21 Oct 2021

By: Ahmed Jaishan

އައިމިނަތު ހިދާޔަތާއި އައިޝަތު ޝިރުނީންގެ އެކުވެރިކަން ވަރުގަދަ ވެގެން އައީ އެ ދެ މީހުން ފޮތް ކިޔުމަށް އޮންނަ ލޯތްބާއެކުގަ އެވެ. ފޮތް ކިޔުމަށް އޮތް ލޯތްބާ އެކު ދެ އެކުވެރިން ބޭނުންވީ ދިވެހިންގެ ތެރޭގައި ފޮތަށް ލޯބި ހުރި މީހުންނަަށް އިތުރު ދޮރުތަކެއް ހުޅުވައިދޭށެވެ. އެއާ އެކު ދެ މީހުން މަސައްކަތް ކޮށްގެން ހުޅުވީ "އާމިނަ ޕަބްލިޝިން"ގެ ނަމުގައި، ފޮތް ޝާއިއުކުރާ ކުންފުންޏެކެވެ.

އުމުރުން 30 އަހަރުގެ ހިދާ އާއި ޝިރު އެންމެ ފުރަތަމަ ދިމާވީ 2017 ވަނަ އަހަރު އެވެ. ހިދާ މެނޭޖުކުރަމުން ދިޔަ އިވެންޓެއްގެ ލީގަލް ބައިގައި އުޅުނީ ޝިރު އެވެ. އެ ދެ މީހުން ދިމާވެ އެކުވެރިންނަށް ވި ފަހުން ތަފާތު އެކި ކަހަލަ ޕްރޮޖެކްޓްތަކުގައި އެކީގައި މަސައްކަތްކުރި އެވެ.

"ދެމީހުންގެ ތެރެއިން ފޮތް ކިޔުމަށް ވަރަށް ލޯބި އޮތް އަބަދުވެސް،" ހިދާ ބުންޏެވެ.

View this post on Instagram

A post shared by Amina Publishing House (@aminapublishing)

އާމިނަ ޕަބްލިޝް ހައުސް އަކީ ދިވެހި ލިޔުންތެރިންނަށް އެމީހުންގެ އަމިއްލަ ފޮތްތައް ޕަބްލިޝް ކުރުމަށް އޮތް ފަސޭހަ މަގެކެވެ. ރާއްޖޭގެ އެހެން ޕަބްލިޝިން ކުންފުނިތަކާ ހިލާފަށް އާމިނަ ޕަބްލިޝިން އަކީ ސީދާ ލިޔުންތެރިންނަށް އަގުހެޔޮ އަދި ފަސޭހަވާނެ ގޮތްތަކެއް ހޯދައިދިނުމަށް ޝިރު އާއި ހިދާ ހުޅުވި ކުންފުންޏެކެވެ.

އަމިއްލަ ލިޔުންތެރިންގެ މެނިއުސްކްރިޕްޓް ލިބުމުން އެކި ކަހަލަ މަސައްކަތްތައް އެ ޕަބްލިޝިން ހައުސިން ދެ އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ބޭރުގެ ޕަބްލިޝިން ހައުސްތަކުން ކުރާ ގޮތަށް ހިދުމަތް ފޯރުކޮށްދޭން. މެނިއުސްކްރިޕްޓް ލިބުނީމާ އެޑިޓް ކުރުމާއި އެ ނޫން ވެސް މަސައްކަތް މިތަނުން ކުރާނެ،" ހިދާ ބުންޏެވެ.

View this post on Instagram

A post shared by Amina Publishing House (@aminapublishing)

ހިދާ އަކީ މާކެޓިންގެ މަސައްކަތުގައި ފަރިތަ ޒުވާނަކަށް ވުމުން ފޮތްތަކުގެ މާކެޓިންގެ މަސައްކަތް ކުރަނީ އޭނާ އެވެ. އަދި ޝިރު އަކީ ފޮތް ކިޔުމުގެ އިތުރުން ލިޔުމަށް ވެސް ލޯބިކުރާ ޒުވާނެކެވެ. އޭނާގެ ލިޔުންތެރިކަމަށް އޮތް ލޯތްބާ އެކު ތަފާތު އެކި ކަހަލަ ފޮތްތަކުގެ މަސައްކަތްތައް ކުރެ އެވެ.

