16 Feb 2021

މުނާސަބު ފޮޓޯގްރާފަރު

"އަސްލު ބޭނުންވަނީ ކެޕްޝަނެއް ނުޖަހައި، އެ ނަގާ ފޮޓޯއަކުން ބައިވަރު ވާހަކަތައް ބުނެދޭން."

"އަސްލު ބޭނުންވަނީ ކެޕްޝަނެއް ނުޖަހައި، އެ ނަގާ ފޮޓޯއަކުން ބައިވަރު ވާހަކަތައް ބުނެދޭން."

By: Ifraz Ali

ގިނަ ބަޔަކު ދަންނަ ފޮޓޯގްރާފަރަކަށްވެ، އެތައް ބައެއްގެ ލޯބި، ނައުޝަމް ވަހީދަށް ލިބެން ފެށީ، ކޮންމެ މުނާސަބަތަކާ ދިމާކޮށް އޭނާ ނަގަމުން އަންނަ ފޮޓޯތަކުންނެވެ. އޭނާ ނަގާ ރީތި ފޮޓޯތަކުގެ ވާހަކަ ވަރަށް ގިނަ ނޫސްތަކުގައި ވެސް އެކި ގޮތްގޮތަށް ގެނެސްދީފައި އެބަހުއްޓެވެ. "ދޯ" އިން ވެސް ގެނެސްދީފައި ވާނެ އެވެ. އެކަމަކު އަދި ނުދެކެވި އޮތީ އޭނާގެ ވާހަކަ އެވެ.

ގދ.ތިނަދޫއަށް އުފަން، މި 20 އަހަރު ޒުވާނާ، ފޮޓޯގްރާފަރަކަށް ވުމަށް ކުރި ދަތުރުގައި ދިމާވި ގޮންޖެހުންތަކާއި، ލިބުނު ކާމިޔާބީގެ ވާހަކަތަކެވެ.

ނައުޝަމްގެ އަތަށް، އަލަށް ކެމެރާއެއް އެރީ އުމުރުން އެންމެ 17 އަހަރުގަ އެވެ. އެއީ އޭނާގެ ބައްޕަ ހަދިޔާއަކަށް ދިން ނިކޯން d610 ޑީއެސްއެލްއާރެކެވެ. ފޮޓޯ ނެގުމަށް ނައުޝަމް ހުންނަ ފޯރި ބައްޕައަށް ފާހަގަވެގެން ދިން ހަދިޔާއެކެވެ. އޭގެ ކުރިން އޭނާ ފޮޓޯ ނަގައި އުޅުނީ ފޯނުންނެވެ.

ގައުމީ ދުވަހަށް ޚާއްސަކޮށް 2019 ވަނަ އަހަރު ނެގި ފޮޓޯ.-- ފޮޓޯ: ނައުޝަމް ވަހީދު

ކުއްލިއަކަށް ކެމެރާއެއް ލިބުމުން ބުނެދޭން ނޭނގޭހާ އުފާ، އޭނާގެ ހިތު ތެރޭގައި އެ ދުވަހު އޮތް ނަމަވެސް، ފުރަތަމަ ދުވަސްކޮޅު އުޅެން ޖެހުނު ގޮތުން ވަރަށް މާޔޫސްވި އެވެ. ކެމެރާއަށް ލެންސު ލައްވަން ނޭނގިގެން ވެސް އުޅެންޖެހުނެވެ. އަދި އޮޓޯ މޯޑުގައި ނޫނީ، ރީތި ފޮޓޯގަނޑެއް ވެސް އޭރު ނުނަގަ އެވެ. މެނުއަލްގައި ފޮޓޯ ނަގަން ފެށީ އަހަރެއް ވެސް ވީ ފަހުންނެވެ. އަލަށް ފަށާއިރު، މި ކަހަލަ ކިތަންމެ ކަމެއް އަދި ކުރިމަތިވާނެއޭ ހިތަށް އަރުވައި ހިތްވަރު އެލުވާނުލައި ދެން ފެށީ ކެމެރާ ދަސްކުރާށެވެ.

