13 May 2019

By: Aishath Maaha

މޭކްއޯވާގެ ދެވަނަ ސީޒަން ފަށަން ނިންމީ ދިވެހިންގެ ތެރޭގައި މާ މަޝްހޫރު ނުވިޔަސް މަޝްހޫރު ނަންތަކަކުންނެވެ. ތަފާތު ގޮތަކަށް މި ސީޒަން ގެނެސްދޭތީ އެވެ. ފިހާރަ އިން ތިން ހެދުން ނަގައިގެން މޮޑެލް ނަލަހެއްދުމުގެ ބަދަލުގައި މިފަހަރު ދައްކާލާނީ ފެޝަން ޑިޒައިނަރު ނޫރާ ރަޝީދުގެ ޑިޒައިނެކެވެ.

ނާ ރައްޓެއްސަކާއެކު. -- ފޮޓޯ: ބައްޓި ނިޝާން

އެގޮތުން މި ސެގްމަންޓަށް ހޮވާލެވުނު ނަންތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވުނު އެއް ނަމަކީ ނާޖިހާ އަޒޫރު (ނާ) އެވެ. ބައެއް ދިވެހި ފިލްމުތަކުންނާއި ލަވަތަކުން ނާ ފެނިފައި ވާއިރު އިންސްޓަގްރާމްގެ އަހުލުވެރިންނަށް މިއީ އާ މޫނެއް ނޫނެވެ.

ނާގެ މޭކްއޯވާގެ ބިހައިންޑް ދަ ސީންސް

އިންސްޓަގްރާމަށް ރީތި ނަލަ ފޮޓޯތަކެއް ދޫކުރަމުން އަންނަ ނާ ގެނެސް ނޫރާގެ ޑިޒައިނަކާއި ޗޫޓީ ހިސާންގެ މޭކަޕަކުން ނަލަ ހައްދާލައިގެން މި ފޮޓޯތައް ނަގައިދިނީ ބައްޓި ނިޝާން އެވެ. ސްޓޫޑިއޯ ތެރޭގައި ނެގި މި ފޮޓޯ ޝޫޓުގެ ބިހައިންޑް ދަ ސީން ވީޑިއޯ ނަގައި އެޑިޓްކޮށްދިނީ ޔަޒްދާން މާޒް އެވެ.

ފިލްމުކުޅެން ލިބޭ ހުރިހާ ފުރުސަތުތަކެއްގެ ބޭނުން ހިފަން ވެސް ނާ ތައްޔާރު. -- ފޮޓޯ: ބައްޓި ނިޝާން

ފިލްމު ކުޅެމުން، އިޝްތިހާރާއި ލަވަތައް ކުޅެމުން އަޔަސް، އުމުރުން 19 އަހަރުގެ މި ތަރީގެ ހުވަފެނަކީ މިއެއް ނޫނެވެ. ކެމެރާގެ ކުރިމަތިން މީހުންގެ މުނިފޫހި ފިލުވައިދިނުމަށްވުރެ ބޮޑަށް ބޭނުންވަނީ ފްލައިޓްތެރޭގައި ފަސިންޖަރުންނަށް ހިދުމަތްކޮށްދޭށެވެ.

ނާ އެންމެ ދެކެން ބޭނުންވަނީ ކެބިންކްރޫއަކަށް ވެވޭނެ ދުވަހެއް. -- ފޮޓޯ: ބައްޓި

މި ރޯދަމަސް ނިންމާލާފައި ކިޔަވަން ފުރަން މިހާރު ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އަދި އެއްކޮށް ހަމައެއް ނުޖެހެ އެވެ. ނާ ބުނަނީ ފަހަރެއްގައި ގިނަ ދުވަސް ވެދާނެ ކަމަށެވެ. އެހެންވެ އެ ދުވަހެއް އަންނަންދެން އޭނާ ބޭނުންވަނީ ކެމެރާގެ ކުރިމަތިން އޭނާގެ ހުނަރު ދައްކާލާށެވެ.

ނާ. -- ފޮޓޯ: ބައްޓި ނިޝާން

ފިލްމީ ދާއިރާގައި ނާ އަދި މަޑުމަޑުން އަރަނީ އެވެ. މާގިނަ ފުރުސަތުތަކެއް ނުލިބުނަސް ލިބުނު ހުރިހާ ފުރުސަތުތަކެއްގެ ބޭނުން ނާ އަންނަނީ ކުރަމުންނެވެ. އެންމެ ފުރަތަމަ ނާ ގިނަބަޔަކަށް ފެނިގެން ދިޔައީ މިދިޔަ އަހަރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމްގެ "ރޭވުމުން" ނެވެ. ނިއުމާ މުހައްމަދުގެ "ނިވައިރޯޅި"ގެ ދެތިން މަންޒަރަކުން ވެސް ނާ ފެނިގެން ދިޔަ އެވެ.

ނާ ރައްޓެއްސަކާއެކު ސައިކަލު ދުއްވާލަން ނުކުމެ. -- ފޮޓޯ: ބައްޓި ނިޝާން

ފަސް ވަރަކަށް ވީޑިއޯ ލަވަ ވެސް ނާ މިހާތަނަށް ކުޅެފި އެވެ. އެއީ ވީޓީވީގެ ރަންހަނދާނުގައި އަދި މަނިކް އާޓްސްގެ ލަވަތަކެކެވެ.

