6 Aug 2020

ގަހަށް ފެން ދިނުމަކީ ވެސް ދަސްކުރަންޖެހޭ ހުނަރެއް

އެކި ވައްތަރުގެ ގަސްތަކަށް އަވި ބޭނުންވާ މިންވަރު ތަފާތުވާހެން، ފެން ބޭނުންވާ މިންވަރު ވެސް ވަރަށް ބޮޑަށް ތަފާތެވެ. ފުރަތަމަ، އެ މީހަކު ގެންގުޅޭ ބާވަތެއްގެ ގަސްތައް އާންމުކޮށް ހެދެނީ ކޮން ކަހަލަ މާހައުލެއްގައިތޯ ބަލާށެވެ.

އެކި ވައްތަރުގެ ގަސްތަކަށް އަވި ބޭނުންވާ މިންވަރު ތަފާތުވާހެން، ފެން ބޭނުންވާ މިންވަރު ވެސް ވަރަށް ބޮޑަށް ތަފާތެވެ. ފުރަތަމަ، އެ މީހަކު ގެންގުޅޭ ބާވަތެއްގެ ގަސްތައް އާންމުކޮށް ހެދެނީ ކޮން ކަހަލަ މާހައުލެއްގައިތޯ ބަލާށެވެ.

By: Ifraz Ali

ގޭގައި ގަހެއް ހައްދާ، ބޮޑުކުރުމަކީ ހަމަ ތުއްތު ކުއްޖަކު ގެންގުޅުން ފަދަ ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެ އެވެ. ފަހަރެއްގައި އެހެން އެ ބުނަނީ، އަޅާލުމާއި އޯގާތެރިކަން ނުދީފި ނަމަ، ވަރަށް ފަސޭހައިން ގޭގައި މި ގެންގުޅޭ ގަސްތައް މަރުވުމުގެ ފުރުސަތު ބޮޑުވާތީ ކަމަށް ވެދާނެ އެވެ. އެކި ވައްތަރުގެ ގަސްތައް ގަނެ، އެންމެން ގޭތެރެ ފުރާލިއިރު، ކުރާ އެންމެ ބޮޑު ޝަކުވާ އަކީ ވެސް އަވަހަށް ގަސް މަރުވުމެވެ. ގަހެއް މަރުވުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް ހުރެ އެވެ. މީގެ އެއް ސަބަބަށް ބަލާ ނަމަ، އެންމެ ފަރުވާތެރި ވާންޖެހޭނީ، ގަހަށް އެންމެ މުހިންމު ކާނާ ކަމުގައިވާ، ފެން ދިނުމުގައި ސަމާލުވުމަށެވެ. އެކި ކަހަލަ ގަސްގަހާގެއްސަށް ފެން ދޭންޖެހޭ ގޮތް ވަރަށް ބޮޑަށް ވެސް ތަފާތެވެ. އެހެންވީމަ، މިއީ ދަސްކުރަންޖެހޭ ހުނަރެއް ކަހަލަ ކަމެކެވެ. ގޭގައި ހައްދާ އެކި ވައްތަރުގެ ގަސްތައް ވިއްކާ "ދި ސިލް" ގެ ބްލޮގް ލިޔެފައިވާ ލިޔުމެއްގެ އެހީގައި އަހަރެމެން މި ދެނީ ބައެއް ޓިޕްސްތަކެކެވެ.

އެންމެ މުހިންމު ކަންކަން

މިއީ ގަހަށް ފެން ދިނުމުގައި އަމަލުކުރަންޖެހޭ "ގޯލްޑެން ރޫލްސް" ނުވަތަ ފަރުވާ ކުޑަނުކޮށް ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަންކަމެވެ؛

- އަބަދު ވެސް ޕޮޓު ބަދަލުކުރުމަށް ފަހު ގަހަށް ފެން ދޭން ވާނެ

- ބޮޑެތި ޕޮޓުތަކުގައި ޖަހާފައި ހުންނަ ގަސްތަކަށް ވުރެ އަވަހަށް ކުދި ޕޮޓުގައި ޖަހާފައި ހުންނަ ގަސްތަކަށް ފެން ބޭނުން ވާނެ

- އަލިމަޑު ތަނެއްގައި ހުންނަ ގަހަކަށް ވުރެ އަވަހަށް އަލިގަދަ ތަނެއްގައި ހުންނަ ގަހަކަށް ފެން ބޭނުން ވާނެ

- ތެތްފިނި ތަނެއްގައި ގަސް ބަހައްޓައިފި ނަމަ، ގަހުގެ ތެތްކަން ގިނައިރު ހުންނާނެ / މިސާލަކަށް އޭސީ ހުންނަ ތަނެއްގައި

މީހަކު ގަސްތަކަކަށް ފެން ދެނީ: ގަސް އަވަހަށް ހެދިބޮޑުވުމަށާއި ތާޒާކޮށް ހުރުމަށް އެންމެ މުހިންމީ ފެން.

