12 Mar 2018

މައު، ލަމް، ޝާއިނާ: އެންމެ ރަނގަޅީ ކޮން ހޯސްޓެއް؟

މައު، ލަމް، ޝާއިނާ: އެންމެ ރަނގަޅީ ކޮން ހޯސްޓެއް؟

By: Aishath Maaha

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ފޯރި މި ވަނީ ގަދަވެފަ އެވެ. ޕިއާނޯ ރައުންޑުގެ ޝޯތައް ނިމި ގާލާ ރައުންޑަށް ދަތުރުކުރި 12 ބައިވެރިން މިވަނީ ކަށަވަރުވެފަ އެވެ. ގަދަ 16 އަށް ދިޔަ ބައިވެރިންގެ ރީތި ލަވަތަކެއް ޕިއާނޯ ރައުންޑުގެ ދެ ޝޯގައި ފެނިގެން ދިޔަ އެވެ. ބެލުންތެރިންގެ ތައުރީފު ވެސް އޮހިގެން ދިޔަ އެވެ.

ބައިވެރިންނެކޭ އެއްވަރަށް ގިނަ ބައެއްގެ ތައުރީފް ލިބުނު އެއް ފަރާތަކަށް ޝޯގެ ކޯ ހޯސްޓު ޝާއިނާ ޝަރީފް ވާނެ އެވެ. ޓީވީން އައިޑޮލް ދައްކާ ވަގުތުތަކުގައި ޓުވިޓާއަށް ބަލައިލުމުން އެކަން އެނގެ އެވެ. ޝައިނާގެ ރީތިކަމާއި ފަރިކަމުން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް އަނބުރާލަ އެވެ.

ޝާއިނާގެ މި ވާހަކަ ކިތަންމެ ދިގުކޮށް ވެސް ދެއްކިދާނެ އެވެ. އެކަމަކު އޭގެ ކުރިން މިދިޔަ ދެ ސީޒަންގައި ވެސް މޫސާ ވަސީމާއެކު މޯލްޑިވިއަން އައިޑޮލް ހުށަހަޅައިދިން ލަމްހާ ލަތީފާއިި އައިމިނަތު މައުރީނާ މިސްވޭ ހެއްޔެވެ؟

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ ހޯސްޓުން ކަމަށްވާ ލަމް އަދި މޫސަ ބަތަލާ ނިއުމާ އާ އެކު

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން ދައްކަން ފެށުމާއެކު ގިނަ ބަޔަކު ލަމް އަދި މައުރީނާ އަލުން ގެންނަން ވެގެން އެމީހުންގެ ހިޔާލުތައް ޓުވިޓާގައި ހިއްސާކުރި އެވެ. ލަމް އާއި މައު ނެތި މޯލްޑިވިއަން އައިޑޮލް ފުރިހަމަނުވާނެ ކަމަށްބުނެ ވަރަށް ޝަކުވާވެސް ކުރި އެވެ. އައިޑޮލްގެ ދެވަނަ ސީޒަން މިދިޔަ އަހަރު ލަމްއާ އެކު ފެށުމުން މައު މިސްވެގެން ވެސް މިވަރަށް އުޅުނެވެ. މައު ނުފެންނާތީ އައިޑޮލްގެ މިދިޔަ ސީޒަން ނުބެލި ބަޔަކުވެސް ތިއްބެވެ.

މިިދިޔަ ސީޒަންގައި ފެނިގެންދިޔަ ލަމް ވީ އޭގެ ކުރީ ސީޒަންގެ ހޯސްޓު މައު އަދި މި ސީޒަންގެ ވެސް ހޯސްޓު ޝާއިނާއަށް ވުރެ ބޮޑަށް ސްޓޭޖްމަތީގައި އެކްޓިވް އަދި "އެނަޖެޓިކް" ހޯސްޓަކަށެވެ. އެންމެ ގިނަ މީހުންނަށް ލަމް މިސް ވާ އެއް ސަބަބަކީ ވެސް އެއީ އެވެ. ސްޓޭޖްމަތީގައި ލަމް ނަށާލާ އެއުޅޭ ގޮތް ހަމަ ކަމުދަނީ އެވެ.

މައު

މި ސީޒަންގެ ކޯ ހޯސްޓު ޝާއިނާ އަކީ ކެމެރާ ކުރިމައްޗަށް ވަރަށް އާ ޕްރެޒެންޓަރެކެވެ. ނަމަވެސް އައިޑޮލް ބަލާ ގިނަ މީހުންގެ ހިތުން ޝާއިނާ މިހާރުވަނީ ޖާގަ ހޯދައިފަ އެވެ.

މި ތިން ޕްރެޒެންޓަރުންނަކީ ވެސް ޕްރެޒެންޓުކުުރުމުގައި ތަޖުރިބާހުރި މޮޅު ތިން ޕްރެޒެންޓަރުންނެވެ. އެހެން ނަމަވެސް ތަފާތު ތިން ޕްރެޒެންޓަރުންނެވެ. އެންމެ ކަމުދަނީ ކޮން ޕްރެޒެންޓަރެއް ހެއްޔެވެ؟

މޯލްޑިވިއަން އައިޑޮލް މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular