9 Apr 2024

By: Aishath Jazlee

އީދު ދުވަހު ރީތި ހެދުމެއް ލާއިރު، ހެދުމާ ގުޅުވައި ރީތި ތަފާތު ހިޖާބް ސްޓައިލެއް ވެސް މުހިންމު ވާނެ އެވެ. މިއީ އައުޓްފިޓް އިތުރަށް ފުރިހަމަކޮށްލައި އަމިއްލަ ސްޓައިލް އެކްސްޕްރެސްކުރަން ލިބޭނެ ފުރުސަތަކަށް ވާނެ އެވެ.

އީދަށް ހާއްސަކޮށް، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މުސްލިމް ކްރިއޭޓަރުން އަންނަނީ ހިޖާބް ސްޓައިލް ކުރާނެ އެކި ޓިއުޓޯރިއަލްތައް ޝެއާ ކުރަމުންނެވެ. މި އާޓިކަލްގައި މި ހިމަނާލަނީ ޓިކްޓޮކްގެ ތަފާތު ތިން ކްރިއޭޓަރެއް ކިޔައިދޭ ހިޖާބް ޓިއުޓޯރިއަލް އެވެ.

މި ތިން ހިޖާބް ސްޓައިލަކީ ވެސް ފަސޭހަ ތިން ސްޓައިލެކެވެ.

ސްޓައިލް 1

ޓިއުޓޯރިއަލް.

ޓިކްޓޮކް ކްރިއޭޓަރު އަޒްލިފާ މި ކިޔައިދެނީ މޮޑެސްޓުކޮށް ހިޖާބް ސްޓައިލްކޮށްލެވޭނެ ސަޅި ގޮތެކެވެ. މި ސްޓައިލަކީ އަބަޔާ އާއި މޮޑަން ކަފްތާންއާ ގުޅޭނެ ސްޓައިލެކެވެ.

ސްޓައިލް 2

ޓިއުޓޯރިއަލް.

ޓިކްޓޮކް ކްރިއޭޓަރު ކައުސަރު މި ކިޔައިދެނީ އާއްމުކޮށް ރާއްޖެއިން ނުފެންނަ، އީދު ފަދަ މުނާސަބަތަކާ ގުޅޭ ސްޓައިލެކެވެ. އަދި މި ސްޓައިލަކީ އެ މީހަކަށް ރީތި ގޮތަކަށް ޕާސަނަލައިޒްކޮށްލެވޭނެ ސްޓައިލެކެވެ. މި ސްޓައިލް އެންމެ ރީތި ވާނީ އީދު ދުވަހު ހަވީރު ބޭރަށް ދާއިރު އެވެ.

ސްޓައިލް 3

@minahamideh Replying to @Tamara Marie effortlessly draped hijab tutorial is so stunning and so elegant #hijabtutorial #hijabi #hijabstyle #hijab #muslim #muslimtiktok ♬ original sound - minahamideh
ޓިއުޓޯރިއަލް.

ޓިކްޓޮކް ކްރިއޭޓަރު މިނާ މި ކިޔައި ދެނީ "އެފަޓްލެސް ޑްރޭޕް ސްޓައިލް" އަކަށް ހިޖާބް ސްޓައިލްކޮށްލާނެ ގޮތެކެެވެ. މި ސްޓައިލްގައި ކަރު ފޮރުވަން ބޭނުން ނަމަ އަންޑަ ކެޕެއް ބޭނުން ކުރެވޭނެ އެވެ. މިއީ ވެސް ވަރަށް ފަސޭހައިން ސްޓައިލްކޮށްލެވޭނެ ހިޖާބް ސްޓައިލެކެވެ.

އީދު ފިތުރު އީދު

Popular