29 Jan 2020

By: Ifraz Ali

މީގެ 45 އަހަރު ކުރިން، ހަތްދިހައިގެ އަހަރުތަކުގައި އައްޑޫ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާމްދަނީ ހޯދުމަށް އެމީހުން ކޮށް އުޅުނު ތަފާތު މަސައްކަތްތަކާއި އަދި އާންމު ދިރިއުޅުމުގެ އެތައް ހަނދާނެއް މި ފޮޓޯތަކުގައި ރައްކާކޮށްފައި އެބަހުއްޓެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިވިލާތުން އައްޑޫގައި ގާއިމްކުރި، ރޯޔަލް އެއާ ފޯސް ސްޓޭޝަން ބަންދުކުރަން އުޅުނު ދުވަސްވަރު، އެ ސްޓޭޝަންގައި އޭރު މަސައްކަތް ކުރި ސްޓޭޝަން ފޮޓޯގްރަފާ، ރިޗާޑް ހާކޯޓް ނެގި ފޮޓޯތަކެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި މި ފޮޓޯތައް އާންމުކުރުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. މި ފޮޓޯތަކުން އެ ފެންނަ މީހުންނަކީ ކޮން ބައެއް ކަމާއި އެމީހުންގެ ވާހަކަތައް ކޮމެންޓުތަކުގައި ވެސް ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތަކުގައި ލިޔެފައި އެބަހުއްޓެވެ.

އެއް ބައެއްގެ ކާފަމެން، މާމަމެން، މަންމަމެން، ބައްޕަމެން، ދައްތަމެން އަދި ބޭބެމެން ވެސް އެބަ ތިއްބެވެ. އޭރު އައްޑޫގައި ހުރި ތަންތަނާއި މިހާރު ނެތް ތަންތަނެވެ. އޭރު ފެނުނު ކަންކަމާއި މިހާރު ނުފެންނަން އެކި ކަންކަން ވެސް މެ އެވެ.

ރޯޔަލް އެއާ ފޯސް ސްޓޭޝަން ގާއިމްކުރީ 1941 ވަނަ އަހަރު އެވެ. އެކަމަކު ދެ ވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ހަތްދިހައިގެ އަހަރުތަކުގައި އެތަން ބަންދުކުރި އެވެ. އޭގެފަހުން ދިވެހި ދައުލަތުން އެތަން އެއާޕޯޓަކަށް ބަދަލުކުރި އެވެ. މިހާރު ގަން އިންޓަނޭޝަނަލް އެއާޕޯޓް އެ ހިންގަނީ އެ ތަނުގަ އެވެ. މި ފޮޓޯތައް ނަގާފައި ވަނީ އެތަން ބަންދުކުރުން އުޅުމުގެ ދުވަސްތަކެއް ކުރިން، ސެޕްޓެމްބަރު 1975 އާއި މާޗް 1976 ދެމެދުގަ އެވެ.

މީގެ 77 އަށް ވުރެ ގިނަ ފޮޓޯ ފޭސްބުކަށް ލައިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކުލަ ފޮޓޯތަކާއި އަދި ބްލެކް އެންޑް ވައިޓް ފޮޓޯތައް ވެސް ހިމެނެ އެވެ. އަހަރެމެން މި ގެނެސްދެނީ އޭގެ ތެރެއިން ހޮވާލައިގެން ބައެއް ފޮޓޯތަކެވެ.

