13 Sep 2023

By: Aishath Jazlee

މި އަހަރަކީ ސެލެބްރިޓީ ބްރޭކްއަޕްގެ ބޮޑު އަހަރެކެވެ. ހީނުކުރާ އެތައް ސެލެބްރިޓީ ކަޕްލްތަކެއް ވަކިވަމުން ދާއިރު އަނެއްކާ ވެސް މި އޮތީ ވަކިވާނެ ކަމަށް ގިނަ ބަޔަކު ހީނުކުރި ދެ މީހަކު ވަކިވެފަ އެވެ.

ގޭމް އޮފް ތްރޯންސް އިން ގިނަ ބައެއްގެ ލޯބި ހޯދި ސޯފީ ޓާނާ އާއި ޖޯނަސް ބޭންޑުގެ ލަވަކިއުންތެރިޔާ ޖޯ ޖޯނަސް ވަނީ މި ދިޔަ ހަފްތާގައި ވަކިވާން ނިންމައި އެކަން ސޯޝަލް މީޑިއާ ޕޯސްޓަކުން ހާމަކޮށްފަ އެވެ.

ގިނަ ބަޔަކު އެޑްމަޔާ ކުރި މި ދެ ތަރިންނަކީ 2017 ވަނަ އަހަރު އެންގޭޖުވެ 2019 ވަނަ އަހަރު ސިއްރުން ވޭގަސްގައި ކައިވެނި ކުރި ދެ މީހުންނެވެ. ވޭގަސްގެ ކައިވެންޏަށް ފަހު، އެ އަހަރު ބޮޑު ކައިވެނި ޕާޓީއެއް ވަނީ ބާއްވައިފަ އެވެ. އެ ޕާޓީ އަކީ އެއީ އަހަރު އެންމެ ފާހަގަ ކުރެވޭ ސެލެބްރިޓީ ވެޑިންގެ ގޮތުގައި އެތައް ބަޔަކު ފާހަގަކުރި އެވެ.

ދެ މީހުންގެ ކައިވެންޏަށް ހަތަރު އަހަރުވެ، ދެ ކުދިން ލިބުމަށް ފަހު ވަރިވާން ޖެހުނު ސަބަބެއް އެކަކު ވެސް ނުބުނެ އެވެ. އެކަމަކު މި ދެ ތަރިންގެ ބްރޭކަޕްއާ ގުޅޭ ގޮތުން އެކި ވާހަތައް މީޑިއާތަކުގައި ދަނީ ޖަހަމުންނެވެ.

މި ކައިވެނި ރޫޅެން ޖެހުނީ ސޯފީ މާ ބޮޑަށް ޕާޓީކޮށް ދަރިންނަށް އަޅާނުލުމުގެ ސަބަބުން ކަމަށް ބައެއް ހަބަރުތަކުގައި ބުނެފައި ވާއިރު، ސޯފީއަށް ދެ ވަނަ ދަރިފުޅު ލިބުމަށް ފަހު ބޭނުންވި އަޅާލުން ޖޯ ނުދޭ ކަމަށް ވެސް ހަބަރުތައް ވަނީ ފެތުރިފަ އެވެ. މި ދެ މީހުންގެ ބްރޭކަޕާ ގުޅިގެން ޓިކްޓޮކްގައި އެތައް ބަޔަކު ސޯފީގެ ދިފާއުގައި ދަނީ ވާހަކަދައްކަމުންނެވެ.

ޓިކްޓޮކުގެ ވެސް އެންމެ ޓްރެންޑިން ޓޮޕިކެއްގެ ގޮތުގައި މި ބްރޭކަޕް ވާހަކަ އޮތް އިރު، ގިނަ ބަޔަކު ބުނަނީ ދެ މީހުންގެ އުމުރުގެ ތަފާތާއި ސޯފީ އެންމެ 23 އަހަރުގައި ކައިވެނިކުރަން ޖެހުމަކީ ވަރިއާ ހިސާބަށް ދާން ޖެހުނު ސަބަބު ކަމަށެވެ. އަދި ޖޯގެ ޓީމުން ސޯފީ ކުށްވެރިކޮށް ސޯފީ އަކީ "ބޭޑް މޮމް" އެއްގެ ގޮތުގައި ސިފަކޮށް "ޕާޓީ ގާލް" އެއް ކަމަށް ބުނަމުން ދަނީ ސޯފީ ޖޯއާ ގުޅޭ ގޮތުން ދައްކަފާނެ ވާހަކައަކަށް ބިރުން ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ސޯފީ އާއި ޖޯގެ އިތުރުން ޖުލައި މަހު ގިނަ ބަޔަކު ރޫޓް ކުރަމުން ދިޔަ ސެލެބްރިޓީ ކަޕްލް އަރިއާނާ ގްރާންޑޭ އާއި ޑެލްޓަން ގޯމޭޒް ވެސް ވަނީ ވަރިވާން ނިންމާފަ އެވެ. އަދި ސޯފީ ވެރްގާރާ އާއި ޖޯ މެންގަނީލޯ ވެސް ވަނީ ވަރިވާން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.

އެތައް ބަޔަކު އައިޑަލައިޒްކުރަމުން ދިޔަ ބަޔަކު ވަކިވުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ލޯތްބާ މެދު ހޯޕްލެސްވެފަ އެވެ. އަދި މި ކަޕްލްތަކަށް ރިލޭޝަންޝިޕެއް ވޯކްއައުޓު ނުކުރެވެންޏާ އެހެން ބަޔަކަށް އެކަމެއް ނުވާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ސެލެބްރިޓީން

Popular