By: Ifraz Ali
ސަގާފީ ފަތުރުވެރިކަން ދ. ރިނބުދޫ އަށް ތައާރަފު ކުރުމަށް އެ ރަށު ކައުންސިލުން 2011 ވަނަ އަހަރު ފެށިގެން ހާއްސަ ޕްލޭންތަކެއް ހަދައި، އެ މަސައްކަތް ފެށި އެވެ. މި އަހަރާއި ޖެހެންދެން، އެކި ސަބަބުތަކާއި ހެދި އެ މަސައްކަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ. އެކަމަކު މިހާރު މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީއާ ގުޅިގެން އެ ޕްލޭންގެ ދަށުން ފުރަތަމަ ޕްރޮޖެކްޓް، "ކަލްޗުރަލް ސްޓްރީ އާޓް" ފަށައިގެން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް އެބަ ގެންދެ އެވެ.
މި ކުރެހުންތައް ކުރަހަނީ، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ސަގާފީ ކަންކަން ދައްކުވައިދިނުމަށް "ކަލްޗުރަލް ހައިވޭ" ގެ ގޮތުގައި ހާއްސަ ކުރާ ރަށުގެ އެއް މަގުގަ އެވެ. މި މަގުގައި ހުރި ދިހަ ގެއެއްގެ ފާރުގައި ކުރަހާނެ އެވެ. މިހާރު މީގެ ތެރެއިން ފަސް ގެއެއްގެ ފާރުގައި ވަނީ ކުރަހާ ނިމިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަގުގައި، ރޯނު ވެށުމާއި ފަންގިވިނުން ފަދަ އެކި ކަހަލަ ސަގާފީ ކަންކަން ދައްކުވައިދިނުމަށް 20 ސްޓޯލް ވެސް ބަހައްޓާނެ އެވެ.
"ރަށުގައި ކުރި އެކި މަސައްކަތްތަކާއި ކުރީގައި ހިނގާފައި ހުރި ހާދިސާތަކާއި ރިނބުދޫ އެ ކަމަކަށް ހާއްސަވާ ޖުވެލަރީ ތައްޔާރުކުރުމުގެ ވާހަކަތައް ކިޔައިދިނީމަ އާޓިސްްޓުން އެ ކުދިންގެ ކްރިއޭޓީވް މައިންޑުން މި ކުރެހުންތައް އެ ގެންނަނީ،" ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވި އެވެ.
މި ކުރެހުންތައް ކުރަހަނީ ރިނބުދޫގައި ހިނގާފައިވާ ހާދިސާތަކާއި އެ ރަށުގައި މީހުން ކުރި މަސައްކަތްތަކާއި އަދި ގުދުރަތީ ރީތިކަން ވެސް ފެންނާނެ ގޮތަށް.-- ފޮޓޯ: ދ.ރިނބުދޫ ކައުންސިލް
މި ކުރެހުންތައް ކުރަހަނީ ރިނބުދޫގައި ހިނގާފައިވާ ހާދިސާތަކާއި އެ ރަށުގައި މީހުން ކުރި މަސައްކަތްތަކާއި އަދި ގުދުރަތީ ރީތިކަން ވެސް ފެންނާނެ ގޮތަށް.-- ފޮޓޯ: އިއްފަ

ހާތިމް ވިދާޅުވީ މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީގެ އާޓިސްޓުންނާއި ބައްދަލުވެ މި ޕްރޮޖެކްޓުގެ ވާހަކަ ފުރަތަމަ ދެކެވުނީ މިދިޔަ އަހަރު ކްރޮސްރޯޑްސްގައި ބޭއްވި ޓޫރިޒަމް ކޮންފަރެންސްގެ ތެރެއިން ކަމަށެވެ. އެ ކޮންފަރެންސްގައި ހާތިމް ބައިވެރިވެވަޑައިގެންނެވީ ރިނބުދޫން ތައްޔާރުކުރާ ޖުވެލަރީގެ ހާއްސަ ބްރޭންޑެއްގެ ޕްރެޒެންޓޭޝަނެއް ދެއްވުމަށެވެ.