ފޮޓޯގްރަފީގެ އެޑްވާންސް ލެވަލް ކޯހެއް ފުރިހަމަކުރި ނަމަވެސް، ގިނަ އެއްޗެހި އޭނާ ދަސްކުރީ އަމިއްލަ އަށެވެ. ޔޫޓިއުބުން ތަފާތު ވީޑިއޯތައް ބަލައިގެންނެވެ.

ފެށީ ހިތްދަތި މަންޒަރަކުން

ޚާއްސަ ދުވަހަކާ ދިމާކޮށް ނައުޝަމް އެންމެ ފުރަތަމަ ފޮޓޯއެއް ނެގީ، މާޗު 2019 ގައި ނިއުޒިލެންޑުގެ ސިޓީއެއް ކަމަށްވާ ކްރައިސްޗާޗުގައި ހުންނަ މިސްކިތެއްގައި ބަޔަކު ނަމާދުކުރަން ތިއްބާ، ޓެރަރިސްޓަކު ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާއާ ގުޅުވައިގެންނެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

ނިއުޒިލެންޑުގެ ކްރައިސްޗާޗުގައި ހުންނަ މިސްކިތެއްގައި ދިން ބަޑީގެ ހަމަލާއާ ގުޅުވައިގެން ނެގި ފޮޓޯ.

"އެ ފޮޓޯ ވަރަށް ވައިރަލްވި. ފާޑުކިޔުންތައް ވެސް ވަރަށް ލިބުނު. އެކަމަކު އެ ފޮޓޯ ވައިރަލްވީ އެކަމަށް [ޚާއްސަ ދުވަސްތަކަށް ފޮޓޯ ނެގުމަށް] ބޮޑަށް ހިތްޖެހުނީ،" އިންސްޓަގްރާމުގައި 20،000 ވުރެ ގިނަ ފޮލޯވާސް ތިބި ނައުޝަމް ބުންޏެވެ.

"ކޮންމެ މުނާސަބަތަކަށް ޚާއްސަކޮށް ފޮޓޯ ނަގާތީ، މިހާރު ވަރަށް ގިނަ މީހުން އެކްސްޕެކްޓުކުރޭ އެ ކަހަލަ ކޮންމެ ދުވަހަކަށް ވެސް ފޮޓޯއެއް އަންނާނެ ކަމަށް،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

މީގެ އިތުރުން ދެން އޭނާ އެންމެ ގިނައިން ނަގަނީ ޕޯޓްރެއިޓް ފޮޓޯތަކެވެ. އަދި ވެޑިންނާއި އިވެންޓް ފޮޓޯގްރެފީގެ މަސައްކަތް ވެސް ކުރެ އެވެ.

ނައުޝަމަށް އެންމެ ޚާއްސަ މަސައްކަތްތައް

މިދިޔަ އަހަރު ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ނެގި ފޮޓޯއަކީ އޭނާ އެންމެ ގިނަ ވަގުތު ދީގެން ކުރި މަސައްކަތެވެ. ޓަޗިންގެ ކަންކަން ފިޔަވާ، އެ ފޮޓޯގެ ހުރިހާ ކަމަށް 6 - 7 ގަޑިއިރު ހޭދަވި އެވެ. އެހެންވެ، އެއީ އޭނާ އަށް މިއީ ވަރަށް ޚާއްސަ މަސައްކަތެކެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ޚާއްސަކޮށް ނައުޝަމް ނެގި ފޮޓޯ.

"މުސްކުޅި ދެމީހުން ކައިރީގައި ބައިންދައިގެން، އަސްލު މިނިވަންވީ ދުވަހުގެ އުފާ މީހުނަށް ދައްކައިދޭން ކުރި މަސައްކަތެއް އެއީ،" އެ ތަސްވީރުން ފެންނަ ކަންކަން އޭނާ ކިޔައިދިނެވެ.

