15 Apr 2024

By: Aishath Jazlee

މީގެ އަހަރުތަކެއް ކުރިން އަހަރުމެންގެ ދަބަހުގައި އަބަދުވެސް ބާއްވަމުން ދިޔަ ގްލޮސް, ލިކުއިޑް ލިޕްސްޓިކަކަށް ބަދަލުކޮށްލިތާ އަހަރުތަކަކަށް ފަހު އަނެއްކާ ވެސް މި ލިޕް ގްލޮސްއަށް އަނބުރާ ދާންޖެހިއްޖެ އެވެ. މިހާރު އެންމެ ޓްރެންޑިން ސްޓައިލަކީ ގްލޮސީ ލިޕްސް އެވެ.

މިހާރުގެ ޓްރެންޑް ސެޓާ ހޭލީ ބީބާ މި ދިޔަ އަހަރުން ފެށިގެން ގްލޮސީ ލިޕްސްތަކެއް ޑެބިއު ކުރުމަށް ފަހު, އޭނާގެ ސްކިން ކެއާ ލައިން "ރޯދް"ގައި ރީތި ޕެކެޖިންއެއްގައި ލިޕް ބާމް ނެރުން ވެގެން ދިޔައީ ގްލޮސީ ލިޕްސް ޓްރެންޑުވާން ފެށި އެއް ސަބަބަށެވެ. ކުރިއާ ހިލާފަށް ކްލިއާ ގްލޮސްއަކަށްވުރެ, މިހާރު އެންމެ ހިނގަނީ ޓިންޓެޑް ގްލޮސް އެވެ.

މި ފަހުން ފެންނަ ރެޑް ކާޕެޓް ލުކްތަކާއި އިންފުލުއެންސާޒްގެ "އެވްރިޑޭ ލުކްސް"ތަކުގައި ވެސް މިހާރު ޖާގަ ހޯދަމުން ދަނީ ގްލޮސީ ލިޕްސް އެވެ.

ރޯދް ބްރޭންޑުގެ އިތުރުން މަޝްހޫރު ސްކިންކެއާ ވިއްކާ އެކި ބްރޭންޑުތަކާއި މޭކަޕް ބްރޭންޑުތަކުން ވެސް އެކި އަގުތަކުގައި ޓިންޓެޑް ލިޕްގްލޮސް ލައިންތައް ވަނީ ނެރެފަ އެވެ. ޓިންޓެޑް ލިޕް ގޮލޮސްތަކުން އެންމެ މަގުބޫލު ކުލަތަކުގެ ތެރޭގައި ހިމެނެނީ ނޫޑް ބްރައުންއާ, މަޑު ރަތްކުލައެއް ހުންނަ ކުލަތަކެވެ.

މިހާރު ޓްރެންޑުވާ ގްލޮސީ ލިޕްސް ލުކަށް ޓިންޓެޑް ގްލޮސްއާ ގުޅޭ ލިޕްލައިނާއެއް ބޭނުންވާނެ އެވެ. ލިޕް ލައިނާ އަކާއި ޓިންޓެޑް ލިޕްގޮލޮސްއެއް ނެތް ނަމަ, މެޓް ލިޕްސްޓިކެއް އިނގިލިން މަޑުމަޑުން ބްލެންޑުކޮށްލުމަށް ފަހު ރަނގަޅު ލިޕްބާމެއ ލިޕްސްޓިކުގެ މަތިން ބޭނުން ކޮށްލައިގެން މިހާރުގެ ޓްރެންޑިން ގްލޮސީ ލިޕްސް ލުކް ފުރިހަމަކޮށްލެވޭނެ އެވެ.

މޭކަޕްކުރުން

Popular