7 Feb 2018

ސެލެބްރިޓީ ޑައިރީ: ޝީލާ ނަޖީބަށް ހަތެއް

ޝީލާ ނަޖީބާއި ހަތަކާ ދެމެދު އޮތީ ހަމަ ހިތާއި ހިތުގެ ގުޅުމެކެވެ. މި ވާހަކައެއް ބުނެގެން ޝީލާގެ ފިރިމީހާ އަދި ކުޅަދާނަ އެކްޓަރު މުހައްމަދު މަނިކު ފަހަރެއްގައި ޖޭ ވެސް ވެދާނެ އެވެ.

ޝީލާ ނަޖީބާއި ހަތަކާ ދެމެދު އޮތީ ހަމަ ހިތާއި ހިތުގެ ގުޅުމެކެވެ. މި ވާހަކައެއް ބުނެގެން ޝީލާގެ ފިރިމީހާ އަދި ކުޅަދާނަ އެކްޓަރު މުހައްމަދު މަނިކު ފަހަރެއްގައި ޖޭ ވެސް ވެދާނެ އެވެ.

ޝީލާ ނަޖީބާއި ހަތަކާ ދެމެދު އޮތީ ހަމަ ހިތާއި ހިތުގެ ގުޅުމެކެވެ. މި ވާހަކައެއް ބުނެގެން ޝީލާގެ ފިރިމީހާ އަދި ކުޅަދާނަ އެކްޓަރު މުހައްމަދު މަނިކު ފަހަރެއްގައި ޖޭ ވެސް ވެދާނެ އެވެ. އެހެންވީމަ ހަތެއްގެ ސިއްރު މި އިންޓަވިއުގެ މެދަށް ދޫކޮށްލާނީ އެވެ.

މި ސިލްސިލާ އަކީ ޒަވާޖީ ހަޔާތަކަށް ތައްޔާރުވާ ޒުވާން ލޯބިވެރިންނާއި ޒަވާޖީ ހަޔާތުގައި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ޒުވާނުންނަށް ދިރިއުޅުމުގެ ފަސޭހަތަކާއި އުކުޅުތައް ކިޔައި ދަސްކޮށްދޭ ސިލްސިލާއެކެވެ. އެކަމަށް އަހަރެމެން ހޮވާލާފައި މި އޮތީ ސެލެބްރިޓީންގެ ތެރެއިން ވެސް އެންމެ ތަޖުރިބާކާރު ހުނަރުވެރިންނެވެ. އެކްޓަރުންނަކީ އެމީހުންގެ ކުލަގަދަ ކެރިއަރުގައި ދިރިއުޅުމުގެ ހުރިހާ އިހްސާސަކާއި ރަހައެއް ތަޖުރިބާކޮށްފައިވާ މީހުންނެވެ. ގިނަ ފަހަރަށް ބޮޑު އިސްކިރީނުގައި ކަމަށްވިޔަސް އަހަރެމެން ފަދައިން އަމިއްލަ ދިރިއުޅުމުގައި ވެސް އެމީހުންގެ އަސަރުތައް މާ ބޮޑުވެގެން ގޮސްފައި އެބަހުއްޓެވެ.

އެހެންވީމަ މިފަހަރު މި އޮތީ ޝީލާގެ ތަޖުރިބާ އާއި ވާހަކަ އެވެ.

1- ޝީލާ ބުނާނީ ގިނަ ދުވަހު ރައްޓެހިވެގެން އުޅެފައި ކައިވެނިކުރުމޭތަ ރަނގަޅީ ނުވަތަ ވީހާ ވެސް އަވަހަކަށް ކައިވެނިކުރީމައޭތަ ޒަވާޖީ ހަޔާތް ބާއްޖަވެރިވެގެންދަނީ؟

ޝީލާ: ޝީލާގެ އޮޕީނިއަން އަކީ ރައްޓެހިވެގެން އުޅެލަން ވީ ދުވަސްކޮޅަކަށް ދެ މީހުން ދަސްވަންދެކަ. ހަމަ މީހަކާ ދިމާވާއިރަށް އިނުމަކީ ޝީލާ ދެކޭ ގޮތުގައި އެހާ ރަނގަޅު ކަމެއް ނޫން. ފުދޭވަރަކަށް ގިނަ ދުވަހު އެކުގައި އުޅެލާފައި ދެ މީހުންގެ މިޒާޖު ވެސް ދަސްކޮށްގެން މެރީކުރުން ރަނގަޅީ.