ފެނުން ކޮށްދެނީ ކޮން ކަމެއް؟

ގަސް އަވަހަށް ހެދިބޮޑުވުމަށާއި ތާޒާކޮށް ހުރުމަށް އެންމެ މުހިންމީ ފެން ދިނުމެވެ. ފެން، އެހީވަނީ ގަހަށް ބޭނުންވާ މިނަރަލްސްތައް ގަހުގެ އެކި ބައިތަކަށް ފޮނުވުމަށެވެ. ގަހުގެ ސެލްސްތަކަށް ބޭނުންވާ ވަރަށް ފެން ލިބޭނެ ނަމަ، އަބަދު ވެސް ހުންނަނީ ވަރަށް ތަޒާކަންމަތީ އެވެ. އެކަމަކު އެއަށް ބޭނުންވާ ފެން މަދުން ލިބޭ ނަމަ ގަސް މޯޅިވާން ފަށާނެ އެވެ. އެއީ ގަހަށް ފެން ބޭނުންވާ ކަމުގެ އެންމެ ބޮޑު ނިޝާނެވެ. ރަނގަޅު ސިއްހަތެއްގައި ގަސް ހުންނާނީ ގަހުން އުފައްދާ "ސެލިއުލޮސް" ކިޔާ "ކެމިކަލް ކޮމްޕައުންޑެއް"ގެ ވެސް އެހީގަ އެވެ. އެކަމަކު ގަހަށް ބޭނުންވާ ވަރަށް ފެން ނުލިބިއްޖެ ނަމަ، "ސެލިއުލޮސް" އަށް އެކަނި މިކަން ނުކުރެވޭނެ އެވެ.

ގަހަށް ފެން ދިނުމުން، ގަހުގެ ފަތްތަކުގައި ހުންނަ ފެންތައް އަވިން ދަމައިގަންނާނެ އެވެ. ލޮލަށް ނުފެންނަ މި "ޕްރޮސެސް" އަށް ކިޔަނީ "ޓްރާންސްޕިރޭޝަން" އެވެ. މިއާ އެކު ގަހަށް އިތުރު ފެން ބޭނުން ވާނެ އެވެ. އާންމުކޮށް ގަހުގެ އެތެރަށް ފެން ފޮނުވުމަށް އެހީވާނީ ގަހުގެ މޫތަކެވެ. އެކަމަކު ބޭނުންވާ ވަރަށް މުލުގައި ފެން ނެތް ނަމަ، ފަތްތަކުގައި ފެން ހަރުވެފައި ހުރި ނަމަ، ގަހުގެ އެތެރެއަށް ދަމައިގަންނާނެ އެވެ. އެކަމަކު އޭރުން ވެސް، ގަސް މޯޅިވުމުގެ ފުރުސަތު އޮވެ އެވެ. އެހެންވާ ނަމަ، އަވަހަށް ފެން ދޭން ވާނެ އެވެ.

ގަހުގެ ވެލިގަނޑު ވާންޖެހޭނީ "ސްޕޮންޖެއް" ކަހަލަ އެއްޗަކަށެވެ. ސްޕޮންޖަށް ވެސް ފެން އެޅީމަ އޭގައި ފެންގަނޑު ހަރުލާފައި ހުންނަހެން، ޕޮޓުގައި އިންނަ ގަހަށް ފެންދިނީމަ، ވެލިގަނޑުގައި ފެން ފޮދު ހަރުނުވެ، ތިރިން ފައިބައިގެންދާ ނަމަ އެއީ ގޯހެކެވެ. އޭރަށް ގަހުގެ މުލުން ދަމަން ބޭނުންވާ ވަރަށް ފެނެއް ވެލިގަނޑުގެ ތެރޭގައި ނުހުންނާނެ އެވެ. މުލުން ފެން ދަމާނީ ވަރަށް މަޑުމަޑުންނެވެ. އެހެންވީމަ، ގިނައިރު ވަންދެން ތެތްކަން ހުރުން ވަރަށް މުހިންމެވެ. ވެލިގަނޑުގައި ތެތްކަން ހުރިކަން ޔަގީންކުރުމަށް، ދެ އިންޗީއަށް ވާ ވަރަށް އިނގިލި ވެސް ކޮށްޕާލާ ބަލައިލެވިދާނެ އެވެ. ތެތްކަން ނެތް ނަމަ އަލުން އެވީ ފެން ދޭށެވެ.

