27 Sep 2023

ކައިވެނި ހަފްލާތައް ރާވަމުން ދާއިރު އެންމެ ކުދި ކުދި ކަންކަން ބައެއް ފަަހަރު ކައްސާލައިގެން ދެ އެވެ. ނުވަތަ ފަހު ވަގުތު މިކަމާ އުޅެންޖެހޭ ފަހަރު ވެސް އާދެ އެވެ. އެލެގަންޓް އެކްރެލިކް އިން ފެށިގެން ޑީއައިވައި ޕްރޮޖެކްޓް އަދި މާނަ ފުން ޅެންބައިތުތަކާ ހަމައަށް ކައިވެނި ހަފްލާތަކުގައި މެހެމާނުންނަށް މަރުހަބާ ކިޔަަން ބޭރުގައި ބަހައްޓާފައި ހުންނަ ބޯޑުތައް ހެދުމަށް ރަނގަޅު ހިޔާލުތަކެއް ލިސްޓުކޮށްލާނަމެވެ.

ކްލަސިކް އެލަގަންސް

ކްލަސިކް ސްޓައިލްގެ ވެލްކަމް ސައިންބޯޑުގައި ހުންނާނެ ކެރެކްޓާތަކުގެ ތެރޭގައި ރީތި ކެލިގްރަފީ، މާކޯޅިއެއް ޖަހާލާފައި ހުންނަ ގޮތް ބޮޑު ނޫން ބޯޑަރަކީ އެންމެ ފާހަގަވާނެ ދެ އެއްޗެވެ. އާންމުގޮތެއްގައި މި ސްޓައިލްގެ ސައިންބޯޑު ހުންނަނީ އެކި ޝޭޑުގެ ހުދު ނުވަތަ ބިސްތޮށި ކުލަޔަކަށެވެ. މި ސައިން ބޯޑުތަކަކީ ޓްރެޑިޝަނަލް އަދި ވިންޓޭޖުން ވެޑިން ތީމްތަކާ ގުޅޭނެ ސްޓައިލެކެވެ.

ރަސްޓިކް

ބަގީޗާއެއްގައި ނުވަަތަ "އައުޓް ޑޯ" ގައި ބާއްވާ ޕާޓީއެއް ނަމަ ރަސްޓިކް ސްޓައިލްގެ ފްރޭމަކުން ހަދާލާފައި ހުރި ލޯގަނޑެއް ރީތިވާނެ އެވެ. ކައިވެނި ހަފްލާގެ ދެ ބައިވެރިންގެ ނަމާއި އެދުވަހުގެ ތާރީހު ރީތި ރަސްޓިކް ފޮންޓަކުން ޖަހާލައިގެން "ޑައުން ޓު އާތު" އެންމްބިއަންސްއެއް ގެނެސްދޭނެ އެވެ. މި ބޯޑުގައި ހުރިހާ މެހެމާނުންނަށް "މިރާ ސެލްފީ" އެއް ނަގާނެ ފުރުސަތު ވެސް އޮންނާނެ އެވެ.

ވިންޓޭޖް ވައިބް

ވިންޓޭޖް ފްރޭމް، އޯނެޓް، ވިންޓޭޖް ޓައިޕޯގްރަފީ އެއްކޮޮށްލައިގެން ރީތި ވެލްކަމް ސައިންއެއް ހަދާށެވެ. އާސާރީ ނުވަތަ ވިންޓޭޖް ތީމްތަކުގެ ޕާޓީއެއްގެ މެހެމާނުން އެހެން އީރާއަކަށް ޓްރާންސްޕޯޓުކޮށްލަން މިގޮތް ރީތިވާނެ އެވެ.

