3 Aug 2021

By: Ahmed Jaishan

ކެއްކުމަކީ ކޮންމެ މީހަކަށް ވެސް އެނގެން ޖެހޭ "ބޭސިކް ސްކިލް" އެކެވެ. ވަކި ޖިންސަކަށް ހާއްސަ ނުކޮށް މިއީ ހުރިހާ އެންމެންނަށް ކުރަން އެނގެން ޖެހޭ ކަމެކެވެ. އެކަމަކު ކައްކަން އެނގޭ މީހުން ވެސް ކެއްކުމުގެ ތެރޭގައި އާންމުކޮށް ހަދާ ބޮޑެތި ގޯސްތަކެއް ހުރެ އެވެ.

ރެސިޕީ ބެލިޔަސް މެތަޑަށް ނުބެލުން

.

ގޭގައި ހުރެގެން ކައްކާ އިރު އަބަދުވެސް އާ އެއްޗެހި ކައްކަން ބޭނުންވާނެ އެވެ. އާ އެއްޗެހި ކައްކާއިރު ތަފާތު އެކި ރެސިޕީތަކަށް ބަލަ އެވެ. ނަމަވެސް ރެސިޕީ ބަލަނީ ހަމައެކަނި އެއަށް ބޭނުންވާ އެއްޗެއްސާއި އޭގެ އަދަދު ބަލާށެވެ. އެ އެއްޗެހި ބޭނުންކޮށްގެން ކައްކަން ޖެހޭ ގޮތެއް ގިނަ ފަހަރަކު ނުބަލަ އެވެ. ކައްކަން ޖެހޭ ގޮތުގެ ތަރުތީބުން ނުގޮސްފި ނަމަ ބައެއް ފަހަރު މުޅި ޑިޝް އެއްކޮށް ގޯސްވާން ވެސް މެދުވެރި ވެ އެވެ. އެހެންވީމާ ކޮންމެ ފިޔަވަޅެއް ބަލައިގެން ވަކިން ކެއްކުން ރަނގަޅެވެ.

ތަވަޔަށް ނުކަތާ ވަރަށް އެއްޗެހި އެޅުން

.

އަވަހަށް އެއްޗެއް ކައްކަން ބޭނުންވާ ނަމަ އެންމެ ފަސޭހައިން ބޭނުންކުރެވޭނެ އެކައްޗަކީ ތަވާ ނުވަތަ ފްރައިން ޕޭން އެވެ. އެކަމަކު ތަވާގައި ކައްކާ އިރު ވަރަށް ގިނަ ފަހަރު އެއަށް ނުވާ ވަރަށް ގިނައިން އެއްޗެހި އަޅައިގެން ކައްކަ އެވެ. ތަވަޔަށް މާ ގިނައިން އެއްޗެހި އެޅުމުން އެ އިތުރަށް އެއްކޮށް ހެދުމުގެ ތެރޭގައި މުޅި ތަނަށް އެޅޭނެ އެވެ. އޭގެ ބަދަލުގައި ބަލަންވީ ތަވާގެ ފޫ ކިރިޔާ ފޮރުވޭ ވަރަށް އެއްޗެހި އެޅުމަށެވެ. އެއަށްވުރެ ގިނައިން އަޅައިފިއްޔާ އެވީ މާ ބޮޑަށް ގިނަ އެވެ.

އެއްޗެހި ފިހާއިރު ސީދާ އަދަދަށް ނުބެލުން

.

އެއްޗެހި ފިހުން ނުވަތަ ބޭކް ކުރުމަކީ ވަރަށް ޓެކްނިކަލް ކަމެކެވެ. އެއްޗެއް ފިހާއިރު އެއަށް ބޭނުންވާ އެއްޗެހީގެ ސީދާ ކަނޑައަޅާފައިވާ އަދަދު ބޭނުންކުރުން މުހިއްމެވެ. ހިތަށް އެރި ވަރަކަށް އެއްޗެހި އަޅައިފި ނަމަ، އަދި ކިތަންމެ ކުޑަ ތަފާތެއް އައި ނަމަވެސް ނަތީޖާއަށް ބޮޑު ބަދަލެއް އައުން އެކަށީގެންވެ އެވެ.

ފެން ކައްކާ ކުރާ ނިވެންދެން މަޑުކުރުން

.

ފެން ކައްކާ ސައިކުރަ އާއި ޖަގުތައް ހުންނަނީ ވަކި ވަރަކަށް ކެކުމުން އަމިއްލައަށް ނިވޭ ގޮތަށެވެ. ނަމަވެސް މީގެ މާނަ އަކީ ފެން ކެކުން ފުރިހަމަވެން ކުރާ އަމިއްލަ އަށް ކެނޑުމެއް ނޫނެވެ. އެވަރު ނުކޮށްލިޔަސް ފެންގަނޑު ކެކިގަތީމާ އެނގޭނެ އެވެ. ސައި އަދި ކޮފީ ބުއިމުގައި ކުރާ ގޯސް ކަމަކީ ޖަގު އެއްކޮށް ނިވެންދެން މަޑުކުރުމެވެ. ފެން އެއްކޮށް ކެކިފައި ހުއްޓައި ސައިފަތަށް ނުވަތަ ކޮފީއަށް އެޅުމުން އޭގެ ރަހަ ގެއްލި އަނދާނެ އެވެ. އޭރުން ދޭނީ ހިތި ހަރަ އެވެ.

ކެއްކުން ރެސިޕީ

Popular