2- މީހުން ބުނޭ ރައްޓެހިވެގެން ގިނަ ދުވަސްކޮށްފައި އިންނަ މީހުންނޭ އެންމެ އަވަހަށް ވަރިވަނީ، ރުޅިވަނީ. އެއީ ތެދެއްތަ؟ ކޮބައިތަ އަމިއްލަ ހިޔާލާއި ތަޖުރިބާއަކީ މިކަމުގައި؟

ޝީލާ: ދިމާވެދާނެ ގޮތެއް އެއީ ވެސް. ހަމަ ގައިމުވެސް ޝީލާ މަނިކުއާ އިނީ ވަރަށް ދަސްވެގެން. އެކަމަކު ކުރިން ނަމަ ރައްޓެހިވެގެން އުޅެފައި އިންނަހިތުން އިނދެލީ. އެކަމަކު ފަހުން އިނީ ދެ މީހުން ރަނގަޅަށް ދަސްވާހާ ދުވަހު އެކުގައި އުޅެފައި. ދެން މީގަ އޮންނާނެ ގޮތަކީ އިނުމަށް ފަހު ކޮންމެވެސް އެކަކު ޖެހޭނެ މައްސަލަތަކުގައި ގޮތްދޫކުރަން.

3- ކައިވެންޏަށް ރަންކީ ގޮތް ކިޔައިދީބަލަ؟

ޝީލާ: ޝީލާ އަށް ތަޖުރިބާކުރެވިފައިވާ ގޮތުގައި ޝީލާގެ ލަކީ ނަމްބާ އަކީ ސެވަން. އެގޮތުން އެންމެ ފުރަތަމަ ކައިވެނި ކުރީ ވެސް ހަތް ރުފިޔާ އަށް. އެ ކައިވެނި ހަމަ ފުދޭވަރަކަށް ގިނަ ދުވަހު ވޯކްކުރި. ވަރަށް ބޮޑު އަދަދަކަށް ދެ ވަނަ ކައިވެނި ކުރީ. އެކަމަކު އެ ކައިވެންޏެއް އެގޮތަކަށް ވޯކެއް ނުކުރި. ދެން އަނެއްކާވެސް މަނިކުއާ އެކު ސެވަން. އިރާދަކުރެއްވިއްޔާމު ހަމަ ވަރަށް ލަކީ.

ފޮޓޯ: މަސްރަހް

4- ކައިވެނި ޕާޓީއަށް ބޮޑުކޮށް ހޭދަކުރުންތަ މުހިންމީ ނުވަތަ ހަނީމޫނަށް ބޮޑުކޮށް ހޭދަކުރުންތަ މުހިންމީ؟

ޝީލާ: އަހަންނަކީ ވަރަށް ލާރި ލިބޭ މީހަކަށް ވިޔަސް ވަރަށް ބޮޑު ޕާޓީއަކާ އެއްޗެއްސެއް ނުބާއްވާނަން. މަނިކުއާ އިނީ ވެސް ވަރަށް ސިމްޕަލްކޮށް. ކޯޓުގައި ދެ މީހުން މެރީކުރީ ވެސް. ބޮޑު ޕާޓީއަކަށް އެ ހުރިހާ ލާރިއެއް ހޭދަކުރުމަށް ވުރެ މާ ރަނގަޅުވާނެ ދެ މީހުން އެކުގައި ތަނަކަށް ދާން ހޭދަކުރަން. ޝީލާ ވެސް ބޭނުންވަނީ އެގޮތަށް ދަތުރަކަށް ދާން.

5- ވަރަށް ލޯބިން އެކުގައި އުޅެފައި، އިނދެގެން އުޅެފައި ވަރަށް އަވަހަށް ވަކިވެގެންދާތަން މިހާރު ފެނޭ. ޒަމާނީ ލޯބީގައި ޖެހޭ އެންމެ ބޮޑު މައްސަލައަކީ ކޮބައިތަ؟

ޝީލާ: ރެސްޕެކްޓް ނެތުން ހެން ޝީލާ އަށް ހީވަނީ. ކޫލް ވެގެން ގޮސް މާ ކޫލް ވުމަކީ ލައިފްގައި ސަވައިވްވާން އުނދަގޫވެދާނެ ސަބަބެއް.

