21 Apr 2019

ރިފްގާގެ އާޓަކީ ޕޮޕްސިކްލް ސްޓިކް!

ޕޮޕްސިކްލް ސްޓިކް އާޓްވޯކަށް ބަދަލުވީ އެވެ. ރިފްގާ މި ދައްކާލަނީ އޭނާ މިގޮތަށް ކޮށްފައި ހުރި ފުރިހަމަ މަސައްކަތެވެ.

ޕޮޕްސިކްލް ސްޓިކް އާޓްވޯކަށް ބަދަލުވީ އެވެ. ރިފްގާ މި ދައްކާލަނީ އޭނާ މިގޮތަށް ކޮށްފައި ހުރި ފުރިހަމަ މަސައްކަތެވެ.

By: Shamila Ibrahim

"ބްލޫ ކްރެޔޯން"ގެ ނަމުގައި އައިމިނަތު ރިފްގާ ހިންގަމުން އަންނަ އިންސްޓަގްރާމް ޕޭޖުން ފެންނަނީ ތަފާތު އާޓް ވޯކެކެވެ. ޕޮޕްސިކްލް ސްޓިކް ބޭނުންކޮށްގެން، އުމުރުން 19 އަހަރުގެ ރިފްގާ ތައްޔާރުކޮށްފައި ހުންނަ އެއްޗެހި ތަފާތެވެ.

މިއީ އާޓްގެ ތެރެއަށް ލޯ ހުޅުވި، ޕިންޓްރެސްޓުން ހިޔާލު ލިބިގެން ފެށި ކަމެކެވެ. ޕޮޕްސިކްލް ސްޓިކްގައި ކުރަހަން ޝައުގުވެރިކަން އުފެދުނީ އެވެ. އެއީ ތަފާތު ސްޓައިލެއްގައި، އިތުރަށް އާޓް ފުޅާކޮށްލަން ލިބޭނެ ފުރުސަތެއް ކަމަށް އޭނާ އަށް ގަބޫލުކުރެވުނެވެ.

ރިފްގާ ތައްޔާރު ކޮށްފައިވާ ބައެއް އެއްޗެހި

"އެގޮތަށް ވިސްނާފަ (ސްޓިކް ބޭނުން ކޮށްގެން) ޕޯޓްރެއިޓްސް ޕެއިންޓިންސްއާ ސްކެޗް ޕެއިންޓިންސް އަދި މިނީ ޕެއިންޓިންސް އާ ބުކްމާކްސް އާ އެއްޗެހި ހެދީ. ދެން ވަރަށް ފަހުން ޑްރީމް ކެޗާސް ވެސް ސްޓިކްސް ބޭނުން ކޮށްގެން ހަދަން ފެށީ، ރިފްގާ ކިޔައިދިނެވެ.

އޭގެއިތުރުން ކެންވަސްގައިވެސް އޭނާ ކުރަހައެވެ. އަދި މަދުން ނަމަވެސް އޮއިލް ބޭނުން ކޮށްގެން ވެސް ކުރަހާ އުޅެއެވެ.

ރިފްގާ އާޓްގެ ދުނިޔެ އަށް ވަނީ ކުޑައިރު އެވެ. އޭރު ސްކޫލް މުބާރާތްތަކުގައި ވެސް ހުނަރު ދައްކާލަ އެވެ. އޭރު ވެސް ހުސް ވަގުތެއް ލިބޭއިރަށް އާޓަށް ހުސްވެ، މިކަމުގައި ޝާމިލުވަނީއެވެ.

މިއަހަރު އަންހެނުންގެ ދުވަހާ ދިމާކޮށް ބެނެފިޓް މޯލްޑިވްސް އިން ބޭއްވި ފެއާ އާއި އަމީނިއްޔާގެ ޑައިމަންޑް ޖުބްލީ ފެއާގައި ވެސް ރިފްގާގެ އާޓްވޯކްސްތައް ޑިސްޕްލޭކޮށް ގިނަ ބަޔަކަށް ވަނީ ދައްކާލާފައެވެ.

View this post on Instagram

Alhamdulilah, another successful fair. 😌 Thank you everyone who came by, it was lovely meeting all of you and thank you so much for the DMs and love. Thank you Aminiya School for this amazing opportunity and huge thanks to my family and friends for always supporting my art 💙

A post shared by Rifqa (@bluecrayon) on

އޭލެވެލްއަށް ކިޔެވި ދުވަސްވަރު ރިފްގާ އޭނާގެ ރައްޓެހިންނަށް ކުރަހައިދިނުން ވެގެން ދިޔައީ މަސައްކަތް ތަރައްގީކުރަން ލިބުނު ބާރަކަށެވެ. އޭގެ ފަހުން މިދިޔަ އަހަރު ވިޔަފާރީގެ އުސޫލުން މި މަސައްކަތް ފަށައިގަތީ އާއިލާއާ ރައްޓެހިންގެ އެއްބާރުލުމާއެކު މިކަމަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ.

