9 Jun 2019

ރޯދަ މަހު އެންމެ ގިނައިން ހޯދީ ޕިއްޒާ ރެސިޕީ

By: Ifraz Ali

ރޯދަ މަހަކީ އާންމު ކާބޯތަކެތީގެ ލިސްޓަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. އެކަމަކު ތިޔަ ހީކުރާހެން ދިވެހިން އުޅެނީ މާ މޮޅެތި ޑިޝްތައް ހަދާކަށް ނޫނެވެ. މިކަން ކަށަވަރުވަނީ މިދިޔަ ރޯދަ މަހު ރާއްޖެއިން ގޫގުލްގައި ސާޗްކޮށްފައިވާ ރެސިޕީތަކުންނެވެ.

ރެސިޕީތަކުގެ ތެރެއިން އެންމެ ގިނައިން ސާޗުކޮށްފައި ވަނީ ޕިއްޒާ އަށް ކަމަށް ގޫގުލްގެ ތަފާސް ހިސާބުން ދައްކަ އެވެ. ޕިއްޒާގެ އިތުރުން ދެން އެންމެ ގިނައިން ސާޗުކޮށްފައި ވަނީ ބްރެޑް، ބަޓަ ޗިކަން، ފަޖް، ޕޭން ކޭކް، ޕައި، ގާލިކް، ޗޮކްލެޓް ކޭކް އަދި ސަބްމެރިން ސޭންޑްވިޗުގެ ރެސިޕީތައް ހޯދާށެވެ. މާނަ އަކީ މީގެ ތެރޭގައި ތަފާތު އެއްޗެއް ނެތުމެވެ.

ރެސިޕީ ސާޗުން މާބޮޑު ތަފާތެއް ނުފެންނަ ކަމަށް ބަލައި ދެ މި ބެލީ ޔޫޓިއުބްގައި ރޯދަ މަހު ދިވެހިން އެންމެ ގިނައިން ސާޗްކުރި އެއްޗިއްސަށެވެ. އެންމެ ބޮޑު ހިޓަކީ ރޯދަ މަހުގެ ތެރޭގައި އޮތް ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓް، މެޓް ގާލާ 2019 ގެ ވީޑިއޯތަކެވެ.

މެޓް ގާލާ 2019 ގެ ޔޫޓިއުބް ވީޑިއޯއެއް.

މޭކަޕާއި ސްޓައިލްގެ ދުނިޔޭގައި މިފަހުން ހިނގި އެންމެ ބޮޑު ކޯޅުންގަނޑު، ޖޭމްސް ޗާލްސް އާއި ޓާޓީގެ ވީޑިއޯތައް ވީ ދެން އެންމެ ގިނަ މީހުން ޔޫޓިއުބްގައި ސާޗުކުރި މައުލޫއަށެވެ.

މި ލިސްޓުގައި އިތުރަށް ހުރީ، ފޯޓް ނައިޓްގެ ސީޒަން 9، ހިންދީ ޑްރާމާ ސިލްސިލާތައް ކަމަށްވާ ކުމްކުމް ބާގުޔާ އާއި ދިވްޔާ ޑްރިސްޓީ އެވެ. ހިންދީ ލަވަ، ދިލްބަރު ދިލްބަރު އަދި ދިވެހި ވެބް ސީރީޒް ހުވާ ވެސް މި ލިސްޓުގައި ހިމެނެ އެވެ.

ލިވަޕޫލް އާއި ބާސެލޯނާ ވާދަކުރި މެޗުގެ ޔޫޓިއުބް ވީޑިއޯއެއް.

ފުޓުބޯޅަ މެޗުތަކުގެ ތެރެއިން، ޓޮޓެންހަމާއި އަޔަކްސް ވާދަކުރި މެޗާއި، ލިވަޕޫލާއި ބާސެލޯނާ އަދި ބާސެލޯނާގެ ވީޑިއޯތައް ވަރަށް ގިނައިން ސާޗުކޮށްފައިވެ އެވެ.

ފުޓްބޯޅަ އަށް ފަހު ދެން އެންމެ ގިނައިން ސާޗުކޮށްފައި ވަނީ ކްރިކެޓެވެ.

ގޫގްލް

Popular