ފަނުން ހަދާފައި ހުރި ގެއެއްގެ ދޮރުމަތީގައި ދެ އަންހެނަކު، ކުޑަ ދެ ކުދިން ގޮވައިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
ކުޑަކުދިންތަކެއް ގޮވައިގެން އަންހެންނުތަކެއް ގެއެއްގެ ދޮރުމަތީގައި ހަމަޖެހިލައިގެން ވާހަކަދައްކާލަން ތިބީ.-- ފޮޓޯ: ރިޗާޑް ހާކޯޓް
އަންހެނަކު ދަރުތަކެއް ބޯ މައްޗަށް ލައިގެން ދަނީ.-- ފޮޓޯ: ރިޗާޑް ހާކޯޓް
ފަނުން ހަދާފައި ހުރި ގެއެއް/ބަދިގެއަކަށް ވަންނަ ދިމާ. ފޮޓޯ ނަގާތީ އަންހެނަކާއި ކުދިންތަކެއް ބޯދިއްކޮށްލައިގެން ބަލަނީ.-- ފޮޓޯ: ރިޗާޑް ހާކޯޓް
ޅަފުރާގެ އަންހެން ކުއްޖަކު ލޮނުމިރުސް ފުންޑަނީ.-- ފޮޓޯ: ރިޗާޑް ހާކޯޓް
އަންހެނަކު ކާށި ހުނި ގާނަނީ.-- ފޮޓޯ: ރިޗާޑް ހާކޯޓް
ގެއެއްގެ ފެންޑާގައި ހުރި އުނދޯންޏެއްގައި ކުޑަކުދިންތަކެއް.-- ފޮޓޯ: ރިޗާޑް ހާކޯޓް
މީހަކު ފުޅި ބައްތިއަކުން އަލިފާން ރޯކުރަނީ.-- ފޮޓޯ: ރިޗާޑް ހާކޯޓް
ފިރިހެނުންތަކެއް މޫދުގައި ދާ އަޅައިގެން މަސް ހިފަނީ -- ފޮޓޯ: ރިޗާޑް ހާކޯޓް
ކުޑަކުދިންތަކެއް ގެއެއްގެ ޖޯލީގައި ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
ފިރިހެނަކު މޫދުގައި، އަންހެނަކު ކޮނޑަލައިގެން ދޯންޏަށް އަރުވަން ގެންދަނީ.-- ފޮޓޯ: ރިޗާޑް ހާކޯޓް
ފިރިހެނުންތަކެއް މަސް ބާނަގައިގެން، ބަނދަރުމަތީގައި ހިނގާފައި އަންނަނީ.-- ފޮޓޯ: ރިޗާޑް ހާކޯޓް
ގެއެއްގެ ގޯތިތެރޭގައި މަދިރި ދުންޖަހަނީ. ގޯތިތެރެ އާއި ބޭރުގައި އަންހެނުންނާއި ކުޑަކުދިން އެބަ ތިބި-- ފޮޓޯ: ރިޗާޑް ހާކޯޓް
އައްޑޫގެ އަންހެނަކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
ދިގުހެދުމާއި ލިބާސް ލައިގެން ތިބި އަންހެނުންތަކެއް ބަނދަރު މަތީގައި.-- ފޮޓޯ: ރިޗާޑް ހާކޯޓް
އަންހެނަކު ކުޑަކުއްޖަކު އުރާލައިގެން ފޮޓޯއަކަށް ހުއްޓި.-- ފޮޓޯ: ރިޗާޑް ހާކޯޓް
އަންހެނުންނާއި ޅަފުރާގެ އަންހެން ކުދިން އަދި އެތަނުން މީހަކު އުރައިގެން ހުރި ތުއްތު ކުއްޖަކު ގެއެއްގެ ފާރު ދޮށުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
އައްޑޫގެ އާއިލާއާއެއްގެ މެމްބަރުންތަކެއް ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
އައްޑޫގެ އަންހެނަކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
އައްޑޫގެ އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
ފިރިހެނަކު ދަނޑުގައި.-- ފޮޓޯ: ރިޗާޑް ހާކޯޓް
އައްޑޫގެ އަންހެނަކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
ކުޑަ ފިރިހެން ކުއްޖަކު ތޮށައްޔެން ވިޔަނީ .-- ފޮޓޯ: ރިޗާޑް ހާކޯޓް
ގެއެއްގެ އޮޅި މަތީގައި ކުޑަ އަންހެން ދެ ކުދިން ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
ކުޑަ ފިރިހެން ކުދިންތަކެއް ގެއްގެ ވަށާފާރު މަތީގައި އިށީނދެލައިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
އައްޑޫގެ އަންހެނަކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރިޗާޑް ހާކޯޓް
އައްޑޫ އައްޑޫ ސިޓީ ކައުންސިލް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އާއްމު ދިރިއުޅުން

Popular