26 Mar 2020

ހާސްކަމުގެ ތެރެއިން ކޮރޯނާވައިރަސް މީމްތައް

By: Aminath Ibrahim

މުޅި ދުނިޔެ އަށް ދިމާވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުން ރައްކާތެރިކަން ހޯދެން މި ވަގުތަށް ކުރެވެން އޮތް ހަމަ އެކަނި ކަމަކީ ސާފުތާހިރު ކަމުގެ ފިޔަވަޅު އަޅައިގެން ގެއިން ނުނިކުމެ ތިބުމެވެ. މިއާ އެކު، ދުނިޔޭގެ އެކި ގައުމުތަކުގައި އެތައް ބަޔަކު ވަނީ ވަނީ އޮފީހުގެ މަސައްކަތް ގެއަށް ބަދަލުކޮށް، ގެއިން މަސައްކަތް ކުރަން ފަށައިފަ އެވެ.

އެކަމަކު ގެއިން މަސައްކަތް ކުރުމަކީ، ހީކޮށްގެން ތިބިހާ ފަސޭހަ ކަމަކަށް ނުވި ދޯ އެވެ. ހާއްސަކޮށް، ބޮޑު ބަލިމަޑުކަމެއް ފެތުރޭތީ އެކަމުގެ ބިރު ސިކުނޑީގެ އެއްފަޅީގައި ބާއްވައިގެން މުޅި އާއިލާއާ އެކު ގޭގައި ބަންދުވެ، އޭގެ މައްޗަށް އޮފީހުގެ މަސައްކަތް ފުނި ޖެހުމުން ބޯ ފަޅައިގެން ދާ ވަރުވޭ ދޯ އެވެ.

މަންމައެއް ނަމަ، ދަރިފުޅު ރޯތީ ފޮނުވަން ޖެހޭ މެއިލްއެއް ނުފޮނުވިގެން އިރު ތަކެއް ނަގާފާނެ އެވެ. ގޭތެރޭގެ ތާށިކަމާ ހެދި ތަނެއް ނެތިގެން، ދާ ވަށިގަނޑު މަތީގައި ލެޕްޓޮޕް ބައިންދައިގެން ސްޓޭޝަން ހަދައިގެން ތިބީ ވެސް ތިޔައިގެ ތެރެއިން ކިތައް މީހުން ކަމެއް ނޭނގެ އެވެ.

މި ދަނޑިވަޅުގައި ދިމާވާ މިކަހަލަ ބޮޑެތި ދަތިތައް އެތައް ބަޔަކު އަންނަނީ މަޖާ ލިޔުންކޮޅުތަކާ އެކު ޓުވިޓާ އިންސްޓަގްރާމް އަދި ފޭސްބުކް ގައި ޝެއާ ކުރަމުންނެވެ. މީގެ ތެރެއިން އެތައް ފޮޓޯތަކެއް މަޖާ މީމްތަކަށް ބަދަލުކޮށްގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ޝެއާ ވެސް ކުރަމުންނެވެ.

މި ދަނޑިވަޅުގައި، މި މީމްސްތަކަކީ ހާސްކަމާއި ބިރުވެރިކަމުގެ ތެރެއިން ނަގާލެވޭ މަޖާ ބްރޭކަކަށް ވާނެ އެވެ. މި ހިމަނާލަނީ ޓުވިޓާގައި މިވަގުތު އެންމެ އަޑުގަދަ ބައެއް "ވޯކް ފްރޮމް ހޯމް" މީމް ތަކެކެވެ.

ގެއިން މަސައްކަތް ކުރާ މަންމައިންނަށް!

Popular