ޖިންސު ދޮންނަން އެންމެ ރަނގަޅު ގޮތް
ދޮންނަން މެޝިނަށް ލުމުގެ ކުރިން ޖިންސު ފުށުން ޖަހާށެވެ. އެއީ ގައިގައި އަބަދު ޖެހިފައި އޮންނަ ފުށަކީ އެންމެ ހަޑިވާނެ ތަނަށް ވެފައި ޖިންސުގެ ބޭރުފުށުން ކުލަ ވެއްޓުން ލަސްކުރެވޭނެތީ އެވެ. ދެން އޮތް ގޮތަކީ ގިނަ މީހުންނަށް އެހާ ކަމުދާނެ ގޮތެއް ނޫނެވެ. އެއީ އަތުން ދޮވުމެވެ. ފެންއެއްޗަކަށް ދޮންނަކުނޑި ނުވަތަ ފުޅި އަޅާލާފައި އޭގެ ތެރޭ 15 ވަރަކަށް މިނެޓު ވަންދެން ޖިންސު ފޯކޮށްލާށެވެ. އެކަމަކު ޖިންސު ފެލައިލާ އިރު އޮޅާލާފައި ފެލުމުގެ ބަދަލުގައި ފިއްތާލާށެވެ. އޮޅާލުމުން ޖިންސުގެ ފައިބަރުތައް އެތުރިފައި ހުންނަ ގޮތް ބަދަލުވަމުންދާނެއެވެ. އަތުން ދޮވުމަކީ ޖިންސު ގިނަ ދުވަހު ގެންގުޅެން އެންމެ ރަނގަޅު ގޮތްކަމުގައި ބައެއް އެކްސްޕާޓުން ބުނެއުޅެވެ. އަދި ޖިންސެއް ދޮންނަން އެންމެ ރަނގަޅީ 3-10 ފަހަރު ލައިފަ އެވެ.

ޖިންސު ދޮވުނަސް ފާޑެއްގެ ވަހެއް ހުރޭތަ؟
މިވެސް ބައެއް ފަހަރު ދިމާވާ މައްސަލައެކެވެ. ރަނގަޅަަށް ނުދޮވެވެނީއޭ ނުވަތަ ގައިން ވަސް ދުވަނީއޭ ވެސް ހީވެދާނެއެވެ. އެއީ ބައެއް ފަހަރު ބޭނުން ކުރަންވާ ވަރަށްވުރެ ގިނައިން ޑިޓަޖަންޓު ނުވަތަ ސޮފްޓްނާ ބޭނުންކުރެވޭތީ އެވެ. އަޅަންޖެހޭ ވަރަށްވުރެ ގިނައިން މިތަކެތި އެޅުމަކުން އަދި އިތުރަކަށް ސާފެއް ނުވާނެއެވެ. އޭގެ ބަދަލުގައި ޕްރޮޑަކްޓުތައް ގިނަވެގެން، ޖިންސުގައި އެއްވެ ހަރުލާ ގޮތްވެއެވެ. އަދި ލައިގެން ހުންނަ އިރު ގައިން ހިއްލާ ދަލާއި ހަމުގެ ތެލާ އެއްޗެހި އެއާ އެވެ. ނުބައި ވަސް ދުވަން ފަށާނެ އެވެ. ޕްރޮޑަކްޓުތައް މިހެން އެއްވެފައި ހުރެ ވަސް ދުވާ ނަމަ ދެން ހެދޭނެ ގޮތަކީ ފެންއެއްޗެއްގައި ބައި ޖޯޑުގެ ވިނިގާޔާ އެކު ދޮވުމެވެ.
ދޮވެފައި ހިއްކާނެ ގޮތް
ރަނގަޅަށް ޖިންސު ދޮވުނަސް މެޝިނުގެ ހިއްކާ ބަޔަށް ލަންޏާ ސައިޒަށާއި ކުލަޔަށް އަނެއްކާވެސް ތަފާތު ބަދަލުތަކެއް އާދެއެވެ. އޭގެ އެންމެ ރަނގަޅު ގޮތަކީ ތަނެއްގައި ހިއްކަން ބޭއްވުން ނުވަތަ އެޅުވުމެވެ.
ދޮވުމުގެ ކުރިން ޖިންސުން މީރުވަސް ދުއްވާލާ ތާާާޒާކޮށްލަން ބޭނުންނަމަ
ބޭކިން ސޮޑާ އަދި އެ މީހަކަށް މީރުވަސް ދުވާ ވައްތަރެއްގެ އެސެންޝައަލް އޮއިލް ކޮޅެއް ފެނާ އެއްކޮށްލާފައި ޖިންސަށް ސްޕްރޭ ކޮށްލާށެވެ. މީ ޖިންސު ދޮންނަން ލަސްވިއަސް މީރުވަސް ދުއްވާލައި ތާޒާ ކޮށްލަން ކުރެވިދާނެ ކަންކަމެވެ.