16 Jun 2018

ޝަލަބީގެ އީދު ހަދިޔާ: އައިސްތު އާއި އައްޅޮގެ ވާހަކަ

މިއީ "ދޯ" އިން ކުރިން ގެނެސްދިން އައިސްތު އާއި އައްޅޯގެ ލޯބީގެ ލަވައެކެވެ. މި ދެމަފިރިންގެ ވާހަކަ މިފަހަރު މި ކިޔައިދެނީ ޝަލަބީ އާއި މައިޝާ އެވެ.

މިއީ "ދޯ" އިން ކުރިން ގެނެސްދިން އައިސްތު އާއި އައްޅޯގެ ލޯބީގެ ލަވައެކެވެ. މި ދެމަފިރިންގެ ވާހަކަ މިފަހަރު މި ކިޔައިދެނީ ޝަލަބީ އާއި މައިޝާ އެވެ.

By: Aishath Maaha

ލޯބީގެ ކޮންމެ ވާހަކަ އަކީ ވެސް ފުރިހަމަ، ރީތި ވާހަކަ އެކެވެ. ނަމަވެސް އައިޝަތު ނަސީރު އަދި އަބްދުﷲ މޫސާ ރަފީއު (އައްޅޯ)ގެ ލޯބީގެ ވާހަކަ މާބޮޑަށް ވެސް ހާއްސަ އެވެ. އެ ދެމަފިިރިންގެ ލޯބީގެ އެ ރީތި ވާހަކަ "ދޯ" އިން ވާނީ ގެނެސްދީފަ އެވެ. އެހެންވީމަ އެވާހަކައިގެ ތަފްސީލަށް ދާނެ ކަމެއް ނެތެވެ.

އެ ވާހަކަ ހާއްސަވެ އެ ވާހަކަ އަނެއްކާވެސް މި ދައްކަނީ އިތުރު ސަބަބެއް ވެސް އޮވެގެންނެވެ. ހާއްސަ އެހީއަށް ބޭނުންވާ އައިސްތުއަށް އައްޅޯ ހަދައިދިން ދެވަނަ ލަވަ މިރޭ މިވަނީ ރިލީޒްކޮށްފަ އެވެ. "ތިބާ ހީލުމުން" ނަމުގައި ހަދާފައިވާ އެ ލަވަ ރިލީޒްކޮށްފައިވަނީ ބަރިސްތާގައި ޝަލަބީ އިބްރާހިމް އަދި މަރިޔަމް މައީޝާ ބައިވެރިވި ޝޯގަ އެވެ. ޝަލަބީ އެ ލަވަ ކިޔާފައިވާއިރު ލަވައިގެ މެލޮޑީ ހަދާފައިވަނީ އައްޅޯ އެވެ. އައްޅޯގެ ކޮންސެޕްޓަކަށް ލިރިކްސް ހަދާފައިވަނީ އާމިރު ސަލީމް އެވެ.

"ދޯ" ގައި ޝާއިއުކުރި، އައިސްތު އާއި އައްޅޮގެ ވާހަކަ

އީދު ހަދިޔާއެއްގެ ގޮތުގައި މި ލަވަ ޝަލަބީ ދޫކޮށްލިއިރު ހާއްސަ މުނާސަބަތުތަކާއި ގުޅިގެން މީގެކުރިން ވެސް ޝަލަބީ ވަނީ ގިނަ ލަވަތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ލަވަތަކާއި ކަވާ ލަވަތައް ވެސް ހިމެނެ އެވެ.

ޝަލަބީ އަދި މައިޝާގެ އިތުރު ޝޯ އެއް މިރޭވެސް އޮންނާނެ އެވެ. މި ޝޯ އޮންނާނީ ހެންވޭރު ބަރިސްތާގަ އެވެ. ޝަލަބީގެ އާ ޝޯއެއް ވޯލްޑްކަޕް ނިންމާލާފައި ނުވަތަ އޭގެ ކުރިން ވެސް ބާއްވާން ވަނީ ނިންމާފަ އެވެ. އެ ޝޯގައި ޝަލަބީއާ އެކު މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ފުރަތަމަ ރަނަރަޕް އައިމިނަތު ސައިނާ ވެސް ބައިވެރިވާނެ އެވެ.

ޝަލަބީ އިބްރާހިމް

Popular