10 Jul 2019

އިންޓަވަލް ލާރި އެއްކޮށްގެން ކުރީ ކީއް؟

By: Nurah Rasheed

ސްކޫލް ދައުރުގެ ބައެއް ހަނދާން އާކޮށްލަމާ ހިނގާށެވެ. ހެނދުނުގެ ނާސްތާ އަށް ފަހު ސްކޫލަށް ދާން ނުކުތުމުގެ ކުރިން ކޮންމެ ކުއްޖަކަށް ވެސް އިންޓަވަލް ގަންނަން ފައިސާ ކޮޅެއް ދޭނެ އެވެ. ލިބޭ އަދަދު ބޮޑަށް ބިނާވާނީ އެ އާއިލާއެއްގެ ފޯރުންތެރިކަން ހުރި ވަރަކަށެވެ. އެކަމަކު އެންމެ ގިނަ ކުދިންނަށް ލިބުނީ 5ރ. ކަމަށް ވުން ވަރަށް ގާތެވެ.

އެއަށް ވުރެ ގިނައިން، ބައެއް ކުދިންނަށް 10ރ. އަދި 50ރ. ވެސް ލިބިދާނެ އެވެ. އެހެން ނަމަ މިއީ ވަރަށް ބައިވަރެވެ.

ނުވަދިހައިގެ ތެރޭގައި ނަމަ ފަސް ރުފިޔާ އަށް ސްކޫލް ކެންޓީނުން ދެތިން ބަޖިޔާ އާއި ކޯކު ފުޅިއެއް ލިބޭނެ އެވެ. ހެދިކާ ކާން ބޭނުންނުވާ ދުވަހެއް ނަމަ އެންމެ ހޮޓްޑޯގަކާއި ތްރީ ޗޮއިސް އަކީ ވެސް އިހުތިޔާރެކެވެ. މިވަރުން ފުއްދާލައިގެން މެންދުރުގެ ގެޔަށް ދެވެންދެން ކެތްކޮށްލުން ނޫން ގޮތެއް ނޯންނާނެ އެވެ.

އެކަމަކު ކޮންމެ ކުއްޖަކީ މިހެން ލިބުނު ފައިސާކޮޅު އިންޓަވަލް އަށް ހުސްކޮށްލި ކުދިންނެެއް ނޫނެވެ. ބޭނުންވާ އެހެން ކަންކަމަށް ހަރަދުކުރަން ފައިސާ ބާކީކޮށްގެން އެހެން ކަންކަން ކުރާނެ އެވެ. އެއީ "ސޭވިން އެކައުންޓް" އެވެ. އެކި ތަންތަނަށް ލައި ފޮރުވައިގެން ފައިސާ ގިނަކޮށްގެން ގިނަ ފަހަރަށް ގަންނާނީ ކޮންމެވެސް ކޫސަނި އެއްޗެކެވެ.

ގޭމް ސީޑީ

އިންޓަވަލް ލާރި އެއްކޮށްގެން ކޮށްލި މޮޅެތި ކަންތައްތަކުގެ ތެރޭގައި އެންމެ މަޝްހޫރު ގޭމު ސީޑީތައް ގަތުމާއި، ރައްޓެހި ކުދިންނާ އެކީ ބޭރަށް ދެވޭ ދުވަހު ލާނެ އާ ހެދުމެއް ހޯދުމާއި، ލިޕްސްޓިކް ގަތުން އަދި ބެސްޓު ފްރެންޑާ އެކީ ކާން ދިއުން ކަހަލަ ކަންތައްތައް ހިމެނެ އެވެ. މިހެން ގޮސް ކިތަންމެ ކަމެއް ހުންނާނެ އެވެ. ކިޔާ ބަލާށެވެ!

ސްކޫލް

Popular