އެކި ވައްތަރުގެ ކެކްޓައި ގަސްތަކެއް؛ މި ކަހަލަ ގަސްތަކަށް ފެން ބޭނުންވާނީ ވަރަށް މަދުން.

މާ ގިނައިން ފެންދެވުނުކަން އެނގޭނީ ކިހިނެއް؟

އެކި ވައްތަރުގެ ގަސްތަކަށް އަލި ބޭނުންވާ މިންވަރު ތަފާތުވާހެން، ފެން ބޭނުންވާ މިންވަރު ވެސް ވަރަށް ބޮޑަށް ތަފާތެވެ. ފުރަތަމަ އެ މީހަކު ގެންގުޅޭ ބާވަތެއްގެ ގަސްތައް އާންމުކޮށް ހެދެނީ ކޮން ކަހަލަ މާހައުލެއްގައިތޯ ބަލާށެވެ؛ ފިނި ތަނެއްގައިތޯ ނުވަތަ ހޫނު ތަނެއްގައިތޯ ބަލާށެވެ. ގޫގުލް ސާޗަކުން މިކަން ބެލިދާނެ އެވެ.

އާންމުކޮށް ހަނަފަސް ތަންތަނުގައި ހެދޭ ކެކްޓިކް އަދި ސަޗުލެންޓް ކަހަލަ ގަސްތައް މާ ގިނައިން ފެނެއް ބޭނުމެއް ނުވާނެ އެވެ. ކެކްޓައި، ސަކިއުލެންޓް އަދި ޔޫފޯބްސް ކަހަލަ ގަސްތަކަށް ފެންދޭއިރު ވެލިގަނޑު ރަނގަޅަށް ތެތްވާ ވަރަށް ފެން ދޭން ވާނެ އެވެ. އެކަމަކު އެއީ ވެލިގަނޑު އެއްކޮށް، ރަނގަޅަށް ހިކިފައި ހުއްޓަ އެވެ. އެއްވެސް ކަހަލަ ތެތް ކަމެއް ހުރެގެން ނުވާނެ އެވެ. އަލުން ފެން ދިނުމަށް، ހަމަ ވެލިގަނޑު އެއްކޮށް ހިކެންދެން މަޑުކުރާށެވެ. ބައެއް ފަހަރު މަހަކަށް ވުރެ ގިނަ ދުވަސް ވެސް ނަގައިފާނެ އެވެ. އެކަމަކު ތެތް ފިނިކަމަށް ލޯބިކުރާ ފާންސް ކަހަލަ ގަސްތަކަށް ހަފުތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ވެސް ފެން ދެވިދާނެ އެވެ.

އެކި ވައްތަރުގެ ގަސް ވިއްކާ ތަނެއް.

ގަހަށް ފެން ބޭނުންވާ ވަރު ވަޒަންކުރުމުގައި ގަހާއި، ގަސް އިންދާފައި ހުންނަ ޕޮޓުގެ ސައިޒަށް ވެސް ބަލަންޖެހެ އެވެ. ކުރިން ބުނި ގޮތަށް ކުޑަ ޕޮޓެއްގައި، މަދު ވެލިކޮޅާ އެކު އިންދާފައި ހުންނަ ގަހަކަށް ގިނައިން ފެން ބޭނުންވާނެ އެވެ. އަދި އެއް ވައްތަރުގެ ގަހެއް، ދެ ސައިޒެއްގެ ދެ ޕޮޓެއްގައި އިންދާފައި ހުރި ނަމަވެސް، މިހެންވާ ނަމަ ފެން ދޭންޖެހޭ މިންވަރު ތަފާތުވެ އެވެ. ބޮޑު ގަހެއް ނަމަ، ވެލިގަނޑު ހަމަ ރަނގަޅަށް ތެމެންދެކަށް ފެން އަޅާށެވެ. އަލުން ފެން ދޭން ވާނީ ވެލިގަނޑު ހިކުނީމަ އެވެ.

ފެން ހިނދޭ ގޮތް ނަހަދާ ހުންނަ ޕޮޓެއްގައި ނަމަ އެ ޕޮޓުގެ ހަތަރު ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ ނުވާނެހެން ފެން ދޭށެވެ.

ގަހަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ފެން ދެވިއްޖެ ނަމަ، ގަހުގެ މޫތައް ހަލާކުވާން ފަށާނެ އެވެ. ވެލީގައި ހައްދާ ގިނަ ގަސްތަކަށް ބޭނުންވާ ފެނާއި އޮކްސިޖަން ބަރާބަރަށް ލިބޭނީ، އެ ވެލިގަނޑުގެ ތެތްކަން ރަނގަޅަށް ކެނޑިފައި ހުއްޓާ ފެން ދިނުމުންނެވެ.

މީހަކު ގަސްތަކަކަށް ފެން ދެނީ: ފެން ދިނުމަށް ވަކި ޝެޑިއުލްއެއް ހަދާ، ވަކި ވަގުތުތަކެއް ފެން ދިނުން ރަނގަޅުވާނެ.

ޝެޑިއުލެއް ހަދާ!

ބަރާބަރަށް، ވަގުތުން ވަގުތައް ގަހަށް ފެން ދިނުން، އާދަކަށް ހަދަންޖެހޭނެ އެވެ. އެ ގަހަކަށް ފެން ބޭނުންވާ މިންވަރު ބެލުމަށް ފަހު، ހަފުތާ އަކު ނުވަތަ ދުވާލަކު ދެން ދޭނެ ވަކި ވަގުތެއް ކަނޑައަޅާށެވެ. އަދި ފެން ދޭނީ މިވެނި ވަރަކަށް ކަން ވެސް ކަނޑައަޅާށެވެ.

މޫސުމަށް ބަލާތި

ވަރަށް ހޫނު ގަދަ ދުވަސްވަރެއް ނަމަ ސަކިއުލެންޓް ކަހަލަ ގަހަކަށް ދެ ހަފުތާއިން އެއް ހަފުތާގައި ފެން ބޭނުން ވެދާނެ އެވެ. ފާން އަދި ޓްރޮޕިކަލް ގަސްތަކަށް ހަފުތާ އަކު އެއް ފަހަރު ފެން ބޭނުން ވާނެ އެވެ. އެހެން ނޫނީ ހޫނު މޫސުމުގައި މި ކަހަލަ ގަސްތައް ތެތްފިނި ތަނެއްގައި ބެހެއްޓުމަށް ފަހު، ހަމަ ކުރިން ފެންދެމުން ދިޔަ އުސޫލުން ފެން ދެވިދާނެ އެވެ.

ގެއެއްގައި ހައްދާފައި ހުރި ގަސްތަކެއްގެ ތެރޭގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން މީހަކު ކޮފީ ބޮނީ.

ޓެމްޕަރޭޗާ މެދު މިނެއްގައި ހިފެހެއްޓުން

ގޭގައި ހައްދާ ގިނަ ގަސްތަކަށް އެންމެ ކަމުދާނީ ތާފަނާ ނުވަތަ އާދައިގެ ފެނެވެ. ތާފަނާ ފެން އަވަހަށް ވެލިގަނޑުގެ ތެރެއަށް ދަމައިގަންނާނެ އެވެ. ފަތްތަކުގެ މައްޗަށް ފެން ބުރުވުން، ކޮންމެ ކޮންމެ ގަހަކަށް ކަމަކު ނުދާނެ އެވެ (އެއީ އޯކިޑާއި އެކި ވައްތަރުގެ އެއާ ޕްލާންޓްސް، އަދި ފާން ކަހަލަ ގަސްތަކެވެ). އެހެން ނޫނީ ގަހުގެ ޓެމްޕަރޭޗާ އަށް ނޭދެވޭ އަސަރުކުރާނެ އެވެ.

ގިނަ ޓްރޮޕިކަލް ގަސްތަކުގެ ފަތްތައް ވަރަށް ބޯވާނެ އެވެ. އެއީ އެ ގަސްތަކުގެ އަސްލު ގުދުރަތީ މާހައުލަކީ އަބަދު ވެސް ވާރޭ ވެހިވެހި އޮންނަ ނުވަތަ ތެތްފިނި ތަންތަނަށް ވީމަ އެވެ. އަދި މި ފަތްތައް ބޯވީމަ، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ގަހަށް ފިނިނުވެ، ޓެމްޕަރޭޗާއި މެދު މިނެއްގައި ހިފެހެއްޓުމަށް އެ ކަހަލަ ގަސްތަކަށް ފަސޭހަވެ އެވެ.

Popular