By: Ifraz Ali
        
      
  
        
        މިހާރު ކުރިއަށްދާ އަންވެއިލިން ވިޝަންސް އާޓް އެގްޒިބިޝަންގައި އެންމެ ތަފާތު އާޓްޕީސްއަކަށް ފެންނާނީ މި "ޖީއެން ވަން ޓޫ ފައިވް" މޮޑެލްގެ ސައިކަލެވެ. މި ސައިކަލުގެ ކަވަރު ސެޓު ޑިޒައިންކޮށްފައި ވަނީ އިހުޒަމާނުގައި ހިރިގަލުގައި ކަނޑައި ނަގައިގެން ޑިޒައިންކުރާ ގޮތަށެވެ. އެހާ ބޮޑު ސަމާލުކަމެއް މިއަށް ހުއްޓުނީ ވެސް އެހެންވީމަ އެވެ.
       
  
  
      
    
  
            
         ފޮޓޯ: އަރަކަ އާޓްސް
        
                  ފޮޓޯ: އަރަކަ އާޓްސް
              
      
  
  
        
        މިއީ "އަރަކަ އާޓްސް" ގެ ފަހަތުގައި ހުރި ހުނަރުވެރި އާޓިސްޓް އަހްމަދު އިހުސާންގެ ވަރަށް ފުރިހަމަ މަސައްކަތެކެވެ.
       
  
  
  
        
        ޕެއިންޓާއި ޕިން އާޓްގެ ރީތި މަސައްކަތްތަކެއް މީގެ ކުރިން ދައްކަމުން އައި އިހުސާން ބޭނުންވީ އޭނާގެ ކޮމްފޯޓް ޒޯނުން ބޭރުން މިފަހަރުގެ އެގްޒިބިޝަނަށް ކުރިއަށް ވުރެ މާ ތަފާތު އެއްޗެއް ހަދާށެވެ. އެ ވިސްނުމުގެ ތެރެއިން ލިބުނީ މި ސައިކަލުގެ ހިޔާލެވެ. މިކަމަށް ހޯދީ ބާ ސައިކަލެކެވެ.
       
  
  
  
            
         ފޮޓޯ: އަރަކަ އާޓްސް
        
                  ފޮޓޯ: އަރަކަ އާޓްސް
              
      
  
  
        
        މި ސައިކަލުގެ ޓޭންކުގެ ވަށައިގެންވާ މަތިގަނޑާއި އަދި ސައިކަލުގެ ދެ ފަރާތުގެ ތިރިން ބައެއްގެ މަތިގަނޑު ހަދައިފައި ވަނީ ޕުޓީ ބޭނުންކޮށްގެންނެވެ. އަދި ހިރިގަލުގައި ކުރާ ޑިޒައިން ގެނެސްފައި ވަނީ މި ޕުޓީގަނޑުން ކަނޑާ ނަގައިގެންނެވެ. މިއީ އެއް މަސް ދުވަހުގެ މަސައްކަތެވެ.
       
  
  
  
              
  
  
  
        
        "އެންމެ އުނދަގޫވި ކަމަކީ ޕުޓީގަނޑު ލައިފައި، ސައިކަލުގައި މި އިންނަ ޝޭޕަށް އީވަންކޮށް މަތިގަނޑު ހަދަން. ކުރީގައި ވެއްޖެއްޔާ ފްލެޓް ސާފޭސްއެއްގައިތާ ވޯކްކުރަނީ. އަދި އެހާ ގިނަ ވަގުތު ވެސް ހޭދަކުރަން ޖެހުނު،" އެންމެ އުނދަގޫވި ކަންކަން އިހުސާން ކިޔައިދިނެވެ.
       
  
  
  
        
        "މިހެން އަދި ބަލައިލީމާ ފަހަރެއްގައި ނޭނގިދާނެ، ސިފަނުވެދާނެ. އެކަމަކު ސައިކަލުގެ ޓޭންކްގެ މަތިގަނޑުން އަސްލު އެ ފެންނަނީ މީހެއްގެ މޫނު،" ހިރިގަލުގެ އާޓް ބޭނުންކޮށްގެން މި މަތިގަނޑު ޑިޒައިންކުރީ މީހެއްގެ މޫނު ސިފަވާނެ ގޮތަށް ކަމަށް އިހުސާން ބުންޏެވެ.
       
  
  
  
            
         ފޮޓޯ: އަރަކަ އާޓްސް
        
                  ފޮޓޯ: އަރަކަ އާޓްސް
              
      
  
  
        
        "މިއަށް ހޯދީ ހަމަ ބާ ސައިކަލެއް. އަހަރެންގެ މަސައްކަތް ނިންމައިފައި، އޮޓޯމޯޓް އިން ދޮވެފައި، ސާފުކޮށްދީފައި މި ހުރީ. އެ މީހުން ދޮވެ ނިންމާލިއިރު، މިހާރު ހަމަ ހީވަނީ މުޅިން އާ ސައިކަލެއްހެން،" އިހުސާން ބުންޏެވެ.
       
  
  
  
        
        މި ސައިކަލުގެ އަގަކީ 22،222ރ. އެވެ. އިހުސާން ބުނީ މި ގަންނަން ބައެއް މީހުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
       
  
  
  
            
         އަހްމަދު އިހުސާން: ލަކުޑި އާއި ތުރެޑް ބޭނުންކޮށްގެން ތައްޔާރުކުރި "އެކަނި ކުރާ އިހުސާސް" އާޓްވޯކް ކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: އަރަކަ އާޓްސް
        
                  އަހްމަދު އިހުސާން: ލަކުޑި އާއި ތުރެޑް ބޭނުންކޮށްގެން ތައްޔާރުކުރި "އެކަނި ކުރާ އިހުސާސް" އާޓްވޯކް ކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: އަރަކަ އާޓްސް
              
      
  
  
        
        "އަރަކަ އާޓްސް" ކުރީގެ ބައެއް ހާއްސަ އާޓްވޯކްސްތަކުގެ ތެރޭގައި ލަކުޑި އާއި ތުރެޑް ބޭނުންކޮށްގެން ހެދި ޝަހީދު ހުސެއިން އާދަމްގެ ޕޯޓްރެއިޓާއި އެކްލިރިކް ބޭނުންކޮށްގެން ކުރެހި ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ކުރެހުން އަދި ލަކުޑި އާއި ތުރެޑް ބޭނުންކޮށްގެން ހެދި "އެކަނި ކުރާ އިހުސާސް" އާޓްވޯކް ވެސް ފާހަގަކޮށްލެވެ އެވެ.
       
  
  
  
            
         ލަކުޑި އާއި ތުރެޑް ބޭނުންކޮށްގެން ހެދި ޝަހީދު ހުސެއިން އާދަމްގެ ޕޯޓްރެއިޓް.-- ފޮޓޯ: އަރަކަ އާޓްސް
        
                  ލަކުޑި އާއި ތުރެޑް ބޭނުންކޮށްގެން ހެދި ޝަހީދު ހުސެއިން އާދަމްގެ ޕޯޓްރެއިޓް.-- ފޮޓޯ: އަރަކަ އާޓްސް
              
      
  
  
        
        އިހުސާންގެ ޕެއިންޓާއި ޕިންއާޓްގެ މަސައްކަތްތައް ދައްކާލުމަށް 2018 ވަނަ އަހަރު ސޯލޯ އެގްޒިބިޝަނެއް ވެސް ބޭއްވި އެވެ.