30 Aug 2022

By: Ahmed Jaishan

މި ދުވަސްކޮޅު އެންމެ ގިނަ ބަޔަކު ފޯރި ނަގާފައި ވާހަކަ ދައްކާ އެއް ޝޯ އަކީ "ހައުސް އޮފް ޑްރެގަންސް" އެވެ. ކޮންމެ އެޕިސޯޑެއްގެ ދެމެދުގައި ހަފުތާއެއް މަޑުކުރަން ޖެހުމަކީ ގިނަ ބަޔަކަށް ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް އެ ވަގުތު ފުރާލަން ބެލިދާނެ ޝޯތައް އެބަހުއްޓެވެ.

މިހާތަނަށް އެޅުވި އެންމެ މަގުބޫލު އެއް ޝޯ އަކީ އެޗްބީއޯގެ "ގޭމް އޮފް ތުރޯންސް" އެވެ. އެއާއެކު އަލަށް ފެށި ޕްރީކުއެލް "ހައުސް އޮފް ޑްރެގަންސް" ވެސް ވަނީ މިހާރު ވަރަށް މަގުބޫލު ޝޯއަކަށް ވެފަ އެވެ.

ނަމަވެސް އާ އެޕިސޯޑެއް ނުބަލާ ދުވަހަކު ޝޯއަށް އިންތިޒާރުކުރަން ބައެއް މީހުންނަށް ވަރަށް އުނދަގޫވެ އެވެ. އެހެންވީމާ ހައުސް އޮފް ޑްރެގަންސްގެ ތީމާއި ޖޯންރާއާ ގުޅޭ ކަހަލަ ޝޯތަކަކުން ހުސް ވަގުތު ފުރާލަން ރަނގަޅު ވާނެ އެވެ.

ހައުސް އޮފް ޑްރެގަންސްގެ ފޭނުންނަށް މި ހިމަނާލަނީ އެ ޝޯ ކަމުދާ މީހުންނަށް ކަމުދާނެ ހެން ހީވާ ޝޯތަކުގެ ކުޑަ ލިސްޓެކެވެ.

ރޯމް

ރޯމް ގައި އެންމެ ފުރަތަމަ ފެންނާނީ އާދައިގެ ޒުވާނުން ކަމަށްވާ ލޫސިއަސް އާއި ޓައިޓަސް އެވެ. ދެމީހުންގެ ދިރިއުޅުން މުޅިން ބަދަލުވެގެން އަންނަނީ ރޯމްގެ ރިޕަބްލިކް ވެއްޓި މުޅި ގައުމުގެ ވެރިކަމުގެ މިސްރާބު ބަދަލުވާ ހިސާބުންނެވެ.

ފުރަތަމަ ގަރުނަށް ސެޓުކޮށްގެން ތައްޔާރުކޮށްފައިވާ ޝޯގައި ދައްކާނީ މުއްސަނދި އަދި ބާރުގަދަ މީހުންނާ އެކު ގައުމުގެ ސިޔާސީ މަލަމައްޗަށް އަންނަ ބަދަލުތަކާއި އެ މީހުންގެ ބާރުގެ ބޭނުންކުރާ ތަނަށެވެ. އަދި އެ މީހުންގެ ބާރުތަކުގެ ދެމެދުގައި ތާާށިވެފައިވަނީ ލޫސިއަސް އާއި ޓައިޓަސް އެވެ.

މި ޝޯ ވެސް ހައުސް އޮފް ޑްރެގަންސްގެ ސްޓްރީމިން ސާވިސް، އެޗްބީއޯ މެކްސް އިން ސްޓްރީމް ކޮށްލެވޭނެ އެވެ.

ދަ ފައުންޑޭޝަން

އެޕަލް ޓީވީ ޕްލަސްގެ އޮރިޖިނަލް ޝޯ "ފައުންޑޭޝަން" އަކީ ސައިންސް ފިކްޝަން އަދި ފެންޓަސީ ޝޯ އެކެވެ. ތަފާތު އެކި ޓައިމްލައިންތަކަށް ބަހާލައިގެން ނެރުނު މި ޝޯގައި ބާރުގެ ބޭނުން ކުރާ ގޮތާއި އެ ބާރު ދަމަހައްޓަން ބަޔަކު ކުރާ ކަންތައްތައް ފެންނާނެ އެވެ.

މި ޝޯގައި ދައްކަނީ މުޖުމަތައުން ބޭރުކޮށްލާފައި ތިބި ގްރޫޕަކުން ހުރިހާ އެންމެން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ތަނެވެ. އެ މަސައްކަތުގައި އެކި ކަހަލަ ފިއްތުން ތައް ކުރިމަތި ވާއިރު ބާރުގެ ބޭނުން ކޮށްގެން ބަޔަކު، އެމީހުން ހުއްޓުވަން އުޅޭނެ އެވެ.

ޝޯގެ ފުރަތަމަ ސީޒަން އެއްކޮށް ވަނީ މިހާރު ރިލީޒްކޮށްފަ އެވެ.

ސަކްސެޝަން

އެހެން ޝޯތަކާ ހިލާފަށް މި ޝޯއަކީ ފެންޓެސީ އަދި ސައިންސް ފިކްޝަންގެ ބަދަލުގައި ބޮޑަށް ޑްރާމާގެ ބައިތައް ނުހިމެނޭ ޝޯއެކެވެ. މި ޝޯގައި ބޮޑަށް އަލިއަޅުވާލާނީ ޑްރާމާ އަށެވެ. ނަމަވެސް ހައުސް އޮފް ޑްރެގަންސް އާ އެއްގޮތަށް މި ޝޯގައި ވެސް އަލި އަޅުވާލާނީ ބާރުގެ ބޭނުން ކޮށްގެން މަގާމުތަކަށް އަންނަން މަސައްކަތް ކުރާ ތަނެވެ.

މި ޝޯގައި އަލި އަޅުވާލާނީ ބޮޑު މީޑިއާ ކުންފުންޏެއްގެ އިސްވެރިޔާ މަގާމުން ރިޓަޔަރު ކުރާ ހިސާބުން އެ މަގާމަށް އާއިލާގެ ތެރޭގައި ބަޔަކު ތަޅާފޮޅާ ތަނެވެ.

ޓީވީ ޝޯ

Popular