18 Aug 2024

ޓިއުޓޯރިއަލް: ސަބްރީނާ ކާޕެންޓާގެ މޭކަޕް

By: Aishath Jazlee

"ޕްލީޒް, ޕްލީޒް, ޕްލީޒް" އާއި "އެސްޕްރެސޯ" އަކީ މި ދުވަސްވަރު ހުއްޓާނުލައި ޖެހޭ ލަވަތަކެއް ދޯ އެވެ؟ މި ކެޗީ ލަވަތައް ގެނެސްދިން ޕޮޕް ސްޓާރު ސަބްރީނާ އަކީ މި ދުވަސްވަރު ވަރަށް ގިނައިން މީޑިއާއިން ވެސް ފެންނަ މޫނެކެވެ. ޓެއިލާ ސުވިފްޓުގެ އީރާސް ޓުއާގައި އުޅުމަށް ފަހު އަމިއްލަ "ޝޯޓް އެންޑް ސުވީޓް" ޓުއާއަށް މިހާރު ތައްޔަރުވަމުން އަންނަ ސަބްރީނާ އަކީ ފެޝަން އައިކޮން އަކަށް ވެސް ވަނީ ވެފަ އެވެ.

އެއީ ކޮންސެޓްތަކާއި ރެޑްކާޕެޓުތަކާއި މިއުޒިކް ވީޑިއޯތަކުގައި އޭނާ ބޭނުންކުރާ ހެދުން އެޅުމުގެ ސަފާތު ސްޓައިލާއި މޭކަޕާއި ހެއާ ސްޓައިލުންނެވެ. ސަބްރީނާގެ ކުރު އިސްކޮޅުގެ ސަބަބުން ޑޯލްއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާއިރު އެހެން ބޮޑަށް ސިފަވަނީ އޭނާ ކުރާ މޭކަޕްގެ ސަބަބުންނެވެ. ނެޗުރަލް ރައުންޑް ފޭސް ފީޗާތައް ހައިލައިޓުކޮށް ސަބްރީނާ ކުރާ މި މޭކަޕަކީ ޑޫވީ, ގްލޯވީ, މިނިމަލިސްޓިކް މޭކަޕެކެވެ.

މިއީ އަހަރެމެން ކަހަލަ ބްރައުން ސްކިންއާ ވެސް ގުޅޭނެ މޭކަޕެކެވެ. މި މޭކަޕް ޓިކްޓޮކްގައި އެކި ކްރިއޭޓަރުން ވެސް ވަނީ ރީކްރިއޭޓުކޮށްފަ އެވެ.

މި އާޓިކަލްގައި ބައެއް ކްރިއޭޓަރުންގެ ވީޑިއޯ އާއި މި މޭކަޕް ކުރާނެ ގޮތް ކިޔައިދޭނަމެވެ.

ސަބްރީނާގެ މި އައިކޯނިކް މޭކަޕް ލުކަށް ބޭނުންވާނީ ޑޫވީ ނުވަތަ ގްލޯއީ ފިނިޝްއެއްގެ ފައުންޑޭޝަނެކެވެ. ދެން ކޮންސީލާއެއް ބޭނުންކޮށް ޑާކް ސާކަލްތައް ފޮރުވާލާށެވެ.

@_ayshabegum_ sabrina carpenter makeup on brown skin _ Products: @Armani beauty blush 62 and highlight _ #makeup #sabrinacarpenterblush #cheektint ♬ Please Please Please by Sabrina Carpenter - Muslim Sounds • Mastoora

މި މޭކަޕް ލުކްއަށް ބުމަ ފިލްކޮށްލަން ވާނެ އެވެ. ސަބްރީނާ އަކީ އޭނާގެ މޭކަޕްގައި އޭނާގެ ބުޝީ އައިބްރޯސް ވަރަށް ބޮޑަށް އެމްބްރޭސްކޮށް, ވަރަށް ފުލްކޮށް ހަދާ މީހެކެވެ.

ސްކިންގައި ނެޗުރަލް ކަމެއް ބެހެއްޓުމަށް މި މޭކަޕްގައި ބޭނުންކުރަނީ ހާޝް ކޮންޓުއަރިންއަކަށްވުރެ ބޮޑަށް ސޮފްޓް, ވޯމް ކޮންޓުއަރިން އެކެވެ. ކޮންޓުއާ ކޮށްފައި ހުންނަނީ ވެސް އޭނާގެ ރައުންޑް ފޭސް ފީޗާތައް ހައިލައިޓްވެފައި ހުންނަ ގޮތަށެވެ.

@makeupbymonicaa Trying @Sabrina Carpenter or “THE BARBIE EFFECT” makeup on brown skin 👀💖 inspo @zoekimkenealy . EVERYTHING can be made into being #browngirlfriendly you just need the right shades 😭🫶🏽 Products with shades used are linked in my LTK in my bio 💕💋 @Huda Beauty @tomfordbeauty @HausLabs @ONE SIZE BEAUTY @Juvia’s Place @makeupbymario @milkmakeup @Benefit Cosmetics @Tower 28 Beauty @Fenty Beauty @Milani #sabrinacarpentermakeup #barbiemakeup #thebarbieeffect #midtoneblushing #sabrinacarpentermakeuptutorial #browngirlmakeup #browngirlfriendly #makeupforbrownskin #makeuponbrownskin #melaninmakeup #sabrinacarpenter ♬ original sound - Monica Ravichandran ✨

ސަބްރީނާ އާއްމުކޮށް ބޭނުން ކޮށްފައި ހުންނަނީ ނިއުޓްރަލް އައިޝެޑޯއެކެވެ. އަދި މި އައި މޭކަޕް ފުރިހަމަކޮށްލަނީ ޝިމަރީ އައިޝެޑޯއަކާ އެކު އެވެ.

މި މޭކަޕް ފުރިހަމަ ވާނީ ޕިންކް ބްލަޝްއަކުންނެވެ. ސަބްރީނާގެ މޭކަޕް ހުރިހާ ލުކެއްގައި ވެސް އެންމެ ބޮޑަށް ފާހަގަކުރެވޭނެ އެއް ކަމަކީ މި ބްލަޝް އެވެ. ޗީކްގެ އެޕަލްސް އާއި ނޭފަތުގައި ވެސް ބްލަޝް ބޭނުން ކުރެ އެވެ. މި ލުކް ނިންމާލުމަށް ނިއުޓްރަލް ލިޕްސްޓިކަކާއި ގްލޮސްއެއް ބޭނުންކޮށްލައި ގްލޯވީ ލިޕަކުން ނިންމާލާށެވެ.

ސަބްރީނާގެ މި އައިކޮނިކް ލުކް އެންމެ ރީތި ވާނީ އިސްތަށިގަނޑު ވެސް ބްލޯއައުޓް ކޮށްލުމުންނެވެ.

ފެޝަން މޭކަޕްކުރުން

Popular