ބޯހޯ ޝީކް

ބޮހީމިއަން އެސްޓިކެއް ގެނެސްދޭން ބޭނުން ނަމަ މެކްރެމޭ ނުވަތަ ވިޔެފައި ހުންނަ ވޫލް ނުވަތަ ފޮތިން "ވޯލް ހޭންގާ" އެއް ގޮތަށް ސައިން ތައްޔާރުކޮށްލާށެވެ. އަތުން ކުރަހާލައިފައި ހުންނަ މާކޮޅުތަކާއި ފިހިން ލިއެފައި އިންނަ މަރުހަބާގެ ބަސްކޮޅުތަކުން މި ލޫކް އިތުރަށް ފުރިހަމަކޮށްލައިދެ އެވެ. މިއީ ބީޗް އަދި ބަގީޗާ ވެޑިންގް ޕާޓީތަކާ ގުޅޭނެ އެސްތެޓިކްއެކެވެ.

ވިމްސިކަލް ވޮޮންޑާލޭންޑް

ފެއާރީ ޓޭލް ނުވަތަ އެލިސް އިން ވޮންޑާލޭންޑުން ހިޔާލުތައް މި ސައިންބޯޑަށް ގެނެސްލާށެވެ. ކުދިކުދި ފިލާކޮޅު ނުވަތަ އެކި ކަހަލަ ލަކުޑިތައް އެކޮށްލައިގެން މި ބޯޑު ތައްޔާރު ކޮށްލެވިދާނެ އެވެ. ވޮންޑާލޭންޑްގެ ގޮތްގަނޑު ގެނެސްދިނުމަށް ކުރީގެ މާޖެހި ސްޓައިލްގެ ކުދި ޖޯޑު، ރީތި ގޮތްގޮތަށް ހުންނަ ތަޅުދަނޑި އަދި އެކި ކަހަލަ ފެއާރީ ޓޭލް އެލެމަންޓުތައް ޕްރިންޓުކޮށްލައިގެން ބޭނުންކުރެވިދާނެ އެވެ.

ބީޗީ ބިއުޓީ

ގޮނޑުދޮށުގައި އޮންނަ ބީޗް ތީމް ޕާޓީއަކަށް އެކި ކަހަލަ ރީތި ބޮލި އަދި މޫދުގެ ކުލަތައް ދައްކުވައިދޭ ކުލަތަކުން މި ބޯޑު ތައްޔާރު ކޮށްލެވިދާނެ އެވެ. މި ނޫނަސް ބީޗުގެ އިހުސާސް ގެނެސްދޭ ކަހަލަ މާކޮޅުތަކާއި ގޮޮނޑުދޮށަށް ލައްގާފައި ހުންނަ ލަކުޑި ކޮޅުތައް ވެސް ބޭނުން ކޮށްލެވޭނެ އެވެ.

ފެއާރީ ލައިޓް

ރޮމެންޓިކް އަދި މެޖިކަލް ތީމަކަށް ކުދިކުދި ފެއާރީ ލައިޓްތައް ބޯޑުގެ ވަށައިގެން ހަރުކޮށްލާށެވެ. ލައިޓުތަކުގެ ތެރޭގައި ކުދި މާކޯޅި ހަރުކޮށްލުމުން މި ސްޓައިލް އިތުރަށް ފުރިހަމަ ކޮށްލައިދޭނެ އެވެ. އިތުރަށް ދިއްލާލަން ބޭނުންވާ ނަމަ ޕްލާސްޓިކް އުއްބަތި ބޮކިތައް ކައިރީގައި އަތުރާާލާށެވެ.

ޗީކް މާކީ

މާކީ ސްޓައިލް ވެލްކަމް ސައިން ބޯޑަކީ މިހާރު ވަރަށް ގިނަ ޕާޓީތަކުގައި ފެންނަ ވައްތަރެކެވެ. މި ކަހަލަ ސައިން ބޯޑުތައް އޯޑަރު ދީގެން ހަދާލެވޭ އިރު، ޑީއައިވައި ގޮތްތައް ޔޫޓިއުބްގައި ބަލައިލެވެން އެބަ ހުއްޓެވެ. ގްލެމާ އަދި ހޮލީވުޑް އިންސްޕިރޭޝަނަކަށް ނަގައިގެން މީގެ ސައިން ބޯޑެއް ހަރުކޮށްލާށެވެ.

ކައިވެނި ހަފްލާ

Popular