ފޭސްބުކް ބޭނުންކުރާ މީހުން އެންމެ ގިނައިން ކުރާ އެއް ކަމަކަށް ވާނީ އެހެން މީހުންގެ ޕްރޮފައިލްތައް ބަލައި އެ މީހުން ކޮށްފައި ހުންނަ ކަންކަން ބެލުން ކަމަށް ވެދާނެ އެވެ. އެކަމަކު މިއީ ފަސޭހައިން ބޭޒާރުވާ ނުރައްކާ ކަމަކަށް ހަދައިފި އެވެ.

ފޭސްބުކް ބޭނުންކުރާ މީހުން އެންމެ ގިނައިން ކުރާ އެއް ކަމަކަށް ވާނީ އެހެން މީހުންގެ ޕްރޮފައިލްތައް ބަލައި އެ މީހުން ކޮށްފައި ހުންނަ ކަންކަން ބެލުން ކަމަށް ވެދާނެ އެވެ. އެކަމަކު މިއީ ފަސޭހައިން ބޭޒާރުވާ ނުރައްކާ ކަމަކަށް ހަދައިފި އެވެ.
މިއަށް ދީފައިވާ ނަމަކީ "ފޭސްބުކް ހެލޯ" އެވެ. އެކަމަކު މިއީ މި ހުރިހާ ދުވަހަކު ބޭނުންކުރި "ޕޯކް" އެހެން ގޮތަކަށް ބަދަލުކޮށް ތަރައްގީކޮށްފައިވާ ފީޗާއެކެވެ.
މި ފީޗާ އަދި އެންމެންނަކަށް ނުލިބެ އެވެ. މިހާރު މަޑުމަޑުން ދޫކުރަމުން އަންނަ މި ފީޗާ އަދި އުޅެނީ ޓެސްޓްކުރުމުގެ މަރުހަލާގަ އެވެ.
މި ފީޗާ އައުމުން، ފޭސްބުކްގައި އެކުވެރިއެއްގެ ޕްރޮފައިލް ޕޭޖަކަށް ވަނުމުން އެ ޕޭޖުން، އަތްތިލަޔަކުން ވޭވްކުރާ ތަން ފެންނާނެ އެވެ. ކެޕްޝަނަކަށް ޖަހާފައި އިންނާނީ "ހެލޯ" އެވެ. އެއަށް ފިތާލައިފި ނަމަ އެ ޕޭޖަށް ވަދެފިކަން އެކުވެރިޔާއަށް އެނގޭނެ އެވެ. ފޯން އެޕްލިކޭޝަނުން ފޭސްބުކަށް ވަންނަ ނަމަ މި ބުނާ އައިކަން ވާތް ފަރާތު ކަނުން ވަރަށް ބޮޑަށް ފެންނަން އިންނާނެ އެވެ. އެހެންވެ އޮޅިގެން ނަމަވެސް އެއަށް ފިތާލެވުމުގެ ބިރު އޮންނާނެ އެވެ.
މި ފީޗާ މިހާތަނަށް ލިބިފައިވާ ބައެއް މީހުން ވަނީ އޮޅިގެން އެ އައިކަން އަށް ފިތޭ ކަމަށް ބުނެފަ އެވެ. އަދި މިއީ ވަރަށް ފަސޭހައިން ބޭޒާރު ވެދާނެ ކަމެއްގެ ގޮތުގައި ވެސް އެ މީހުން ސިފަކޮށްފައިވެ އެވެ. އެކަމަކު އޮޅިގެން ފިތާލެވުނަސް "އަންޑޫ" ކުރެވޭނެ އެވެ. މީހުން ޝަކުވާ ކުރަނީ މާ ފަސޭހައިން ބޭޒާރު ވެދާނެތީ އެވެ.
މި ފީޗާ މަސައްކަތް ކުރަނީ "ޕޯކް" މަސައްކަތްކުރާ ގޮތަށެވެ. އެކަމަކު ޕޯކް ފީޗާ އުވާލަނީއެއް ނޫނެވެ. މީގެ ކުރިން ފޭސްބުކް ސްޓޮރީސް ތައާރަފްކުރުމާ އެކު، އެ ބަލާ މީހުންނަކީ ކޮބައިކަން އެނގޭ ގޮތް ވުމުން ވެސް އެތައް ބަޔަކު ޝަކުވާކުރި އެވެ.