12 Jun 2017

އުމުރުން 81 އަހަރުގައި ހައި ސްކޫލް އިމްތިހާން ހަދަނީ

އުމުރުން 81 އަހަރުގައި ހައި ސްކޫލް އިމްތިހާން ހަދަނީ

ފަލަސްތީނު މީހެއް ކަމަށްވާ އަބްދުލް ގާދިރު އަބޫ އަޖަމިޔާ ތައްޔާރުވަމުން އަންނަނީ ހައި ސްކޫލް އިމްތިހާނަށެވެ. އުމުރުން 81 އަހަރުގައި އޭނާ މި އިމްތިހާނު ހަދަން މި އުޅެނީ އަލަކަށް ނޫނެވެ. މިއީ ދެ ވަނަ ފަހަރެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިފާފައި އޮންނަ ހިބްރޫންގައި ކުރިން މޭވާ ވިއްކަން އުޅުނު އަބްދުލްގާދިރު ހައި ސްކޫލް ޑިޕްލޮމާ ހަދަން މިފަހަރު ތައްޔާރުވަމުން އަންނަނީ ވަރަށް ބުރަކޮށެވެ. މިދިޔަ އަހަރުގެ އިމްތިހާނުން ފެއިލް ވެފައި ވާތީ، 14 ކުދިންގެ ބައްޕަ ބުނީ މިހާރު ކޮންމެ ދުވަހަކު ފަސް ކިޔެވުމުގައި ފަސް ގަޑިއިރު ހޭދަކުރާ ކަމަށެވެ.

އޭނާ ބުނީ 36 ކާފަ ދަރިން އެބަތިބި ކަމަށާއި އެ ކުދިން ކާފަޔާ އެކު ކުޅެން ބޭނުންވެގެން އުޅޭތީ ކިޔެވުމަށް އުނދަގޫވާ ފަހަރު ވެސް އަންނަ ކަމަށެވެ. އެކަމަކު ކާފަޔަށް ކުދިންގެ ފަރާތުން އުނދަގޫވިޔަ ނުދޭން މާމަ ހުންނަނީ ތައްޔާރަށެވެ.

"އަހަރެން ވަރަށް ކިޔަވާހިތްވޭ،" ސްކޫލްގެ ޔުނިފޯމް ކަމަށްވާ ކޯޓާއި ޓައިގައި ހުރެ ވާހަކަ ދައްކަމުން ބުންޏެވެ. "ކިޔަވަންޖެހޭ ވަކި މިންވަރެއް ނޯންނާނެ. ކިޔަވަން ވަކި އުމުރެއް ވެސް ނޯންނާނެ."

އަބްދުލް ގާދިރު އަބޫ އަޖަމިޔާ އަރަބި ބަހުގެ އިމްތިހާނެއް ހަދާއިރު، އޭނާގެ ޖަވާބުތައް އެހީތެރިޔަކަށް ކިޔައިދެނީ

މި ކާފަގެ އާދަޔާ ހިލާފު ކަމަކީ އުމުރު މައްޗަށް ގޮސްފައި ހުއްޓާ ކިޔަވަން ފަށައިގެން އުޅުމެއް ނޫނެވެ. އޭނާއަށް ވަރަށް ފަހުން ޖެހުނު ސްޓްރޯކެއްގެ ސަބަބުން އަތުގެ ހަރަކާތްތެރިކަން ވަރަށް ކުޑަ އެވެ. އެހެންވެ އޭނާ އިމްތިހާނު ހަދާނީ އެހެން ދަރިވަރުންނާ ވަކިން ކޮޓަރިއެއްގައި އިނދެގެންނެވެ. ސުވާލުތަކަށް އޭނާ ދޭ ޖަވާބު ލިޔާނީ އެހީތެރިއެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަލަސްތީނުގައި، އުމުރުން 15 އަހަރުން މަތީގެ މީހުންގެ ތެރެއިން ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ އެންމެ 3.3 ޕަސެންޓެވެ. އެއީ އަރަބި ގައުމުތަކަށް ބަލާއިރު އެންމެ ދަށް ނިސްބަތެވެ.

އުމުރުން ދުވަސްވީ މީހުން މަތީ ތައުލީމު

Popular