18 Oct 2019

By: Ifraz Ali

ޑައިވިން، ސްނޯކްލިން ނުވަތަ ވޯޓާ ސްޕޯޓްސް އަކީ މިހާރު ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު ކަމެކެވެ. ގުރޫޕް ހަދާފައި ބައެއް ޒުވާނުން މިހާރު ހަފުތާ ބަންދުތަކާއި އެ ނޫން ވެސް ބަންދުތަކުގައި ސްނޯކްލިން ޓްރިޕްތައް ރާވަ އެވެ. އެހެންވީމަ މިފަހަރު އަހަރެމެން މަސައްކަތް ކުރީ ރާއްޖޭގެ އެކި ހިސާބުތަކުން ސްނޯކްލިންއަށް ދާން ސަޅި ސްޕޮޓްތަކެއް ފާހަގަކޮށްދިނުމަށެވެ.

މާލެ އާއި އެންމެ ކައިރިން ތަނަކަށް ދާން ބޭނުން ނަމަ އެންމެ ފަސޭހަ ވާނީ ވިލިމާލެއަށް ދިއުމެވެ. މިހެން ގޮސް އުޅޭއިރު އަމިއްލަ ރައްކާތެރި ކަމަށް ވިސްނުން ވަރަށް މުހިންމެވެ. މިކަމުގެ ތަޖުރިބާކާރުން ލަފާ ހޯދައި އަދި ސްނޯކްލިން އަށް ދާ ސަރަހައްދަކީ ރައްކާތެރި ތަނެއްތޯ ކަށަވަރުކުރަން ވާނެ އެވެ.

ހަނިފަރު ބޭ

View this post on Instagram

A post shared by Aveyla Manta Village (@aveylamaldives) on

ބ.އަތޮޅުގައި އޮންނަ މިތަނަކީ އެ އަތޮޅަށް ޒިޔާރަތްކުރާ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. މިތަން އެންމެ މަޝްހޫރީ ވަރަށް ގިނަ މަންޓާ ރޭސް އުޅޭ ތަނެއްގެ ގޮތުގަ އެވެ. ދަރަވަންދޫ ކުރިމަތީގައި އޮންނަ މިތަނަށް އެ ރަށުން ދޯންޏެއް ކުއްޔަށް ހިފައިގެން ދެވިދާނެ އެވެ. މަޑި އުޅޭ މި ސަރަހައްދުން ވޭލް ޝާކް ވެސް ފެނެ އެވެ.

ގާފަރު ހައުސް ރީފް

View this post on Instagram

A post shared by Mohamed Ali (@mod3yx) on

ގާފަރުގެ ފަރަކީ ކަނޑުގެ ދިރުންތަކުން ވަރަށް މުއްސަނދި ސަރަހައްދެކެވެ. މި ތަން ބަލައިލަން ގާފަރަށް ގޮސް ސްޕީޑް ބޯޓެއް ނުވަތަ ޑިންގީއެއް ވެސް ކުއްޔަށް ހިފިދާނެ އެވެ.

ފިއްލަދޫ ކައިރިއަށް ފެތިފައި އޮންނަ ބޯޓް

View this post on Instagram

A post shared by Mohamed Ali (@mod3yx) on

މިއީ 1963 ވަނަ އަހަރު ހއ.ފިއްލަދޫ ކައިރިއަށް ފެތުނު ބޯޓެއް އޮންނަ ސަރަހައްދެކެވެ. މި ބޯޓް އޮންނަނީ 15 މީޓަރު އަޑިއަށް ފެތިފަ އެވެ. މީގެ އެއް ބައި ކަނޑުމަތިން ވެސް ފެންނަން އޮވެ އެވެ. މި ބޯޓަކީ މިހާރު ކަނޑުގެ ދިރިއުންތަކުގެ ގެއަކަށް ވަނީ ވެފަ އެވެ. މިތަނުން ވެސް މަޑި އާއި އެކި ފާޑުގެ މަސް ފެނެ އެވެ.

އދ އަތޮޅު

View this post on Instagram

A post shared by Eco Dive Club, Maafushi (@ecodiveclubmaafushi) on

ވޭލް ޝާކް ބަލަން ބޭނުން ނަމަ އެންމެ ރަނގަޅު އިހުތިޔާރަކަށް ވާނީ އަރި އަތޮޅެވެ. ހާއްސަކޮށް އދ.މާމިގިނލި ބޭރު ފަރު ކައިރިން ވަރަށް ގިނައިން ވޭލް ޝާކް ފެނެ އެވެ. އދ އަތޮޅުގެ އެކި ސަރަހައްދުތަކުން ވަރަށް ގިނަ ވައްތަރުތަކުގެ މިޔަރު ފެނެ އެވެ.

ކެޔޮދޫ ކައިރިއަށް ފެތިފައި އޮންނަ ބޯޓް

View this post on Instagram

A post shared by Naj 🍃 Maldives photographer (@najnudge) on

މި ސަރަހައްދަކީ މިހާރު ވާވު އަތޮޅުގެ ރަމްޒެކެވެ. އެ އަތޮޅަށް ޒިޔާރަތްކުރާ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި ވެސް މިތަން މަގުބޫލެވެ. ޑައިވިނަށް ދިއުމަށް ވުރެ ބޮޑަށް ގިނަ މީހުން ބޭނުންވަނީ މިތަނަށް ދިޔަކަން އަންގާލަން ފޮޓޯއެއް ނެގުމެވެ. މި އަތޮޅުގެ ކަނޑުއަޑީގެ ކޮންމެ ސަރަހައްދެއް ވެސް އެހާ ހިތްގައިމު ވާނެ އެވެ.

ފުވައްމުލަށް

View this post on Instagram

A post shared by 🅸🅳🅷🆄🆇🆉 👻 🅼🆅 (@idhu.x_0) on

ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދު މިހާރު މަޝްހޫރީ ޓައިގާ ޝާކް ފެންނަ ސަރަހައްދެއްގެ ގޮތުގަ އެވެ. ރާއްޖޭގައި އެންމެ އާންމުކޮށް މި ވައްތަރުގެ މިޔަރު މިހާރު ފެންނަނީ މި ސަރަހައްދުންނެވެ.

ކަވަ ފޮޓޯ ކްރެޑިޓްސް: މުހައްމަދު އަލީ

ފީނުން ފީނުން

Popular