22 May 2020

ދޯ ރެސިޕީ: މުގު ބޯކިބާ

ކުރިން އަހަރެމެން މުގު ރިހައިގެ ވާހަކަ ދެއްކީމެވެ. އެކަމަކު މުގަކީ މި ނޫނަސް ކިތަންމެ ކާނާއެއްގައި މުހިންމު ބާވަތެކެވެ. މުގުން ބޯކިބާ ވެސް ހެދޭނެ އެވެ.

ބޭނުންވާ ތަކެތި

100 ގްރާމް މުގު، 8 ބިސް، 1 ސައިސަމުސާ ހަކުރު، 2 ސައިސަމުސާ ކޯން ފްލާ (ނުވަތަ އާދައިގެ ފުށް)، 1 ދަޅު ގެރިކިރު

ހަދާނެ ގޮތް

މަޑުވެ ޗަސްވަންދެން މުގުކޮޅު ފެނު ކައްކާށެވެ. ކެއްކި މުގުކޮޅު ވަކިން ނަގައި، މި މުގުގެ ތެރެއަށް ގެރިކިރާއި ހަކުރާއި ކޯންފްލާ ނުވަތަ އާދައިގެ ފުށް އަޅައި މިކްސަރުން ރަނގަޅަށް ގިރާލާށެވެ. ބޯކިބާ ފިހަން ބޭނުންވާ ޓްރޭ އަށް މި ފުށްގަނޑު އަޅައި މަޑު ގިނީގައި ބޯކިބާ ފިހާނީ އެވެ.

ރެސިޕީ

Popular