16 Jun 2021

By: Ahmed Jaishan

އަމީނާ މުހައްމަދު (އަމީ) އާއި ނަޝާތު އަހުމަދު (ނައްތު) އެކީގައި ތަފާތު ކްރިއޭޓިވް ޕްރޮޖެޓުތަކުގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މީޑިއާ އާއި ޕްރިންޓާއި އެކި ފީލްޑުތަކަކަށް ދެ މީހުން ވެސް ފަރިތަވެފައިވާއިރު އެ ހުނަރުތައް ބޭނުންކޮށްގެން ހާއްސަ އުފެއްދުމެއް އާންމުންނަށް ނެރެދިނުމަކީ ދެމީހުންގެ ވެސް ވަރަށް ބޮޑު ހުވަފެނެކެވެ. އެ މީހުންގެ "ކުލަ ނެތް ކޮކާ" އާ އެކު އެ ހުވަފެނުގައި އޮތީ ކުލަ ޖެހިފަ އެވެ.

އަމީ އާއި ނައްތުއާ ގުޅިގެން އުފެއްދި ކުލަ ނެތް ކޮކާ އަކީ ރީތި އިލަސްޓްރޭޝަންތަކާ އެކު ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރެފައިވާ ހާއްސަ ފެތެކެވެ. އެ ފޮތް ވުޖޫދަށް އައުމުގެ ފަހަތުގައި އެންމެ އިސް ރޯލެއް ކުޅުނީ "ލޫޕް އޯ" އެވެ.

ލޫޕް އޯ އަކީ؟

އަމީ: ލޫޕް އޯ އަކީ އަޅުގަނޑު ނައްތުގެ ޑްރީމް ޕްރޮޖެކްޓް. މި ޕްރޮޖެކްޓުގެ ބޭނުމަކީ ޕްރިންޓް އަދި ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ތަފާތު ރަނގަޅު ކޮންޓެންޓް އާންމުންނަށް ގެނެސްދިނުން.

View this post on Instagram

A post shared by Nahthu (@thisisnahthu)

ނައްތުގެ އާޓްވޯކް އެއް

ކުލަ ނެތް ކޮކާ އަކީ އެހެންވީމާ މި ޕްރޮޖެކްޓްގެ އުފެއްދުމެއް؟

އަމީ: ކުލަ ނެތް ކޮކާ އަކީ ލޫޕް އޯ ގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ފުރަތަމަ އަޅުގަނޑުމެން އާންމުންނަށް ދޫކޮށްލާފައިވާ އުފެއްދުން.

View this post on Instagram

A post shared by loopO (@loop0.mv)

ކޮބާ ކުލަ ނެތް ކޮކާ އަކީ؟ އަދި މި އުފެދުނީ ކިހިނެއް؟

އަމީ: ކުލަ ނެތް ކޮކާ އަކީ، ކުޑަކުދިންނަށް އަމާޒުކޮށްގެން ނެރެފައިވާ ކުރު ވާހަކައެއް. އެ ވާހަކައިގައި ފެނިގެންދާނީ އެއްވެސް ކުލަ އެއް ނެތް ކޮކާއެއް އޭގެ ސަބަބުން އިންސެކިޔޯ ވާ ވާހަކަ އަދި އެކަމާ ޑީލްކުރާ ގޮތް. އަޅުގަނޑުގެ ދަރިފުޅު ވަރަށް ކުޑައިރުން ފެށިގެން އޭނާއަށް ދިވެހި ވާހަކަ ހޯދައިދިނުމަށް ވަރަށް އުނދަގު. ގިނަ ފަހަރަށް ނުވެސް ލިބޭ އެފަދަ ވާހަކަތައް. އެހެންވެ އަބަދު ވެސް ކުޑަކުދިންނަށް އަމާޒުކޮށްގެން ވާހަކަ ނެރޭ ހިތްވި. އެކަމަށް ވިސްނައިގެން ތަފާތު ވާހަކަތައް ލިޔަން ފެށީ. އޭގެތެރެއިން އުފެދިގެން އައި ވާހަކައެއް ކުލަ ނެތް ކޮކާ އަކީ. އެއީ 2018 ގައި.

