2 Dec 2019

މެގް19 ގެ ކޮސްޓިއުމްތައް ފޮޓޯތަކުން

މެގް19 ގެ ކޮސްޓިއުމްތައް ފޮޓޯތަކުން

By: Aishath Maaha

ގޭމާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ގޭމް ކޮންވެންޝަން މިދިޔަ މަހުގެ 22 އަދި 23 ވަނަ ދުވަހު ކުރިއަށް ގެންދިޔައިރު ބޮޑު ތަރުހީބެއް ލިބުނެވެ. ތަފާތު ސުޕަހީރޯ ކޮސްޓިއުމްތަކުގައި ގިނަ އަދަދެއްގެ ޒުވާނުން އެ ކޮންވެންޝަންގައި ބައިވެރިވި އެވެ.

ވީޑިއޯ ގޭމް ޗެލެންޖުތަކާއި ކޮސްޕްލޭ ޕާފޯމާންސާއި، ޑާންސްތަކާއި، ޕްރެޒެންޓޭޝަންތައް އަދި ސްޓޯލްތަކުން ގިނަ ހަރަކާތްތަކެއް މި ކޮންވެންޝަންގައި ކުރިއަށް ގެންދިޔަ އެވެ.

މެގް 19ގައި 23 ކޮސްޓިއުމެއް ދައްކާލައިފައިވޭ. މި ކޮންވެންޝަނަކީ އާންމުކޮށް ހުރިހާ އުމުރަކަށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔަ ކޮންވެންޝަން އެއް -- ފޮޓޯ: ނެލް / މޫމިން
މެގް 19ގައި އެންމެ ކްރިއޭޓިވް ކޮސްޕްލޭއަަކަށް ހޮވުނު ޑެޑްޕޫލް ބޮބް. އެންމެ މޮޅު ކޮސްޕްލޭއަށް 200 ޑޮލަރު އަދި ގިފްޓް ޕެކެއް ވަނީ ދީފަ. -- ފޮޓޯ: ނެލް / މޫމިން
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންވެންޝަނަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ޒިޔާރަތްކުރި. މި ކޮންވެންޝަންގައި ހުރިހާ ސްޓޯލެއްގެ ހަރަކާތްތަކުގައި ވެސް ބައިވެރިވުން ހިލޭ. -- ފޮޓޯ: ނެލް / މޫމިން
މެގް 19ގައި ބެސްޓް ޓީމަކަށް ހޮވުނު ޓީމް "ޖުޓަރޯ ކޫޖޯ" އަދި "ނޯރިއާކީ ކަކިޔޯއިން". މި ގްރޫޕަށް ވެސް 200 ޑޮލަރު އަދި ގިފްޓްޕެކެއް ދީފައިވޭ. -- ފޮޓޯ: ލީޕެކް ޓު އިންސޭނިއެކް އިންސްޕިރޭޝަން
މެގް 19ގައި ބައިވެރިވި ކޮސްޓިއުމް ޕާޓިސިޕަންޓްސް އާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލައިފައިވޭ. -- ފޮޓޯ: ނެލް / މޫމިން
މެގް 19 ގައި ބައިވެރިވި ކޮސްޓިއުމްއެއް. މި ކޮންވެންޝަންގައި ބައިވެރިކޮށްފައިވަނީ ވަކި ޝަރުތުތަކެއް ހަމަވާ ކޮސްޓިއުމްތަކެއް. ގޭމާސް އެސޯސިއޭޝަނުން ބުނީ އަންނަ އަހަރު ވެސް ގޭމް ކޮންވެންޝަން ކުރިއަށްދާނެ ކަމަށް. -- ފޮޓޯ: ނެލް / މޫމިން
ގޭމް ކޮންވެންޝަންގައި އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވުން ހިލޭ. އަދި ކޮންވެންޝަނަށް ޒިޔާރަތްކުރި ކޮންމެ ކުއްޖަކަށް ވެސް ހިލޭ ހުރިހާ ގޭމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު. -- ފޮޓޯ: ނެލް / މޫމިން
މެގް 19ގައި ބައިވެރިވި ކޮސްޓިއުމެއް. މި ގޭމް ކޮންވެންޝަން ކުރިއަށް ގެންގޮސްފައިވަނީ އެލް މޯލްޑިވްސް، އީ ލައިފް، އޮބްޖެކްޓް، އަސަރީ ސާވިސް ޕްރައިވެޓް ލިމިޓެޑް، ޝްވެކް ސިނަމާ މޯލްޑިވްސް، އެނިމެކްސް، އެލްޖީ، އައި ރަނާސް، ގިޒްމޯ، ރެޑްބުލް، ލެގް ހޮރައިޒަން އަދި ރޭޒާ ކޮމްޕިއުޓާސްގެ އެހީތެރިކަމާއެކު. -- ފޮޓޯ: ނެލް / މޫމިން
ވީޑިއޯ ގޭމް

Popular