18 Feb 2021

By: Aishath Maaha

ދިވެހި ސޯޝަލްމީޑިއާގެ ތަހުތު މިލްކުކޮށްގެން އުޅޭ ސެލެބްރިޓީ އަކީ ކައިޒީންއޭ ބުނަން ޖެހިލުންވާކަށް ނުޖެހެ އެވެ. ކައިޒީންގެ 122،000 ފޮލޯވަރުން މިހާރު ވެސް ކޮންމެ ދުވަހަކު އިންސްޓަގްރާމުން އޭނާގެ އަޕްޑޭޓުތައް ބަލަ އެވެ. މީގެ ތެރޭގައި ބޮޑެތި ފޭނުންނާއި ... ދެން މާ ނޫންކަމަށް ހެދިގެން ބަލައި ފޮލޯކުރާ މީހުން ވެސް އުޅޭނެ އެވެ.

ސޯޝަލްމީޑިއާގައި ކައިޒީންގެ އަޑުގަދަ އެވެ. އެ ޕްލެޓްފޯމްގައި އެންމެ ނުފޫޒު ގަދަ އެއް ދިވެއްސަކީ ވެސް މި ކައިޒީން އެވެ. ދޭތެރެއަކުން ސޯޝަލްމީޑިއާގައި ކައިޒީންގެ ފޮޓޯގަނޑެއް ވައިރަލްކޮށްލައިގެން އޭނާ "ނޮޅައި ކާލާ" އިރު ވެސް ޕްރޮފެޝަނަލްކޮށް އެ ކަންކަމާ ކައިޒީން ޑީލް ކުރެ އެވެ. އަދި އެއިން ކަމަކުން ކައިޒީންގެ ފޮލޯވަރުންގެ އަދަދު މަދެއް ވެސް ނުވެ އެވެ. ދުވަހެއް ދުވަހަކަށް ވަނީ އިތުރެވެ.

View this post on Instagram

A post shared by KAIZEEN (@kai_zeen)

އެކަމަކު މި ތަހުތުގައި ހަމަޖެހިލަން ކައިޒީން ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެެވެ. މިފަހަރު ކައިޒީން މި ކިޔައިދެނީ ސޯޝަލްމީޑިއާގައި އިންފްލުއެންސާއަކަށް ވާނެ ގޮތެވެ.

"މިހާ ހިސާބަށް މި އާދެވުނީ ވަރަށް ގިނަ ކަންކަން ގޯތުރޫކޮށް ވަރަށް ހާޑްވޯކުން، މިކަހަލަ ޕްރޮފެޝަންއެއްގައި އުޅެވޭނީ ވަރަށް ޕޭޝަންޓް އަދި ވަރަށް ތިކް ސްކިންއެއް ހުރެގެން، ކައި މި ހުރިހާ ކަމެއް ގޯތުރޫ ކުރަމުން މިއައީ އަދި ކައިގެ ސަކްސެސްގައި ވަރަށް ގިނަ މީހުންގެ ސަޕޯޓް ލިބުނު،" ސޯޝަލްމީޑިއާގައި އިންފްލްއެންސާއަކަށް ވާން ކައިޒީން ކުރި ދަތުރު ކުރުކޮށް ކައިޒީން ކިޔައިދިނެވެ.

View this post on Instagram

A post shared by KAIZEEN (@kai_zeen)

އެންމެ ފުރަތަމަ ކައިޒީން މި ދެނީ ސޯޝަލް މީޑިއާ އިންފްލުއެންސާއަކަށް ވާން ބައެއް ޓިޕްސް އެވެ.

- ފުރަތަމަ ކަމަކަށް ޓާގެޓް އޯޑިއަންސަކީ ކޮބައިކަން އެނގެންވާނެ

- ސަކްސެސްފުލް ސޯޝަލް މީޑީއާ އިންފްލުއެންސާއަކަށް ވުމަށް ޕަބްލިކްގެ ޓްރަސްޓް އާން ކުރަން ޖެހޭނެ، އެއީ؛

- އޯޑިއަންސެއް ބިލްޑުކޮށް އެމީހުންގެ ކޮންފިޑެންސް ގެއިންކުރަން ވަރަށް ޓައިމް ނަގާނެ،

- އިންޓްރެސްޓް ހުންނަ ދާއިރާއެއް އިހުތިޔާރު ކުރުން،

- ކޮލެޓީ ކޮންޓެންޓްސް ލުން،

- ފޮލޯވާސްއާ އިންޓަރެކްޓްކުރަން އެނގުން،

- ފްރިކުއެންޓްކޮށް އަދި އެހާ އޯވާ ނުވާ ވަރަށް ޕޯސްޓުތައް ގެންގުޅުން،

- އޮފާސްތައް ނަގާއިރު ސެލެކްޓިވް ވާން ވާނެ

View this post on Instagram

A post shared by KAIZEEN (@kai_zeen)

ސޯޝަލް މީޑީއާގައި އިންފްލުއެންސާއަކަށް ވެވުނު ނަމަވެސް އެއްވަރެއްގައި ފޮލޯވަރުން ހިފަހައްޓައި އޯޑިއަންސެއް ބަލަހައްޓަން ގިނަ މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި ސޯޝަލް މީޑިއާގައި އިންފްލުއެންސާއަކަށް ވެވުމުން ޕާސަނަލް ކަންކަމަށް އޯޑިއަންސުން ޝައުގުވެރިވި ނަމަވެސް ޕާސަނަލް ލައިފާއި ޕްރޮފެޝަނަލް ލައިފް ހިފަހައްޓައި ޑިސިޕްލިން ހިފަހައްޓައި، ރެސްޕޮންސިބަލް މީހަކަށް ވާން ވާނެ ކަމަށް ކައިޒީން ބުންޏެވެ.

ސޯޝަލް މީޑީއާގައި އިންފްލުއެންސާއަކަށް ވުމުން ލިބޭ ބައެއް ފައިދާ:

- ކެރިއާއެއް ބިލްޑުކޮށް އާމްދަނީ ހޯދަން ރަނގަޅު ދާއިރާއެއް،

- އޯން ޓާމްސްގައި ފްލެކްސިބަލްކޮށް ވޯކް ކުރެވޭ،

- އެކި ބްރޭންޑްތަކާއެކު ވޯކްކުރަން އޮޕޮޗުނިޓީއެއް

- ޕަބްލިކްގެ ލޯތްބާއި ރެސްޕެކްޓް ލިބުން

View this post on Instagram

A post shared by KAIZEEN (@kai_zeen)

އެކަމަކު ސޯޝަލްމީޑިއާ އިންފްލުއެންސާއަަކަށް ވުމަކީ ފައިދާ އަދި ގެއްލުން ވެސް ހުރި ކަމެކެވެ.

"އަބަދުވެސް ސްޕޮޓްލައިޓުގައި އިންނާތީ ނޯމަލް ލައިފެއް އުޅެން އުނދަގޫވާނެ، އަދި ހޭޓާސް އާއި އިންޓަނެޓް ބުލީސްއާ ޑީލް ކުރަން ޖެހުމަކީ ވެސް ވަރަށް އުނދަގޫކަމެއް."

ސޯޝަލް މީޑިއާ

Popular