28 Jun 2022

By: Aishath Maaha

ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދަކީ މިވަގުތު ދިވެހި މިއުޒިކްގައި ވިދަމުން އަންނަ، ގިނަ ބައެއްގެ ފޭވަރިޓެކެވެ. މިއުޒިކީ ދުނިޔޭގައި މީރާގެ އަޑު މިދުވަސްކޮޅު ވަނީ މަޑުވެފަ އެވެ. އެޔާ އެކު މީރާ ވަނީ ސޯޝަލް މީޑިއާ އިން ދުވަސްކޮޅަކަށް ދުރަށް ގޮސްފަ އެވެ.

މީރާގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ބުނެފައިވަނީ ޕާސަލް އިޝޫސްތަކެއްގެ ސަބަބުން ސޯޝަލް މީޑީއާއާ ދުވަސްކޮޅަކަށް ދުރަށް ދާން ނިންމާފައިވާ ކަމަށެވެ. އަދި އެއްކޮށް ރަނގަޅުވެގެން އެނބުރި އަންނާނެ ކަމަށެވެ. އެކަމަކު އެއީ ކިހާ ދުވަހެއްގެ ބްރޭކެއް ކަން މީރާ ހާމައެއް ނުކުރެ އެވެ.

މީރާ ބުނެފައިވަނީ އެނބުރި އަންނައިރު މީރާގެ މުޅިން އާ ލަވަތަކަކާއި އާ ކޮންޓެންޓުތައް ގެންނާނެ ކަމަށެވެ.

ސޯޝަލް މީޑީއާ އިން ބްރޭކް ނެގިކަން ހާމަކޮށް މީރާ އޭނާގެ އިނސްޓަގްރާމް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓް

މި އަހަރުގެ ކުރީކޮޅު ސްކައި ރޮކް ބޭންޑުން ވަކިވި ފަހުން މީރާގެ އަޑުވަނީ ވަރަށް ބޮޑަށް މަޑުވެފަ އެވެ.

އެހަނދާނުގައި ޝޯތަކުން ދިވެހިންގެ ތެރޭގައި މީރާ މަގުބޫލުކަން ހޯދިއިރު، ލަވަ ކިޔުންތެރިޔާ ޔާމިން ރަޝީދާއެކު ނެރުނު ކަވާ ސޯންގުތަކަކީ ގިނަ ބައެއްގެ ޕްލޭ ލިސްޓުތަކުގައި އަދިވެސް ހިމެނޭ ރީތި ލަވަތަކެކެވެ.

މީރާ މުހައްމަދު މާޖިދު ސޯޝަލް މީޑިއާ

Popular