By: Ifraz Ali
        
      
  
        
        މި ފެންނަނީ ހުޅުމާލޭ ބީޗު މަގުގައި ހުންނަ "ވަކަރުގެ ގާޑިޔާ" އާ ޖެހިގެން ހުރި ފާރެކެވެ. މި ފާރުގައި މިހާރު ޑިޒައިންކޮށްފައިވާ މާ ހިތްގައިމު އާޓްވޯކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އާންމުކޮށް މާލޭން ފެންނަ ވޯލް އާޓްވޯކްތަކާ މާ ތަފާތު މަސައްކަތަކަށް ވީމާ ކަމަށް ވެސް ވެދާނެ އެވެ.
       
  
  
      
    
  
        
        މި މަސައްކަތުގެ މޭސްތިރިއަކީ ރާއްޖޭގެ ހިތްފަސޭހަ، ގުދުރަތީ ރީތި މާހައުލުތައް ދައްކުވައިދޭ ކުރެހުންތައް ކުރެހުމުގައި ކުޅަދާނަ އާޓިސްޓެއް ކަމަށްވާ، އަލީ ޖަނާހު އެވެ.
       
  
  
  
            
        
        
                  ވަކަރުގެ ގާޑިޔާ
              
      
  
  
        
        މި ކަހަލަ ވޯލް އާޓް ޑިޒައިންތައް ވަރަށް ގިނައިން އިޓަލީ ފަދަ ގައުމުތަކުގެ ފާރުތަކުން ފެނެ އެވެ. ޖަނާ މި މަސައްކަތްކުރީ ރައްޓެއްސެއް ދިން ހިޔާލަކަށް، އޭނާއާ އެކު އެވެ.
       
  
  
  
        
        "ކުރިން އެއީ ހަމަ ހުސްކޮށް އިން ފާރެއް. ފުރަތަމަ ފާރުގައި ކުލަ ލާފައި، ސިމެންތި ޖަހައިގެން ބާ ފާރެއް ގޮތަށް ހެދީ. [ރީނދޫ ކުލައިގައި އިން ޓްރައިއެންގަލްއެއް] އެއީ ރޭގަނޑު ގަޑީގައި ލައިޓް އެޅިފައި އިންނާނެ ގޮތް، ދުވާލު ގަޑީގައި ވެސް ފެންނާނެ ގޮތަށް ކުރަހާފައި އެ އިނީ،" އެއް ދުވަހުން ކުރި މަސައްކަތް ޖަނާ ކިޔައިދިނެވެ.
       
  
  
  
            
        
        
                  މި ފާރު ޑިޒައިންކުރި އިރު ބެހެއްޓި ބައިސްކަލުގައި މީހަކު އިށީނދެލައިގެން ފޮޓޯއަކަށް ހުއްޓި.
              
      
  
  
        
        "އަސްލު ބޭނުންވާ އެއްޗެހި ނުލިބުނު. އުޅުނީ ކުރީގެ ބައިސްކަލެއް ބައިންދަން، އެ މަންޒަރު ފުރިހަމަ ކުރަން، އެކަމަކު ނުލިބުނު. ލިބެންހުރި އެއްޗެހި ބޭނުންކޮށްގެން، ހެދުނުވަރަކަށް އޭނީ ނިންމައިފައި."
       
  
  
  
        
        ޖަނާ ބުނީ މިއީ ހަމަ އެކި މީހުން ގޮސް ހިތްހަމަޖައްސާލަން، ފޮޓޯ ނަގަން ހެދި ތަނެއް ކަމަށެވެ. ޓުވިޓާ އާއި އިންސްޓަގްރާމްގައި، މިހާރު ވެސް ވަރަށް ގިނަ މީހުން ވަނީ މިތަނުގައި ފޮޓޯނަގައި ހިއްސާކޮށްފަ އެވެ.
       
  
  
  
        
  
  
  
        
        ކަވަ ފޮޓޯ ކްރެޑިޓްސް: ހަމީ / ޓުވިޓާ