އާމިނާ ޕަބްލިޝިން އުފެއްދީ ޝިރު މެން ފަދަ ފޮތް ލިޔުމަށް ހުރި މީހުންނަށް ފަސޭހަ އަދި ހެޔޮ އަގުގައި ފޮތެއް ނެރެވޭނެ މަގުތައް ފަހިކޮށްދިނުމަށެވެ. އެ ކުންފުނި ހަގީގަތަކަށްވެ އޭގައި ކުލަ ޖެހެން ފެށީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެންނެވެ.

"އަސްލު މި މަސައްކަތުގައި އެހާ ބޮޑެތި ދަތިތަކެއް ކުރިމައްޗެއް ނުވޭ. އެކަމަކު މަސައްކަތް ފަށާއިރު ކޮންމެވެސް ވަރެއްގެ ހަރަދެއް ދާނެ،" ހިދާ ކިޔައިދިނެވެ.

View this post on Instagram

A post shared by Amina Publishing House (@aminapublishing)

މި ދެ އެކުވެރިންނަކީ ވެސް މަސައްކަތް ކުރަމުން އަމިއްލަ ވަޒީފާ އަދާކުރަމުން އަންނަ ދެމީހުންނެވެ. ހިދާ މަސައްކަތްކުރަނީ ޑިވެލޮޕްމެންޓް ސެކްޓާގަ އެވެ. އަދި ޝިރު އަކީ ގާނޫނީ ވަކީލެކެވެ. ދެމީހުންގެ މަސައްކަތަށް ފަހު ލިބޭ ހުރިހާ ހުސް ވަގުތެއް މިހާރު ހޭދަކުރަނީ ކުންފުނީގެ ކަންތައްތައް ކުރުމުގަ އެވެ.

މި ކުންފުނީގެ ދަށުން މިހާރު ވަނީ ތިން ފޮތެއް ނެރެ، އިތުރު ފޮތްތަކެއް މި އަހަރުގެ ތެރޭގައި ނެރުމަށް ތައްޔާރުވެފަ އެވެ. ކުންފުނީގެ ދަށުން ނެރުނު އެއް ފޮތަކީ ޝިރުގެ ފޮތެވެ. "ދަ ވަން ވިތު ބްލޫ ޕޭޖެސް"ގެ ނަމުގައި ޝިރު ނެރުނު ފޮތަކީ ޑިޕްރެޝަން އާއި އެންޒައިޓީ ހުންނަ މީހެއް ކުރާ ދަތުރުގެ ވާހަކަ ސިފަކޮށްދޭ ފޮތެކެވެ.

އެފޮތުގެ އިތުރުން ނެރެފައިވަނީ މައެއްގެ ދުލުން އެހެން މައިންނަށް އޭނާގެ ދަތުރުގެ ވާހަކަ ކިޔައިދޭ ފޮތެކެވެ. އެ ފޮތުގެ ވާހަކަ ވާނީ ދޯ ގައި ކުރިން ގެނެސްދީފަ އެވެ.

ގިނަ ފޮތްތައް ރިލީޒްކުރުމަށްޓަކައި މެނިއުސްކްރިޕްޓް ފޮނުވަން އާންމުނަށް ހުޅުވާލައިގެން އާމިނަ ޕަބްލިޝިން އިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ މެނިއުސްކްރިޕްޓް ވަނީ އެމީހުންނަށް ލިބިފަ އެވެ.

ވާހަކަތަކާއި ލިޔުންތައް ލިބުމުގައި އިނގިރޭސި ލިޔުންތައް ގިނައިން ލިބިފައިވާ ކަން ހިދާއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

View this post on Instagram

A post shared by Amina Publishing House (@aminapublishing)

"ދިވެހި ފޮތް ލިބޭ މިންވަރު މަދުކަން ފާހަގަކުރެވޭ. އެކަމަކު ހުރިހާ ވައްތަރެއްގެ ފޮތްތައް ވެސް ނެރުމަށް ވަރަށް ބާރު އަޅަން މިކޮޅުން،" ހިދާ ކިޔައިދިނެވެ.

މިހާރު ވެސް އެތަނަށް ވަނީ އެކި ޖާންރާގެ ލިޔުންތައް ލިބިފަ އެވެ. އެހެންވެ ކުންފުންޏަށް ކުރެވޭ އުއްމީދު ވެސް ބޮޑެވެ. އަދި އިތުރަށް ޕަބްލިޝިން ހައުސް އަށް އެކި ކަހަލަ ކުރިއެރުން ލިބި އިތުރަށް ތަރައްގީ ވުމަށް އަންނަނީ އުއްމީދުތައް ކުރަމުންނެވެ.

Popular