޫޓެއް ކުރި އެވެ.

"އަޅުގަނޑުމެންގެ އެކްސްކާޝަން ޝީޓްގަ ހިމަނާފަ އިންނާނެ އައިލެންޑް ޓުއާ އެއް. ތިން ގޮތަކަށް އެ އެކްސްކާޝަން ނެގޭނެ. އެއް ގޮތަކީ ރަށް ބަލައިލަން ދިއުން. އަނެއް ގޮތަކީ ދަނޑުތަކަށް ޒިޔާރަތްކޮށްފަ އެމީހުން ބޭނުންވާ ފުރުޓް ގަތުން. ދެން މި އިންނަނީ ތޮއްޑޫގަ ހުންނަ ހެރިޓޭޖް ތަންތަނަށް ޒިޔާރަތް ކުރާއިރު އަޅުގަނޑުމެންގެ ހެދުމުގަ (ދިވެހިވަންތަ ހެދުމުގައި) ދިއުން،" ގެސްޓްހައުސްގެ އޮޕަރޭޓިން މެނޭޖަރު ފާތިމަތު ރިސާލަތު ބުންޏެވެ.

ހަނޑޫ ހޮވަން އިން މީހަކަށް ކުރުނބާއެއް ހަދައިދެނީ | ފޮޓޯ: ޖުމާން

މި ތިން ކަންތަކުގެ ތެރެއިން މިފަހަރު މި ޓޫރިސްޓުން ބޭނުންވީ ދިވެހި ހެދުމުގައި، ތޮއްޑޫގައި ހުރި އާސާރީ ތަންތަނަށް ދިއުމެވެ. ކުރިން މި ގޮތަށް ނަގަފައިވާ ފޮޓޯ ޝޫޓްގެ ފޮޓޯތައް ފެނުމުން އެމީހުން ވެސް އެ ގޮތަށް ބޭނުންވީއެވެ.

ހުނިގާނާ މަންޒަރު ދައްކައިދުވައިދޭ ފޮޓޯއެއް | ފޮޓޯ: ޖުމާން

ރިލާސާ ބުނީ ދިވެހިވަންތަ ހެދުން ހޯދީ އޭނާގެ ބޮޑު ދައިތަ އަތުންނާއި ރަށުގެ އެކި މީހުންގެ އަތުން ކަމަށެވެ. ހާއްސަ ކަމަކީ މި ހެދުންތަކަށް މިހާރުގެ އެއްވެސް ސިފައެއް އިތުރު ނުކޮށް، ހަމަ އިހުގެ ގޮތަށް ބަހައްޓާފައި ހުރި ކަމެވެ.

ފޮޓޯ: ޖުމާން

"ކުރިން ގެންގުޅުނު ހަތަރު ދިގު ހެދުމުގެ ތެރެއިން ދެ ހެދުން އަޅުގަނޑުމެންގެ އަތުން ގަނެގެން ހިފައިގެން ދިޔައީ އެ ކޮޅަށް. އެމީހުން (އެނބުރި ގައުމަށް ގޮސް) ދައްކާލަން ބޭނުންވާތީ."

ތޮއްޑޫގެ ވާވު މަގުގައި ނަގަފައިވާ ފޮޓޯއެއް | ފޮޓޯ: ޖުމާން

މި ހިތްގައިމު ފޮޓޯތަކުން ސަގާފަތާއި އިހުގެ އުފާވެރި ހަނދާންތައް އާވެއްޖެ ދޯ އެވެ؟

އއ. ތޮއްޑޫ ޓޫރިޒަމް

Popular