6 Dec 2018

'ނިކްޔާންކާ'ގެ ކައިވެނީގެ ހެދުން

'ނިކްޔާންކާ'ގެ ކައިވެނީގެ ހެދުން

މުމްބާއިން ފެށިގެން އެލް އޭ އާއި ހަމައަށް މި ހަފްތާގެ އެންމެ "ހޮޓް" އެއް ޓޮޕިކަކީ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ވާހަކަ އެވެ. އެންމެ ގިނަ މީހުން ފޮލޯ ކުރާ ސެލެބްރިޓީ ކަޕްލް އަށް "ނިކްޔާންކާ" ވަނީ ވެފަ އެވެ. ޕީޕަލްސް މެގަޒިނުން ކައިވެނި ލައިވް ކޮށްފައިވާ ވާއިރު މި އަހަރު އެންމެ މަގުބޫލުކަން ހޯދި ރޯޔަލް ވެޑިން އާ ގާތް ކުރާވަރަށް ފޮޓޯތަކާއި ވީޑިއޯތައް އެކި މީހުންގެ ސޯޝަލް މީޑިއާގައި ދަނީ ރަސްކަންކުރަމުންނެވެ.

View this post on Instagram

And forever starts now... ❤️ @nickjonas

A post shared by Priyanka Chopra (@priyankachopra) on

ޕްރިޔަންކާގެ ހުދު ވެޑިން ޑްރެސް

ޖޯދް ޕޫރްގައި ކްރިއަސްޓިއަން އަދި ހިންދޫ ދެ ކައިވެނި ހަފްލާ ވަނީ ބާއްވާފަ އެވެ. ޕްރިޔާންކާ އާއި ނިކް ވެސް އެންމެ ފުރަތަމަ ހަފްލާގައި ފެނިގެން ގޮސްފައި ވަނީ "ރަލްފް ލައުރަން" ބްރޭންޑުގެ ހެދުން އަޅައިގެންނެވެ. މީގެ އިތުރުން ޕާޓީގައި ބައިވެރި ގިނަ ބައެއްގެ ހެދުންތައް ވެސް ޑިޒައިން ކޮށްދީފައި ވަނީ ހަމަ މި ލޭބަލް އިންނެވެ. ހުދުކުލައިގެ ތުލޭ ފޮއްޗާއި ލޭސް ބޭނުންކޮށްފައިވާ "ހައި ނެކް" ބައިގައި އަތުން ހަރުކޮށްފައިވާ މިނާ އަދި އެމްބްރޮއިޑަރީގެ މަސައްކަތަށް 1،826 ގަޑިއިރު ހޭދަވެފައިވެ އެވެ. މި 'ސީ ތްރޫ' ބައި ލާފައިވަނީ 2,380,000 'މަދާ އޮފް ޕާލް ސީކުއިން' ހަރުކޮށްފައިވާ ހެދުމުގެ މަތިންނެވެ. ޕްރިޔާންކާގެ އިސްތަށިގަނޑުގައި ހަރުކޮށްފައިވާ ބޮލުފޮތިގަނޑުގެ ދިގުމިނުގައި 75 ފޫޓު ހުއްޓެވެ. 'ޖިމީ ޗޫ' ބްރޭންޑުގެ ބޫޓަކާ އެކު ލާފައިވާ މި ހެދުން ހާއްސަވާ ސަބަބުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ނިކް އާއި ޕްރިޔާންކާގެ މަންމަ އާއި ބައްޕަގެ ފުރިހަމަ ނަމާއި އޭނާގެ ކައިވެނީގެ ތާރީހު ހޭންޑް އެމްބްރޮއިޑް ކޮށްފައިވާ ކަމެވެ. މީގެ އިތުރުން ނިކްގެ މަންމަގެ ކައިވެނީގެ ހެދުމުގެ ބައެއް ޕްރިޔަންކާގެ ހެދުމުގައި ހިމަނާފައިވެ އެވެ.

ޕްރިޔާންކާގެ ހިންދޫ ކައިވެނި ހަފްލާގައި ފެނިގެން ދިޔަ ގަދަ ރަތް ކުލައިގެ ހެދުމަކީ އިންޑިޔާގެ އެންމެ ވަރުގަދަ އެއް ޑިޒައިނާ ބްރޭންޑު ކަމަށްވާ 'ސަބްޔަސާޗީ' ގެ އުފެއްދުމެކެވެ. މި 'ލެހެންގާ' އިން ފެންނަ އަތުން ކަފައިފައިވާ އޮގެންޒާ ފޮތީގެ މާތަކާއި އެމްްރޮއިޑަރީ އަދި 'ސިއަމް ކްރިސްޓަލް'ތައް ހަރުކޮށް ހެދުން ނިންމުގެ މަސަތްކަތުގައި ކަލްކަތާގެ 110 މީހުން 3720 ގަޑި އިރު ހޭދަކޮށްފައިވެ އެވެ.

View this post on Instagram

This was truly magical. @priyankachopra Link in bio @people

A post shared by Nick Jonas (@nickjonas) on

ނިކްގެ ކައިވެނި އައުޓްފިޓް

ނިކްގެ ޓަކްސް އައުޓް ފިޓް ޑިޒައިންކޮށްފައި ވަނީ ޕްރިޔާންކާ އަށް ހުށަހަޅައިދޭ ލޯބީގެ މެސެޖަކާ އެކު އެވެ. ޕްރިޔާންކާގެ ހެދުމުގެ ލޭސްކޮޅެއް ނިކްގެ ކަޅު ޖެކެޓުގައި "މައި ޖާން" ޖަހާފައި އެބްރޮއިޑްކޮށް ހޮރުކޮށްފައިވެ އެވެ. އަދި އޭނާ އަރައިގެން ހުރީ ކަސްޓަމް މޭޑް، ޕޭޓަންޓް ނާޑުވާ ލީ ބޫޓަކަށެވެ. ހިންދޫ ކައިވެނި ހަފްލާގައި ނިކް ވެސް ލައިގެން ހުރީ ސަބްޔަސާޗީ ބްރޭންޑުގެ އިންޑިޔާގެ ސަގާފީ އައުޓްފިޓެކެވެ.

Popular