2 Aug 2020

"ރާއްޖޭގެ ކައްކާ" އީދަށް ފިހުނީ ހަތަރު ފޫޓުގެ ޕިއްޒާއެއް

ހަތަރު ރަހައެއް ހިމެނޭ މި ޕިއްޒާއަށް 1،500ރ. ހަރަދުވި

ހަތަރު ރަހައެއް ހިމެނޭ މި ޕިއްޒާއަށް 1،500ރ. ހަރަދުވި

By: Ifraz Ali

މާގަރީޓާ، ޗިކަން އެންޑް މަޝްރޫމް، ބީފް އަދި ޓޫނާ ޕިއްޒާއެކެވެ. މި ހަތަރު ރަހަ، މި ހަތަރު ފޫޓްގެ ޕިއްޒާގައި ހުއްޓެވެ. މީގެ މަހެއްހާ ދުވަސް ކުރިން ހެދި އެއް ފޫޓް ހުރި ބާގާއަކަށް ފަހު، އިތާފުށި ރިސޯޓްގެ ޝެފެއް ކަމަށްވާ އަހްމަދު ރާއިފަށް، މިއީ އަނެއްކާ ވެސް ކުރެވުނު، ހަމަ އެ ކަހަލަ ތަފާތު ތަޖުރިބާއެކެވެ. ރާއިފް އޭނާގެ އުފަން ރަށް ބ.އޭދަފުށީގައި، އާއިލާ އާއި ރައްޓެހިންނާ އެކު މިފަހަރު ބޮޑު އީދު ފާހަގަކުރީ ބޮޑު ޕިއްޒާއާ އެކު އެވެ.

ރާއިފްގެ އިންސްޓަގްރާމް "ރާއްޖޭގެ_ކައްކާ" ގައި ޕޯސްޓުކުރި، މި ޕިއްޒާ ފިހަން ތައްޔާރުކޮށް، ފަށައިގެން ނިމެންދެން އެކަން ކުރިއަށް ގެންދިޔަ ގޮތް ދައްކާ ވީޑިއޯ އަށް މިހާރު ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ވެސް ލިބިފަ އެވެ.

View this post on Instagram

A post shared by AHMED RAIF (RAPPE) 🇲🇻 (@raajjeyge_kakkaa) on

މި ހަތަރު ފޫޓްގެ ޕިއްޒާ ފިހާ ވީޑިއޯ.

"ފުރަތަމަ އުޅުނީ ހަމަ ކުޑަ ޕިއްޒާއެއް ހަދަން. އެކަމަކު ދެން ހިތަށް އެރީ ބާގާ ގޮތަކަށް ބޮޑުކޮށްލަންވިއްޔޭ. އެހެންވެ ފުރަތަމަ ކުރި ކަމަކީ ޕިއްޒާ އިންނާނެ ގޮތް ކުރަހާލީ. އެއަށް ފަހު ފެށުނީ،" އާންމުކޮށް ފިހާ ވަރަށް ވުރެ ބޮޑު ޕިއްޒާއަކަށް ވީމަ، މިކަންވީ ބޮޑު ޗެލެންޖަކަށް ކަމަށް ރާއިފް ބުންޏެވެ.

އެންމެ އުނދަގޫވީ މި ފިހާނެ ގޮތެއް ހޯދުމަށެވެ. ހަތަރު ފޫޓު ވީމަ ގޭގައި ހުރި އަވަނަށް ނުފެތޭނެތީ ޖެހުނީ އެހެން ގޮތެއް ހޯދާށެވެ.

ޝެފް ރާއިފް ފިހުނު ހަތަރު ފޫޓްގެ ޕިއްޒާ.

"އޮމާން ޓިނު ގަނެގެން ބައްޕަ ލައްވާ އެ ކެފީ، ހަތަރު ފޫޓް ޕިއްޒާއެއް ފިހެވޭނެ ވަރަށް،"

"އެ ދުވަހު [އީދު ދުވަހު] އަސަރުގެ ފަހުން ފުށްގަނޑު ހެދީ. ފުށްގަނޑު ހަދާފައި، ޓިނުގެ މަތީގައި ފަތުރާފައި އެއްޗެހި އަޅައި ނިންމާފައި ފިހަން ލީ،"

އިތާފުށި ރިސޯޓްގެ ޝެފް އަހްމަދު ރާއިފް.

"މަގުމަތީގައި އެޅި ގަލުން އުނދުން ހަދާފައި، ނާށި އަންދައިގެން، އޭގެ މަތީގައި ޓިނުގަނޑު ބާއްވައިގެން ފިހުނީ،" ދޮޅު ހާސް ރުފިޔާ ހަރަދުވި މި ބޮޑު ޕިއްޒާ ފިހުނު ގޮތް ރާއިފް ކިޔައިދިނެވެ.

View this post on Instagram

A post shared by AHMED RAIF (RAPPE) 🇲🇻 (@raajjeyge_kakkaa) on

ޝެފް ރާއިފް ތައްޔާރުކުރި އެއް ފޫޓްގެ ބާގާ.

އާންމުކޮށް ކާއެއްޗެހި މި ހުންނަ ސައިޒު ނޫން، އެއަށް ވުރެ ބޮޑު ސައިޒަކަށް ތައްޔާރުކުރުމުގެ ހިޔާލު ލިބުނީ ވަޒީފާ އަދާކުރާ ރިސޯޓް ކޮވިޑް-19 ގެ ސަބަބުން ބަންދުކުރުމުން މާލެ ގޮސް ހުރި ދުވަސްވަރު، ރާއިފް އޭނާގެ ރައްޓެއްސަކު އެދިގެން ހެދި، ފޫޓެއްގެ ފުޅާމިން ހުރި ބާގާއެއް ހެދި ފަހުންނެވެ. ރާއިފް ބުނީ އެ ބާގާއަށް ވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަށެވެ.

ޕިއްޒާ

Popular