ފޮޓޯގްރެފީ: ބައްޓި ނިޝާން | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

ބައެއް ފިލްމުތަކާއި ޑްރާމާތަކުގެ މަސައްކަތްތައް ވެސް އެބަހުއްޓެވެ. ޝޫޓިން ނިންމާފައި ސްކްރީނާ ހަމައަށް ނާންނަ ބައެއް މަސައްކަތްތައް ވެސް އެބަހުއްޓެވެ. މޮޑެލްކުރަން މިހާރު ވެސް ފުރުސަތުތަކެއް އެބަހުއްޓެވެ. އެކަމަކު އޭނާ އަކީ މޮޑެލް އެއް ނޫނެވެ.

ފޮޓޯގްރެފީ: ބައްޓި ނިޝާން | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

"ނާ އަކީ އަސްލު މޮޑެލް ކުރާ ކުއްޖެއް ނޫން. އެންމެ ފުރަތަމަ 2016ގައި ފޮޓޯނަގާ ރައްޓެއްސަކު އޭނާގެ ޕޭޖަށް ލާން ފޮޓޯތަކެއް ނެގީ. ދެން އޭގެ ފަހުން ނާގެ އަމިއްލަ ބޭނުމަށް ރައްޓެހި ފޮޓޯގްރާފަރުންނާއެކު ފޮޓޯތައް ނަގަން ފެށީ،" ނާ ކިޔައިދިނެވެ.

ފޮޓޯގްރެފީ: ބައްޓި ނިޝާން | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

އެހެން ފޮޓޯ ނަގަނަގާފަ އިންސްޓްގަރާމަށް އަޅަނިކޮށް އައިސް ނާގެ އަތުގައި ހިފީ އިޝްތިހާރެއް ކުޅުމުގެ ފުރުސަތެވެ. ވީޓީވީގެ ރަންހަނދާނުގައި އިން ފުުރސަތު ލިބުނީ އޭގެ ފަހުންނެވެ. އެއަށްފަހު މަނިކްއާޓްސްގެ ލަވަތައް ކުޅުމުގެ ފުރުސަތުތަކާއި ފިލްމު ކުޅުމުގެ ފުރުސަތެވެ. ގިނަ އިޝްތިހާރުތަކެއް ވެސް މިހާތަނަށް ކުޅެފި އެވެ.

ފޮޓޯގްރެފީ: ބައްޓި ނިޝާން | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

އާންމުންގެ ތެރޭގައި ނާ މަޝްހޫރުވެ މަގުބޫލުވީ އޭގެފަހުންނެވެ. އާންމުންނަށް ބޮޑަށް އެނގުނީ މަނިކްއާޓްސްގެ "ގެއްލިފާ" ލަވައިންނެވެ. އޭގެފަހުން ކުޅުނު އިޝްތިހާރުތަކުން ވެސް އިތުރު މަޝްހޫރުކަމެއް ލިބުނެވެ.

ފޮޓޯގްރެފީ: ބައްޓި ނިޝާން | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

މިހާރުވެސް ނާގެ ޝެޑިއުލް ވަރަށް ބިޒީ އެވެ. މޮޑެލް ޝޫޓިންތަކެއް ވެސް އެބަހުއްޓެވެ. އޭގެ އިތުރުން ރާއްޖޭގެ ރަށްތަކަށް ދާން ހުންނަ ޝައުގުވެރިކަމުން އުޅެނީ އަބަދުވެސް ކޮންމެވެސް ދަތުރެއްގަ އެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަތުރުކޮށް އެކްސްޕްލޯކުރުމަކީ ނާގެ ހުވަފެނެކެވެ. އަނެއްކާ ދުވަހުގެ ވަޒީފާއާ ވެސް އެކުގަ އެވެ

ފޮޓޯގްރެފީ: ބައްޓި ނިޝާން | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

ނާ އަކީ އެނެކްސްގެ އެކައުންޓެންޓެކެވެ. ކޮންމެ ދުވަހަކު ވެސް ބޭނުން ވަގުތަކު މަސައްކަތް ކުރެވޭތީ ފިލްމު ކުޅުމާއި މޮޑެލްކުރުމަށް ވަގުތު ހުސްކުރަނީ އެވެ.

ފޮޓޯގްރެފީ: ބައްޓި ނިޝާން | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

މިހުރިހާ ކަމެއްގެ ކުރިން ނާ އަކީ ކޭކު އަޅައި ބުކޭ ވެސް ހެދި ޒުވާނެކެވެ. ސްކޫލް ނިންމާލާފައި އުފަން ރަށް ކ. ހިންމަފުށީގައި ހުރެ ކޮންމެ ދުވަހަކު މާލެ އައިސް ކޯހެއް ހަދައިގެން ކޭކު އެޅުމުގެ މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ފޫހިވެގެން އެ މަސައްކަތް ހުއްޓާލީ އެވެ.

ފޮޓޯގްރެފީ: ބައްޓި ނިޝާން | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

އެހެންވެ މިހާރު އޭނާ ބޭނުންވަނީ ކެބިންކްރޫއަކަށް ވާން ދެކެމުން އަންނަ ހުވަފެން ހާސިލްކުރާށެވެ. ހުރިހާ ޝައުގުވެރިކަމެއް ހުސްކޮށްލައިގެން ހުރީ އެކަން ހާސިލްކުރާށެވެ.

Popular