"ލާރި ހޯދުމަށްވުރެ ބޮޑަށް ޕެޝަންއެއްގެ ގޮތަށް މި ކަން ކުރަނީ. އެކަމަކު މިއީ ރަނގަޅަށް ކުރެވިއްޖެއްޔާ އާމްދަނީ ހޯދަން ކުރަން ރަނގަޅު ކަމެއް. ހަމަ ފުދޭ ވަރެއް ލިބޭ މިކަމުން،" އޭނާ ކިޔައިިދިނެވެ.

ރިފްގާއަށް މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ ތިން ދައްތަގެ ފަރާތުން ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި، މަސައްކަތަށް ބޭނުންވާ އެއްޗެހި ވެސް، ނުވެސް ބުނަނީސް ވެސް އެ މީހުން ހޯދައިދެ އެވެ.

"މިކަން ކުރަން އެންމެ ފުރަތަމަ ފެށިއިރު ވެސް މެޓީރިއަލްސް ގަނެދިނީ ދައްތަމެން."

ރިފްގާގެ މަސައްކަތެއް

މިވަގުތު ފުލް ޓައިމް ލޯ ސްޓޫޑެންޓަކަށް ވުމުން، ރިފްގާ ބުނީ އޭނާގެ މި މަސައްކަތަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ވަގުތުގެ ދަތިކަން ކަމަށެވެ. މިއީ ކަވި މަސައްކަތަށްވެފައި، ބުރަ ކަމަކަށް ވުމުން މަސައްކަތުގައި ގިނަ ވަގުތު ހޭދަވާތީއެވެ.

"މިއީ ކަވި މަސައްކަތެއް. އަޅުގަނޑު ގިނައިން ޕެއިންޓް ކުރަނީ ޕޮޕްސިކްލް ސްޓިކްސް ދަނޑިކޮޅު ގުޅުވައިގެން، 8 ސްޓިކްސްގެ ފްރޭމެއްގަ. އޭގެ ކޮންމެ ދަނޑިކޮޅެއް ގުޅުވައި، މުޅި އެތި ފަހަތުން ނުނެއްޓޭނެހެން ރަނގަޅަށް ސެކުއާ ކޮށް، ކަސްޓަމާ ބޭނުންވާ ގޮތަށް ފޮޓޯ ނުވަތަ ޑިޒައިން ހަދަން ވެސް ޖެހޭ. މިސާލަކަށް ކުދި ކުދި މާ ހުރި ހެދުމެއް ޕެއިންޓް ކުރުން ކަހަލަ ކަންތައްތައް."

ރިފްގާގެ މަސައްކަތަށް ޑިމާންޑް ބޮޑެވެ. އެކަމަކު ގިނަ ފަހަރު އޮންނަނީ ވަގުތު ނުވެގެން އޯޑަރުތައް ވެސް ނުނެގިފައެވެ. ބްރޭކެއް ނެގިޔަސް "ދެން އޯޑަރުތައް ނަގަން ފަށާނީ ކޮން އިރަކުންހޭ" ބުނެ ކޮށްފައި ހުންނަ މެސެޖްތަކުން އިންބޮކްސް ފުރެ އެވެ.

View this post on Instagram

Pics from the Women's day fair. My first customer was the sweetest lady she wanted to buy all the bookmarks 😂💙 Thank you everyone who came by and for all the love and DMs. 💙💙 Huge thanks to my family (mom, dhontha, thihtha, @riiysh), @naxiya99 and @baaasil_ for the help, could not have done this without you 💙 Thank you @benefit.mv for this opportunity 💙

A post shared by Rifqa (@bluecrayon) on

މި ކްރިއޭޓިވް މަސައްކަތްތަކަށް ރަނގަޅު ފީޑްބެކްއެއް ލިބޭކަމަށް ރިފްގާ ބުންޏެވެ. އަދި ނެގަޓިވް ކޮމެންޓެއް ލިބުމުން، އެކަމެއް ރަނގަޅު ކުރެވޭތޯ ވެސް އޭނާ މަސައްކަތް ކުރެއެވެ.

"އިންޝާ ﷲ ވަރަށް ރަނގަޅު ކޮމެންޓްސް ލިބެނީ. ދެން ލިބޭ ޕޮޒިޓިވް އަދި ނެގަޓިވް ކޮމެންޓްސް އަކީ ވެސް ލިބޭ ހިތްވަރެއް ކަމުގައި ބަލަނީ،" ރިފްގާ ކިޔައިދިނެވެ.

"ބައެއް ބޭފުޅުން ހީކުރޭ މިއީ ޕްރިންޓް ކޮށްފައޭ ވެސް. އެކަމަކު މިއީ އަޅުގަނޑުގެ ހޭންޑްވޯކް،" ރިފްގާ އޭނާގެ މަސައްކަތަކީ އޮރިޖިނަލްކަން ޔަގީންކޮށްދެމުން ބުންޏެވެ.

އާޓްސް

Popular