6 Jan 2021

"އަހަރެމެން ދިމާވީ ސްނެޕުން. އޭރުގެ ބިޓާ ރުޅިވެގެން އިމޯޝަނަލް ވެގެން އުޅުނު ދުވަސްކޮޅު ސްނެޕުން އެޑް ކުރި މީހެއް. ނޭނގެ ކާކު ކަމެއް ވެސް. ދެން މީނަ ވަރަށް ދިމާކުރާނެ އަހަރެން ލިފްޓު ލޯގަނޑު ކުރިމަތީގައި ހުރެގެން އަބަދު ސްނެޕް ކުރާތީ. އެކަމަކު އަނެއްހެން ވާހަކައެއް ނުދައްކާ. އެހެން ހުރެފައި، އެއް ފަހަރަކު އަހަރެން ފްރެންޑަކާ ދިމާވެގެން ނަގާފައި ސްނެޕް ކުރި ފޮޓޯ އަކަށް ކޮމެންޓް ކުރީމަ އެނގުނީ އެއީ މީނަގެ ވެސް ރައްޓެއްސެއްކަން. އެ ފަހުން ވެސް އެހާ ވާހަކައެއް ނުދައްކަން. ހުރެފައި އެއް ރެއަކު ދިމާވީ ސަލްޓަން ޕާކު ތެރެއިން. އަލަށް ވެސް ދިމާވި ރޭ އެއީ،"

އައިޝަތު، 25، އާއި އޭނާގެ ފިރިމީހާ އާޒިމް މީގެ އަހަރެއް ކުރިން ކުރި ކައިވެންޏަށް މިހާރު ކުއްޖަކު ވެސް ލިބިއްޖެ އެވެ. އެކަމަކު އައިޝަތު ބުނި ގޮތުން އެ ދެ މީހުން އިންނާނެއެކޭ އޭނާ ދުވަހަކު ހިއެއް ވެސް ނުކުރެ އެވެ.

"އެފަހަރު މީޓް ކޮށްފައި ހިތަށް އެރި ވިއްޔަ ހާދަ ވައި މީހެކޭ. އެކަމަކު ވެސް ވައިކޮށް ފޫހި ދުވަސްކޮޅަކަށް ވެފައި، އޭނާ ޑޭޓަކަށް އެހީމަ ހިތަށް އެރީ ގޮސްލާނީއޭ. މަޖާ ވާނެއޭ. ވަރަށް މަޖާވެފައެއްނު މިހުރީ،" އައިޝަތު ޖަހާލީ ހިނިގަނޑެކެވެ.

ޕޮއިންޓަކީ، ލޯބިވެރިޔާއާ ކޮންމެ ގޮތަކަށް ދިމާވިޔަސް - ކުރީގެ ބިޓަކަސް، މިހާރުގެ ބިޓަކަސް، ވާން އުޅޭ ބިޓަކަސް - ކިޔައިދޭނެ މޮޅު ސްޓޯރީއެއް އޮންނާނެ ކަމެވެ. އަމުދުން މިހާރު، އޮންލައިންކޮށް މީހުން ދިމާވެ ރައްޓެހިވެ އުޅޭ ޒަމާނެއްގައި މީގެ ތެރެއަށް އިތުރުކުރާނެ އެތައް ބައިވަރު ވާހަކަތަކެއް ހުންނާނެ އެވެ.

އޮންލައިންކޮށް ދިމާވާ ހިސާބުން ފެށިގެން ދެ މީހުން ލޯބިވެރިންނަށް ބަދަލުވެ ކައިވެންޏަކާ ހަމައަށް ދާއިރު އުފަލާއި ކަރުނައިގެ އެތައް ކަމެއް ހުންނާނީ ދިމާވެފަ އެވެ. މިކަހަލަ ވެޑިން ސީޒަނެއްގައި މިވެސް ހަނދާން އާކޮށްލަން މަޖާ ވާހަކަތަކެވެ.

ތިޔަ ދެ މީހުން ރައްޓެހިވި ގޮތް ކިޔައިދީބަލާށެވެ.

ކައިވެނި

Popular