27 Sep 2019

ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ވާވު އަތޮޅުން "ވާއު" ވާނެ ކިތަންމެ މަންޒަރެއް ފެންނާނެ އެވެ. ގުދުރަތީ ރީތި މަންޒަރުތަކުގެ އިތުރުން ދިވެހި ސަގާފީ ކުޅިވަރުތަކާއި މުބާރާތްތަކުން ވެސް ޝައުގުވެރި ކިތަންމެ ކަމެކެވެ.

އެކަމަކު އަނެއްކާވެސް މިއީ ދިވެހި ލިބާހެވެ. މިއަދު ފާހަގަކުރާ ޓޫރިޒަމް ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަމުން ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ އަދި އެމަނިކުފާނުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު، ނަޒްރާ ނަސީމް (ނަޒޫ) އިއްޔެ ކުރެއްވި ޓްވީޓްގައި އެ ފެންނަނީ ނަޒޫގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

ނަޒޫ ދިވެހި ލިބާހުގައި

އެޑިއުކޭޝަން މިނިސްޓަރު އަބަދުވެސް ފެންނަ ލުއި ހިނިތުންވުމުގައި ދިވެހި ލިބާހާއި ފައްޓަރުބަޔާ އެކު ފޯނަކުން ފޮޓޯއެއް ނަންގަވާއިރު ނަޒޫ ވެސް ހަމަ އެ ގޮތަށް ނަލަ ހެދިލައިގެން ފޮޓޯއެއް ނަންގަވަ އެވެ. ޓްވީޓްގައި ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ޓެގް ކުރައްވައި ޝުކުރު އަދާކުރައްވަމުން ލިބާސް މޫމްވަންޓުގެ ހޭޝްޓެގް ޖައްސަވާފައިވެ އެވެ.

ނަޒޫގެ ޓްވީޓްގައި ލިޔުއްވާފައި ވަނީ "ފީލިން ވޯވް އިން ވާވު" އެވެ.

ލިބާހާ އެކު ނަޒޫއާ އެކު ހުންނެވި އެޑިއުކޭޝަން މިނިސްޓަރު މި ޓްވީޓަށް ޖަވާބު ދެއްވީ "ހިތެއް" ފޮނުއްވައިފަ އެވެ. ޓްވީޓަށް ރިޕްލައިކުރި މީހުން ވެސް "ވޯވް" ކަމަށް ބުނެ ދެ ބޭފުޅުން ވެސް ވަރަށް ރީތި ކަމަށް ބުނެ ތައުރީފުކުރައްވާފައިވެ އެވެ.

ނަޒޫ ދިވެހި ލިބާހުގައި

މި އަހަރު ޖުލައި 26 ގައި ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރި އިރު، ސޯޝަލް މީޑިއާގައި ފޯރި ގަދަވި ލިބާސް މޫވްމަންޓުން ވެސް ދިވެހި ލިބާހާއި ދިވެހި ހެދުންތަކުން އެތައް ބަޔަކު ނަލަވި އެވެ. މި ހަރަކާތްތަށް ހާއްސަކޮށްގެން ދިވެހި ހެދުމުގައި ނެގި ފޮޓޯތަކުގެ އިތުރުން އެކި މުނާސަބަތުތަކުގައި ދިވެހި ހެދުމުގައި ނެގި ފޮޓޯތަކުން ސޯޝަލް މީޑިއާގައި ދިވެހި ކުލަ ޖެއްސި އެވެ.

ޓޫރިޒަމް

Popular