6- އެކުގައި އުޅޭ ބައިވެރިޔާއާ މައްސަލަ ޖެހޭހެން ހީވާ ނަމަ ނުވަތަ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާ ގޮތް ކިޔައިދީބަލަ؟

ޝީލާ: ގޯސް ކަމެއް ވެއްޖެއްޔާމު ނަސޭހަތް ދޭނީ. އެކަމަކު ރުޅިއައިސްގެނެއް ނޫން. ރަނގަޅު ގޮތުގައި ވިސްނަދޭން މަސައްކަތްކުރަނީ. ރުޅިވެރިކަން ނުބާއްވާ ވާހަކަ ދައްކައިގެން އެކަކު އަނެކަކު މައްސަލަ ހައްލުކުރުން ރަނގަޅު ގޮތަކީ. އެކަމަކު އެކުގައި އުޅެން ބޭނުން ނުވާ މީހަކާ އެކުގައެއް ނޫޅެވޭނެދޯ.

7- މައްސަލަ ހައްލުނުވެއްޖެ ނަމަ ދެން އިހްތިޔާރުކުރަނީ ކޮން ގޮތެއް؟

ޝީލާ: ހަމަ ދުރުވާނީ.

8- ޒަވާޖީ ހަޔާތުގައި ކަންކަން ނިންމައި ބަސް ބުނުމުގެ އިހްތިޔާރާއި ބާރު ޝީލާ އަށް އޮންނަނީ ކިހާ ވަރަކަށްތަ؟

ޝީލާ: ބަސް ބުނުމުގެ ބާރު ބުނަން ޖެހޭ ހާލަތްތަކުގައި އޮންނަން ޖެހޭނެ އަންހެނަކަށްވިޔަސް އެކަކު ބޮޑު ހިއްސާ އޮންނާނީ ފިރިމީހާގެ އަތުގައިދޯ.

9- ބޭވަފާތެރި، އަނިޔާ ލިބޭ ރިލޭޝަންޝިޕްތަކުގައި ބައެއް މީހުން އުމުރު ދުވަސް ހޭދަކުރާތަން ވެސް ފެނޭ. ސަލާމަތްވާން އުނދަގުލީތަ ނުވަތަ ނުކުންނަން ބޭނުންނުވަނީތަ؟

ޝީލާ: ސަލާމަތްނުވެވޭ ބައިވަރު ސަބަބުތަކެއް ހުރެދާނެ ފަހަރެއްގައި. ހަމަ ގައިމު ވެސް ޝީލާއެއް ނުހުންނާނަން އެފަދަ ރިލޭޝަންޝިޕެއްގައި އަނިޔާ ލިބިގެނެއް. ޝީލާގެ ހިޔާލުގައި އެކަހަލަ ރިލޭޝަންޝިޕެއްގައި އުޅޭ މީހަކަށް ވަރަށް ރަނގަޅުވާނެ އޭނާގެ ވާހަކަތައް އެހެން މީހަކަށް ކިޔައިދިނުން. އޭރުން ކޮންމެވެސް ކަހަލަ ހައްލެއް ލިބޭނެތާ. ހިތުގައި ބާއްވައިގެން ފޮރުވައިގެން އުޅުނީމަ އިތުރަށް އަނިޔާ ދޯ ލިބޭނީ.

10- ދުވަހަކުވެސް ރިލޭޝަންޝިޕެއްގައި އެފަދަ އަނިޔާއެއް ނުވަތަ ކެއްސެއް ލިބިފައިވޭތަ؟

ޝީލާ: ޝީލާއަކަށް ނުލިބޭ ދުވަހަކުވެސް އެކަހަލަ އަނިޔާއެއް. ދިރިއުޅުމުގައި މިހާތަނަށް އައިއިރަކު އަދި ނެތް އެކަހަލަ ކަމެއް ދިމާވެފައެއް. މަނިކު ވެސް ހަމަ ވަރަށް ރަނގަޅު.