އެ ވާހަކަ ކޮމްޕިއުޓަރުގައި ސޭވްކޮށްފައި އިނީ ހަމަ 2019 ވަންދެއް. ދެން ނައްތުގެ އިލުސްޓްރޭޝަންގެ މަސައްކަތް ފެށިގެން އުޅެނީ. އެ އަހަރުގެ ތެރޭގައި ވާހަކައިގެ ރަފް އިލުސްޓްރޭޝަން ވަނީ ނިމިގެން ގޮސްފައި. ދެން މަސައްކަތުގެ ސަބަބުން ވަރަށް ބިޒީވީ އަދި މަސައްކަތައް ވަގުތު ނުދެވި އެ ޕްރޮޖެކްޓް މަޑުޖެހިގެން ދިޔައީ.

ދެން ކަންތައް ކުރީ ކިހިނެއް؟

އަމީ: މަސައްކަތް އެހާ ހިސާބަށް ދިޔަ އިރަށް ރަށްޓެއްސެއް މެދުވެރިކޮށް އެނގުނީ ޔާމީން ހަސަން ނަމަކަށް ކިޔާ ޒުވާން އިލުސްޓްރޭޓަރެއްގެ ވާހަކަ. އެހާ ހިސާބުން އޭނާގެ މަސައްކަތްތައް ފެނި އެއަށް ލޯބި ޖެހިއްޖެ. ކުލަ ނެތް ކޮކާގެ އިލުސްޓްރޭޝަންތައް އިތުރަށް ފުރިހަމަކޮށް ރީތި ކޮށްދިނީ ޔާމީން.

View this post on Instagram

A post shared by loopO (@loop0.mv)

ލޫޕް އޯ ގެ ކުރިން ކުރަމުން އައީ ކޮން ކަމެއް؟

އަމީ: އަޅުގަނޑު އެންޓަޓެއިންމެންޓް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން މި އަންނަނީ 2002 އިން ފެށިގެން. ޕްރިންޓް އާއި ޑިޖިޓަލް މީޑިއާގައި މަސައްކަތް ކުރަމުން މި އަންނަނީ އެއަށްފަހުން. އެގޮތުން އެކި މީޑިއާތަކުގައި ވެސް ވާނީ މަސައްކަތް ކޮށްފައި. އަޅުގަނޑާ ނައްތު ދިމާވީ މެލޭޝިޔާގައި ކިޔަވަމުން ދަނިކޮށް 2000 ވަނަ އަހަރުގައި. އޭނާ އަކީ އާކިޓެކްޓެއް. އެކަމު ނައްތު އަކީ އާޓިސްޓިކް ތަފާތު އެކި ހުނަރުތައް ހުރި މީހެއް.

ކޮބާ ދެމީހުންގެ ޕްރޮޖެކްޓަށް އޮތް އެންމެ ބޮޑު ހުރަހަކީ؟

އަމީ: އަޅުގަނޑުމެން ދެމީހުންނަކީ ވެސް އެހެން ވަޒީފާތަކުގައި މަސައްކަތް ކުރާ ދެމީހުންނަށް ވީމަ އަސްލު ވަގުތު ހޯދުމުގައި އެންމެ ބޮޑަށް ދަތިތަކާ ކުރިމަތިވަނީ. އަދި ދެމީހުންނަށް އެކުގައި މަސައްކަތް ކުރާނެ ހާއްސަ ވޯކް ސްޕޭސް ލިބުމުގައިވެސް ކޮންމެވެސް ވަރަކަށް ދަތިކަން އުޅޭ.

ދެން ކުރިއަށް އޮތް ތަނުގައި ރޭވިފައިވަނީ ކޮން ކަންތަކެއް؟

އަމީ: ކުރިއަށް އޮތް ތަނަށް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ރޭވިފައިވަނީ. އަދި އެ ޕްރޮޖެކްޓްތައް ހަގީގަތަކަށް ވާނެކަމުގެ އުއްމީދުގައި މި ތިބީ. މިވަގުތު އަޅުގަނޑުމެންގެ މައިގަނޑު ފޯކަސް އަކީ ކުޑަކުދިންނަށް ގުޅޭނެ ކްރިއޭޓިވް ކޮންޓެންޓް ގެނެސްދިނުން.

ކުޑަކުދިން

Popular