10 Nov 2019

By: Ifraz Ali

ސޯޝަލް މީޑިއާގައި މި ފޮޓޯ ދައުރުވާތާ ހަފުތާއެއް ވެއްޖެ އެވެ؛ މީގައި ފެންނަނީ އަންހެނަކާއި ފިރިހެނަކު ރަށެއްގެ ގޮނޑުދޮށުގައި ކަނޑުމަސްތަކެއް ހިފައިގެން ހިނގާފައި އަންނަ ތަނެވެ. މި ފޮޓޯ ޝެއާކޮށްފައި އެންމެން ޖަހަނީ މިހާރުގެ ސްޓައިލުގައި ބުނާގޮތަށް މިއީ "ކަޕުލް ގޯލްސް" ކަމަށެވެ.

މަސްވެރިކަމާ މެދު ޒުވާނުން ދެކެމުން އައި ގޮތް މި ފަހުން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. މިކަމުގައި އުޅޭ ޒުވާނުން މިހާރު ވަރަށް ގިނަ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު އެންމެ މި ޒަމާނުގެ ސްޓައިލްގައި މަސްވެރިކަން އެބަ ކުރެ އެވެ.

މިއީ ކާކު ނެގި ފޮޓޯއެއް ކަމެއް ގިނަ މީހުންނަކަށް ނޭނގެ އެވެ. އަހަރެމެން ކުރި މަސައްކަތުން ފޮޓޯގެ ވެރިފަރާތް އެނގުނެވެ. އެކަމަކު ފޮޓޯ ނެގީ ކާކު ކަމެއް އަދި ފޮޓޯއިން އެ ފެންނަނީ ކޮން ބައެއް ކަމެއް ވެސް އެނގޭ ގޮތެއް ނުވި އެވެ.

މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން އެމީހުން 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިދިޔަ ހަފުތާގައި، ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި ބޭއްވި ހަފުލާއެއްގައި ޕޯސްޓަރެއްގެ ގޮތުގައި ބޭނުންކުރި ފޮޓޯއެކެވެ.

"ހަނދާންކޮށްދިނީ ތަންކޮޅެއް ކުރީގެ ލަވައެއް ކަމަށްވާ 'މަސްއޮޑި މަހުން ލެފީމަ'" މީހަކު މި ފޮޓޯ ޝެއާކޮށްފައި ފޭސްބުކްގައި ލިޔެފައި އޮތެވެ.

އެ ލަވައިގައި ކިޔައިދެނީ އެންމެ ކުރީގައި ފިރިހެނުން މަސް ބާނައިގެން އެނބުރި ރަށަށް އަމުން، މަސް ކައްކައި އޭގެ މަންފާ ލިބޭނެ ގޮތް ހަދައިދިނުމަށް އަންހެނުން ކުރާ ބުރަ މަސައްކަތެވެ.

މަސްވެރިން މިފްކޯ މަސްވެރިކަން

Popular