11- ވަރިވުމަށް ފަހު ނުވަތަ ލޯބިވެރިޔަކާ ރުޅިވުމަށް ފަހު ގެޓްއޯވާވާން ކިހާ ވަގުތެއް ބޭނުންވާ މީހެއްތަ ތިއީ؟

ޝީލާ: އަސްލު އުނދަގޫ ކަމެއް އެއީ.

ފޮޓޯ: މަސްރަހް

12- އަލުން ރިލޭޝަންޝިޕަކަށްދާއިރު ޝީލާ ބަލަނީ ކޮން ކަންކަމަކަށް؟

ޝީލާ: އާ މީހަކާ އެކު ހަމަޖެހިލަން ގިނަ ދުވަސްތަކެއް ނަގާނެ ފުރަތަމަ. ރަނގަޅު މީހެއް ކަމަށް ޝީލާ ބަލަނީ އެމީހެއްގެ އަތުގައި ލާރި ހުރުމަކުންނެއް ނޫން. ރީތި މީހަކަށް ވުމަކުންނެއް ވެސް ނޫން. އެމީހެއްގެ އަހުލާގަށް ޝީލާ ބަލަނީ. ތިމާ ދެކެ ލޯބިވާ މީހަކު ހޯދަނީ.

13- އަވަހަށް ކުދިން ހޯދައިގެން ކުދިންނަށް ވަގުތު ދޭންތަ ބޭނުންވަނީ ނުވަތަ އަމިއްލަ ކެރިއަރަށް ވަގުތު ދީފައި ކުދިން ހޯދަންތަ ބޭނުންވަނީ؟

ޝީލާ: ތިބެދާނެ ތަންކޮޅެއް ދަތިކޮށް އުޅޭ މީހުން ވެސް. އެކަމަކު ޝީލާ ދެކޭ ގޮތުގައި އަވަހަށް ކުދިން ހޯދައިގެން އެ ކުދިންތައް އެކީގައި ބޮޑުވުން އެއީ ލޯބި ވެސް އިތުރުވެ ހުރިހާ އެހެން ކަމެއް ވެސް ރަނގަޅުކޮށްދޭ ކަމަކީ. ކުދިން ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް. ފަހުން ކުދިން ހޯދަން މަޑުކޮށްގެން ތިއްބައި އެހެން ދެރަގޮތްތައް ވެސް ދިމާވެފައި އެބަހުރި.

14- ދަރިން ލިބުނީމަ ލޯބި މަރުވެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދާ ވާހަކަ އަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަންތަ؟

ޝީލާ: ނޫނޭ. ރަނގަޅަށް އުޅެން އެނގެއްޔާމު އެއީ ދެ މީހުންގެ ދެމެދުގައި ލޯބި ވެސް އިތުރުކޮށްދޭ ކަމެއް ޝީލާ ގަބޫލުކުރާ ގޮތުގައި. އެކަމަކު ދަރިން ލިބުނީމަ ދިރިއުޅުމަށް އެ އިތުރުވެގެން ދަނީ ވަރަށް ބައިވަރު މަސައްކަތާއި ޒިންމާތަކެއް. އެ ޒިންމާތައް ރަނގަޅަށް އަދާކުރަނީ ނަމަ އުފަލުގައި އުޅެވޭނެ.

ފޮޓޯ: މަސްރަހް

15- ކުދިން ލިބުނީމަ އެންމެ ރަނގަޅު ގޮތަކީ މަންމަ ވަޒީފާއަކަށް ނުގޮސް ގޭގައި މަޑުކޮށްލުންތަ ނުވަތަ ކުއްޖާގެ މާމައަކާ ނުވަތަ މެއިޑަކާ ދަރިފުޅު ހަވާލުކޮށްފައި ޖޮބުގައި އުޅުންތަ؟

ޝީލާ: ވިހެއުމަށް ދަރިން (އެ ކުދިންގެ މާމަ) އާ ހަވާލުކޮށްފައި މަންމަ ޖޮބަށް ދިއުމަކީ ޝީލާގެ ހިޔާލުގައި އެހާ ރަނގަޅު ކަމެއް ނޫން. ބައްޕަ އާއި މަންމަގެ ތެރެއިން ކޮންމެވެސް އެކަކު ހުންނަން ޖެހޭ ގޭގައި ދަރިފުޅުގެ ޒިންމާތައް ނަގަން.

Popular