19 Jun 2021

By: Ahmed Jaishan

ދުނިޔޭގެ ހުރިހާ ނުރައްކަލަކާއި ހިތް ނުތަނަވަސްކަމުން ދުރަށް ދިޔުމަށް ހުރިހާ އެންމެންގެ ފުރަތަމަ ޗޮއިސް އަކީ އެބައެއްގެ ގެ އެވެ. އެހެންވީމާ އަމިއްލަ ގެއަކީ ތިމާގެ ސިއްހަތާއި ރައްކާތެރި ކަމަށް ރަނގަޅު ތަނަކަށް ވާން ޖެހެ އެވެ. އެކަމަކު ގޭގައި އުޅޭ އިރު ކޮންމެ ދުވަހަކު އާންމުކޮށް ކޮށް އުޅޭ ބައެއް ކަންކަމުން އަމިއްލަ ސިއްހަތަށް ނުރައްކާތެރިވާ ކަން އެނގޭ ހެއްޔެވެ؟ މި ކިޔައިދެނީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.

1. ހެނދުނު ވަގުތު ކޮޓަރި މާ އަނދިރިކޮށް ބެހެއްޓުން

އާންމުކޮށް ރޭގަނޑު އަރާމު ނިންޖެއް ނުލިބޭ ނަމަ ހެނދުނު ހޭލާ ވަގުތު ގިނަ ފަހަރަށް ލުއި ކާނާ ކާ ހިތްވާނެ އެވެ. އަދި ހެނދުނު ހޭލާއިރު ރަނގަޅަށް އަލި ނުލިބޭ ނަމަ އެކަން އިތުރަށް ގޯސްވެ އެވެ. އިންޓަނޭޝަނަލް ޖާނަލް އޮފް އެންޑޯކްރިނިޓީ އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގުނު ގޮތުގައި ހެނދުނު ހޭލާއިރު ކޮޓަރި އަނދިރިވާ ނަމަ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ "ލެޕްޓިން" ލިބޭނީ މަދުންނެވެ. ލެޕްޓިން އަކީ އިންސާނާ ބަނޑު ފުރިފައި ހުންނަ ކަމަށް ބުނެދޭ ހޯމޯން އެކެވެ.

.

އެހެންވީމާ، ހެނދުނު ހޭލާއިރު ކޮޓަރި އަލި ނަމަ ސިއްހަތައް ގެއްލުން ކުރާ ވަރު ކުޑަވާނެ އެވެ.

2. ލިވިން ރޫމް މާ އަރާމުވުން

އޮފީހުގައި ވަރުބަލި ދުވަހެއް ހޭދަކުރުމަށް ފަހު ލިވިން ރޫމްގެ ސޯފާގައި ޖައްސާލައިގެން އޮންނަން ވަރަށް އަރާމުވާނެ އެވެ. އަދި ނިދަން ދިޔުމުގެ ކުރީން ސޯފާއިން ނުތެދުވެ އޮތުމަކީ އަހަރެމެން ހުރިހާ އެންމެން ވެސް ކުރާ ކަމެކެވެ.

އަބަދު އިށީނދެ ނުވަތަ އެއް ޕޮޒިޝަނެއްގައި އެހާ ގިނަ އިރު ވަންދެއް އިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ސައިންސުވެރިން ބުނެ އެވެ. އެކަމަކު މުޅި ދުވަހު އޮފީހުގައި އިށީނދެ އިނުމަށް ފަހު، ގޭގެ ސޯފާއިން ކޮޓަރިއަށް ދާ ނަމަ އޭގެ ސަބަބުން ނުރައްކަލާ ކުރިމަތިވެ އެވެ.

.

3. މާ ގިނަ ސްކްރީންތައް ކޮޓަރީގައި ހުރުން

ގޭގެ ސިޓިން ރޫމްގައި ސްކްރީންތައް ބެހެއްޓުން ރަނގަޅެވެ. ނަމަވެސް ސްކްރީންތައް (ޓީވީ ކަހަލަ އެއްޗެހި) ކޮޓަރީގައި ބެހެއްޓުމަކީ ސިއްހަތަށް އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ސައިންސުވެރިން ބުނެ އެވެ.

ސިޓިން ރޫމްގެ އިތުރުން ބަދިގެ ފަދަ ތަންތަނުގައި ވެސް ސްކްރީންތައް ހުންނަ ނަމަ އޭގެ ސަބަބުން ސިއްހަތަށް ރަނގަޅު ނޫން އާދަތައް އާންމުވެ އެވެ. އޭގެ ތެރޭގައި ކާއިރު ގިނަ އިރު ވަންދެން ސްކްރީނަށް ބަލަން އިނުން ހިމެނެ އެވެ.

ސިއްހަތު ސިއްހަތާއި ރައްކާތެރިކަން

Popular