ކޮފީކުރުން އެއީ މައްސަލައަކަށް ނުވާނެ ގޮތަކަށް އެކަން ކުރެވެން އޮންނަނީ އެންމެ ގޮތެކެވެ. އެއީ އެ އާޓިސްޓެއްގެ މަސަތްކަތުގައި ބޭނުންކޮށްފައި ހުންނަ ޓެކްނީކްތައް ދަސްކުރުމުގެ ބޭނުމަށް އެކަންޏެވެ.
އެ މަސައްކަތެއް ކަމުގޮސްގެން ޓެކްނީކްތައް ދަސްކުރުމުގެ ބޭނުމުގައި ކޮޕީކުރާ ނަމަ އަސްލު އާޓިސްޓަށް ކްރެޑިޓް ދޭން ޖެހެ އެވެ. މިއީ އާޓިސްޓެއްގެ ގޮތުގައި ހުންނަ މީހަކަށް އެނގެންވާނެ އެންމެ އަސާސީ އެއް ރޫލް އެވެ. މިނޫންގޮތަކަށް މިކަން ކުރުމަކީ އެތިކަލް ކަމެއް ނޫނެވެ.

މިއީ ހަމަ އެކަނި ކުރެހުންތެރިންނަށް ދިމާވެފައިއޮތް މައްސަލައެއް ނޫނެވެ. ކްރިއޭޓިވް ކޮންޓެންޓު އުފައްދައި އެކަމުން ވިޔަފާރި ކުރަމުން އަންނަ ގިނަ ބަޔަކަށް މިކަމާ ކުރިމަތިލާން އެބަޖެހެ އެވެ. ވީޑިއޯ ކޮންޓެންޓާއި އަމިއްލަ ލަވަ އަދި ވާހަކަ ލިއުންތެރިންނާއި އެކި ކަހަލަ އަތްތެރި މަސަތްކަތްކުރާ ފަރާތްތައް ވެސް މީގެ ތެރޭގައި އެބަ ހިމެނެވެ.
މި ކުޑަކުޑަ ގައުމުގައި އެއް އާޓިސްޓް އަނެއް އާޓިސްޓެއްގެ މަސަތްކަތް ނަގާ ކޮޕީކޮށް "ރީތި ވަނަތައް" ހޯދުމާއި ވިޔަފާރީގެ ގޮތުގައި މި ތަކެތި ބޭނުންކުރުމުގެ މައްސަލަ ދަނީ ދުވަހުން ދުވަހަކަށް ބޮޑުވަމުންނެވެ. ބައެއް އާޓިސްޓުން ބުނި ގޮތުގައި ކްލަޔަންޓުން ވަކި ކުރެހުމެއް ދައްކާފައި އެ އެއްޗެއް ކޮޕީކޮށްދޭން ވެސް ބުނެ އެވެ.

ބައެއް ލޯކަލް ބްރޭންޑުތަކުން ހަދާފައި ހުންނަ ތަކެތި ކޮޕީކޮށް އެ ތަކެތިން ވިޔަފާރި ކުރަމުން އަންނަ މީހުންގެ ފަރާތުން މި އެއްޗެހި ނުގަނެ ނުވަތަ އެ ސާވިސްތައް ބަލައިނުގަތުމަކީ ކަސްޓަމަރުންގެ ހައިސިއްޔަތުން މިކަހަލަ އަމަލުތަކަށް ދެކޮޅު ހެދުމަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަންތަކެވެ.
ދެން ވިޔަފާރިކުރާ ނަމަ ނުވަތަ ހިދުމަތެއް ހޯދާ ނަމަ އެއީ އެހެން އާޓިސްޓެއް ނުވަތަ ކޮންޓެންޓު އުފައްދާ ފަރާތަކުން ފޭރިގަތްފައިވާ މަސަތްކަތެއްކަން އެނގޭ ނަމަ އެކަން ފާހަގަކޮށް އަދި އެ ބައެއްގެ އަތުން ވިޔަފާރި ނުކޮށް ލޯކަލް އާޓިސްޓުންނަށާއި ދިވެހި އުފެއްދުންތައް ކުރިއަރުވަން މަސަތްކަތްކުރާ މީހުންނަށް އެ އިހްތިރާމް ދޭންވާނެ އެވެ.