އީދާ ދިމާކޮށް މި ބޭންޑުން މި ފަހަރު ނެރުނު މި ލަވަޔަކީ ބޭންޑުން ބުނިގޮތުގައި މިދިޔަ އަހަރު ނެރެން އުޅުނު ލަވައެކެވެ.
"ފޯރި" ނަމަކަށް ކިޔާ މި ލަވައިގެ ލިރިކްސް ހަދާދީފައިވަނީ ބޭންޑުގެ ވޯކަލިިސްޓު އަދި ރިދަމް ގިޓަރިސްޓު ފަރުހާން، (ފައްފު) އެވެ. އަދި ބޭންޑުގެ ކޮންމެ މެންމަބަރެއްގެ ޕާޓަކީ ކޮންމެ މީހެއްގެ އަމިއްލަ ހިޔާލާ އެއްގޮތަށް ހަދާފާވައި މުޅި ބޭންޑުގެ މަސަތްކަތެކެވެ.
"އަހަރުމެންގެ ގޯލަކަށްވީ ބޭންޑުގެ އޮރިޖިނަލް ލަވައެއް ދިވެހިންގެ ތެރޭގައި ފާހަގަކުރާ ބޮޑު އީދާއި ދިމާކޮށް ހަދަން. ވަރަށް އުފާވެރި އަދި މީހުންނަށް ނަށާލެވޭ ކަހަލަ ލަވައަކަށް ހެދޭތޯ ބޭނުންވީ،" ބޭންޑުގެ އަންހެން ވޯކަލިސްޓު އިންޝާ ބުންޔެވެ.
އެޗްޑީސީއާ ގުޅިގެން ހެދި މި ލަވައިގެ ވީޑިއޯ މަސަތްކަތް ކޮށްދިން 'މަދޮޝިޕުން' ވީޑިއޯ ހެދީ އެންމެ ހަފްތާއަކުންނެވެ.
އުމުރުން 8 އަހަރުގެ ލޫކްގެ ނަޒަރުން އީދު ދައްކާލަދޭ ގޮތަށް ހެދި މި ވީޑިއޯގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މިފަހަރުގެ އީދު ޕްރޮގްރާމުގައި ބައިވެރިވެ މަޖާކުރާތަން ދައްކަ އެވެ.
"މަދޮޝިޕުން މި ލަވަޔާއިގެން އުޅެދިން ޝާމިންއާ އެކީ މަސަތްކަތް ކުރަން ވަރަށް ފަސޭހަވި، ބޭންޑުގެ މި ކޮންސެޕްޓު ލަވައިގެ ތެރެއިން އަސްލަކަށް ހަދާލަދިން. މި ލަވައިގައި އަހަރުމެންގެ ތެރޭގައި މާބޮޑަށް އެކަމެއްގެ ވާހަކަ ނުދެއްކި ހުރި އީދުގެ އެކި ސަގާފީ ކަަންކަން ފެނިގެން ދާނެ. އޭގެ ތެރޭގައި އާއިލީ މެންދުރުގެ ކެއުން، މޫދަށް ދިއުން، ބޭން އަދި ބޮޑުމަސް ބަލަން ދިއުން އަދި އީދު ޝޯވެސް ދައްކާލާފައިވާނެ." އިންޝާ ބުންޏެވެ.