ނަސްރުގެ ދުވަހާ ދިމާކޮށް، މިދިޔަ އަހަރާ އަދި 2019 ގައި ނެގި ފޮޓޯ ވެސް އެއީ އޭނާއަށް ހަނދާނީ މަސައްކަތެކެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހަށް ޚާއްސަކޮށް ނައުޝަމް ނެގި ފޮޓޯ.

"މިދިޔަ އަހަރު ލީ ފޮޓޯގައި ފެންނާނީ ސިފައިންގެ ޔުނީފޯމު ލައިގެން ހުރި ކުޑަ ފިރިހެން ކުއްޖަކު މޫނު ބަލާ ލޯގަނޑަށް ބަލަހައްޓައިގެން ހުންނަ އިރު، އޭނާ ރިފްލެކްޝަނެއްގެ ގޮތުގައި ލޯގަނޑުން ފެންނާނީ ޝަހީދު ހުސެއިން އާދަމް،" ނައުޝަމް ބުންޏެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

2019 ވަނަ އަހަރުގެ ނަސްރުގެ ދުވަހަށް ޚާއްސަކޮށް ނައުޝަމް ނެގި ފޮޓޯ.

ފާހަގަކޮށްލެވޭ އިތުރު ބައެއް ފޮޓޯތައް

ކެމިކަލް ގުދަނެއް ގޮވައި 2019 ގައި މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

މާމާއާ އެކު އުފާވެރި ހަނދާނެއް

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

ތިނަދޫން މީހުން ބޭލުން

ފޮޓޯ: ނައުޝަމް ވަހީދު

ސުނާމީއަށް 16 އަހަރު

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

ދޮން މަރިޔަމާއި ބެއްޔާގެ ލޯބި

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

ކޮންމެ ފޮޓޯއަކަށް ވަރަށް ވަގުތު

"ކުރިން ފޯނުން ފޮޓޯ ނަގާ އުޅުނު އިރު ވެސް ބަލަނީ އާންމުކޮށް ނަގާ ގޮތަށް ވުރެ ތަފާތު އޭންގަލްއަކުން ފޮޓޯއެއް ނެގޭތޯ،" ފޮޓޯއެއް ނަގާއިރު އަދިވެސް އެގޮތަށް ވިސްނާ ކަމަށް ބުންޏެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

ދުވަސްތަކާ ގުޅުވައިގެން ނައުޝަމް ނަގާ ގިނަ ފޮޓޯތަކަކީ، ގިނަ ފަހަރަށް މަހެއްހާ ދުވަސް ކުރިން ރޭވިގެން ކޮށްފައި ހުރި މަސައްކަތްތަކެވެ. ފޮޓޯޝޫޓަށް ބޭނުންވާ އެއްޗެއްސާއި ލޮކޭޝަނާއި އަދި މީހުން ހޯދަނީ އެ ވަގުތުގެ ތެރޭގަ އެވެ. މި ކަމުގައި އެންމެ ބޮޑު އެހީއެއް އޭނާއަށް ވަނީ މަންމަ އާއި ބައްޕަ އަދި އާއިލާ އާއި ރައްޓެހިންނެވެ.

"ފުރަތަމަ މަންޒަރު ކުރަހާލަނީ ބޮލު ތެރޭގައި. މިހެނޭ އިންނަން ބޭނުންވަނީ. ދެން ވީހާ ވެސް ބޮޑަށް އެ ވިސްނި ގޮތަށް ފޮޓޯ ނެގޭތޯ އުޅެނީ،" ފޮޓޯ ޖާނަލިސްޓަކަށް ވުމުގެ އުއްމީދުގައި ހުރި ނައުޝަމް ބުންޏެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed)

"އަސްލު ބޭނުންވަނީ ކެޕްޝަނެއް ނުޖަހައި، އެ ނަގާ ފޮޓޯއަކުން ބައިވަރު ވާހަކަތައް ބުނެދޭން،" ފޮޓޯއަކަށް ބަލާލީމަ އެ ބަލާ މީހަކަށް އެ ބުނަނީ ކީކޭކަން އެނގޭވަރު ކުރަން ކަމަށެވެ.

ފޮޓޯގްރަފީ

Popular