"އަޅުގަނޑުގެ ޕްރެޒެންޓޭޝަންގައި ދިވެހި އާޓިސްޓުނަށް ފުރުސަތު ދޭންޖެހޭ ވާހަކަދެކެވުނު،" މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީން ހާތިމްއާ ބައްދަލުކުރީ އެ ހިސާބުން ކަމަށް ވިދާޅުވި އެވެ.
"ފުރަތަމަ ރޭވީ ކަލްޗުރަލް އިވެންޓެއް ބާއްވާން ރިސޯޓެއްގައި. އާޓިސްޓުން ގެނެސްގެން ލައިވް އާޓް ދައްކާލާށާއި އެ ކުދިން ތައްޔާރުކޮށްފައި ހުރި ކުރެހުންތައް ވިއްކާލަން. މިދިޔަ ޑިސެމްބަރު 14 ގައި ރިނބުދޫ ކައިރީގައި އޮންނަ އާވި ނޭޗާ ޕެރެޑައިޒް ރިސޯޓްގައި އިވެންޓެއް ބޭއްވީ ކައުންސިލްގެ ފަރާތުން،" އެ އިވެންޓް ވެސް ވަރަށް ކާމިޔާބު ކަމަށް ހާތިމް ވިދާޅުވި އެވެ.
މި ކުރެހުންތައް ކުރަހަނީ ރިނބުދޫގައި ހިނގާފައިވާ ހާދިސާތަކާއި އެ ރަށުގައި މީހުން ކުރި މަސައްކަތްތަކާއި އަދި ގުދުރަތީ ރީތިކަން ވެސް ފެންނާނެ ގޮތަށް.-- ފޮޓޯ: ދ.ރިނބުދޫ ކައުންސިލް
މި ކުރެހުންތައް ކުރަހަނީ ރިނބުދޫގައި ހިނގާފައިވާ ހާދިސާތަކާއި އެ ރަށުގައި މީހުން ކުރި މަސައްކަތްތަކާއި އަދި ގުދުރަތީ ރީތިކަން ވެސް ފެންނާނެ ގޮތަށް.-- ފޮޓޯ: ދ.ރިނބުދޫ ކައުންސިލް
މި ކުރެހުންތައް ކުރަހަނީ ރިނބުދޫގައި ހިނގާފައިވާ ހާދިސާތަކާއި އެ ރަށުގައި މީހުން ކުރި މަސައްކަތްތަކާއި އަދި ގުދުރަތީ ރީތިކަން ވެސް ފެންނާނެ ގޮތަށް.-- ފޮޓޯ: ދ.ރިނބުދޫ ކައުންސިލް
މި ކުރެހުންތައް ކުރަހަނީ ރިނބުދޫގައި ހިނގާފައިވާ ހާދިސާތަކާއި އެ ރަށުގައި މީހުން ކުރި މަސައްކަތްތަކާއި އަދި ގުދުރަތީ ރީތިކަން ވެސް ފެންނާނެ ގޮތަށް.-- ފޮޓޯ: މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީ
މި ކުރެހުންތައް ކުރަހަނީ ރިނބުދޫގައި ހިނގާފައިވާ ހާދިސާތަކާއި އެ ރަށުގައި މީހުން ކުރި މަސައްކަތްތަކާއި އަދި ގުދުރަތީ ރީތިކަން ވެސް ފެންނާނެ ގޮތަށް.-- ފޮޓޯ: މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީ
އެ އިވެންޓަށް ފަހު ކަލްޗުރަލް ހައިވޭގެ މަސައްކަތް ފެށި އެވެ. މި ކަމަށް ބޭނުންވާ ހުރިހާ އިންތިޒާމްތަކެއް ކައުންސިލުން ވަނީ ހަމަޖައްސައި ދީފަ އެވެ. މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީގެ ފަރާތުން ވަރަށް ގިނަ އާޓިސްޓުން ބައިވެރިވެގެން މިކަން ކޮށްދެނީ ވޮލަންޓިއާ ވޯކެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް މި ވަނީ މޯލްޑިވްސް އާޓިސްޓްސް ކޮމިނިއުޓީގެ ވާރަށް ބޮޑު އެހީތެރިކަމާއެކު،" އަދި މިކަމުގައި ކައުންސިލުގެ މުވައްޒަފުންނާއި ރަށު ރައްޔިތުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ހާތިމް ވިދާޅުވި އެވެ.