26 Jul 2020

By: Ifraz Ali

މޯލްޑިވިއަން އައިޑޮލް ދުވަސްވަރުން ފެށިގެން، ޝަލަބީ އިބްރާހިމްގެ ހިތްގައިމު އަޑާ އެކު، ގިނަ ބައެއްގެ ސަމާލުކަން އަދިވެސް އެންމެ ބޮޑަށް ހުއްޓެނީ އޭނާގެ ފަން ދިގު އިސްތަށިގަނޑަށެވެ. ހެއާ ސްޓައިލަށް ކިރިޔާ ވެސް ބަދަލެއް ގެނެސްފި ނަމަ އެ ވާހަކަ ވަރަށް ގަދަޔަށް ދައްކަ އެވެ. މިއަދު އަނެއްކާ ވެސް ޝަލަބީ ހެއާސްޓައިލަށް ކުޑަ ބަދަލެއް ގެނެސްފި އެވެ. -- އެ ރީތި އަޑާއި ހެއާސްޓައިލްގެ އިތުރުން މިފަހަރު އެންމެންގެ ލޯ ހުއްޓުނީ ޝަލަބީގެ އަތުކުރީގައި އޮތް ރީތި ގަޑި އަށެވެ. ފުރަތަމަ ދިވެހި ބްރޭންޑްގެ އަތުކުރި ގަޑި ކަމަށްވާ "މޯލްޑިވްސް ވޭވް" ގެ ގަޑިއެކެވެ.

View this post on Instagram

A post shared by Shalabee (@shalabeeibrahim) on

ހެއާސްޓައިލަށް ކުޑަ ބަދަލެއް ގެނެސްފައި، ޝަލަބީ މިއަދު ހަވާލުވީ "މޯލްޑިވްސް ވޭވް" ގެ ބްރޭންޑް އެމްބެސެޑަރުކަމާ އެވެ.

View this post on Instagram

A post shared by Maldives Wave (@maldiveswave) on

"ވަރަށް އުފާވެއްޖެ މި ފުރުސަތު ލިބުމުން. ދިވެހި ދިދަ އާއި ރާއްޖޭގެ ނަން ދިވެހިން ލިޔެފައި އިން މި ގަޑީގެ އެމްބެސެޑަ ކަމާއި، އަދި ހާއްސަކޮށް މިއަދު މި ފާހަގަކުރާ މިނިވަން ދުވަހު ހަވާލުވެވުނީމަ ވަރަށް ފަހުރުވެރިވޭ. ދިވެހި ދިދަ އިންނަ މި ކަހަލަ ގަޑިއެއް ކޮންމެ މީހެއްގެ އަތުގައި ވެސް އޮންނަން ވަރަށް ރީތިވާނެ،" ލިބުނު މި ފުރުސަތާ އެކު ޝަލަބީ އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.

View this post on Instagram

A post shared by Myke (@mykx_official) on

ދިވެހި ޒުވާނެއް ކަމަށްވާ މުހައްމަދު ޒާޖީ އިސްމާއީލް އުފައްދަމުން އަންނަ "މޯލްޑިވްސް ވޭވް" ގެ މި ރީތި ގަޑިތަކުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެ އެވެ. އެއީ ޒާޖީގެ ހިތުގައި ރާއްޖެއަށް އޮތް ލޯތްބާއި ގަޑިއަށް ހުރި ޝައުގުވެރިކަމުން ނިކުތް އުފެއްދުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

View this post on Instagram

A post shared by Maldives Wave (@maldiveswave) on

އެމްބެސެޑާކަމާއި ހަވާލުވުމަށް މިއަދު ބޭއްވި ކުޑަ ހަފުލާއަށް ޝަލަބީގެ ހެއާސްޓައިލްކޮށް ދިނީ، ދިވެހި ސެލެބްރިޓީންގެ މެދުގައި އެންމެ މަގުބޫލު ހެއާސްޓައިލިސްޓް ކަމަށްވާ މުހައްމަދު މަމްދޫހް އަހްމަދު (މައިކް) އެވެ.

ޝަލަބީ ކުރި އިންސްޓަ ޕޯސްޓެއްގައި ވަނީ، މިއަދުގެ މި ކުޑަ ހަފުލާއަށް ހެއާ އެންޑް މޭކަޕްގެ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ކޮށްދީފައި ވާތީ، މައިކް އަދި އޭނާއާ އެކުގައި މަސައްކަތްކުރާ ފެޝަން ޑިޒައިނާ، ރަޒީނާ ތައުފީގް (ރަޒީ) އަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. ޝަލަބީ ހުރީ ފަންކް މޯލްޑިވްސްގެ އައުޓްފިޓެއްގަ އެވެ.

ޝަލަބީ އިބްރާހިމް

Popular