12 Apr 2020

"މަނީ ހައިސްޓް" މަތިން ހަމަ ރަނގަޅަށް ވެސް ފޫހިކޮށްލުވައިފިއެވެ. އެކަމަކު، އެމީހެއްގެ ރޮނޑަކުން ހަން ދަމާނެ ގޮތެއް އެނގޭނީ ހަމަ އެ މީހަކަށެވެ. -- އެހެންވީމަ "މަނީ ހައެސްޓް" ގެ ފޭން ފެވަރިޓް ކެރެކްޓާ، [ސްޕޮއިލާ ބޮޑު އެލާޓެއް] ނައިރޯބީގެ ބޮލަށް ބަޑިޖަހައި އެގޮތަށް މަރާލިޔަސް، އޭނާ އަދިވެސް އެނބުރި އަންނާނެ ކަމަށް އުއްމީދުކޮށް މި ވާހަކައެއް ދައްކަމާ ހިނގާށެވެ. ސަބަބަކީ، އެ ނިމުން، ނައިރޯބީ އަށް އެއްގޮތަކަށް ވެސް އިންސާފުވެރި ނޫންވީމަ އެވެ. ނައިރޯބީ އަށް އެހެން ހަދައިގެނެއް ނުވާއެވެ. އެއީ ގޯހެވެ. ބޮޑުވެގެންވީ ޖަރީމާއެކެވެ. ނައިރޯބީ މަރާލުމަކީ "މަނީ ހެއިސްޓް" ގެ ހިތަށް ބަޑިޖަހައި މަރާލުން ފަދަ ކަމެކެވެ.

"މަނީ ހައިސްޓް" ގެ "ކްރިމިނަލް" އެކަމަކު "ޗާމިން ބޭންޑް އޮފް މިސްފިޓްސް" ގެ މި ގޭންގަށް ބަލާއިރު އެމީހުންގެ ތެރޭގައި ހުރި އެންމެ ވަރުގަދަ އަދި އެންމެ ސަޅި ކެރެކްޓާއަކީ ފޯޖަރީ އެކްސްޕާޓެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކުރަމުން ގެންދިޔަ ނައިރޯބީ ނުވަތަ އަގަތާ ޖިމެނޭޒްގެ ކެރެކްޓާއެވެ. ޖުމްލަކޮށް މި ޝޯގެ ލީޑުން ފެންނަ އެހެން ހުރިހާ ކެރެކްޓާތަކެއް ވެސް އެމީހުންގެ ދިރިއުޅުމުގެ ދެ ފަޅިއަށް ބެލެންސްކޮށްފައިވާ ގޮތް ވަރަށް ވެސް ފުރިހަމައެވެ. ނަމަވެސް ނައިރޯބީ އަކީ އެންމެންގެ ތެރެއިން ވެސް އަރައިހުރި ކެރެކްޓަރެކެވެ. ނައިރޯބީ އަކީ ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި "ދަ ޕްރޮފެސާ" ގެ ކްރޫ މެމްބަރަކަށް ވެގެން އުޅުނު ކެރެކްޓާއެއް ނޫނެވެ. ކްރައިމް އަކީ އޭނާގެ އެއް ނަމެވެ. އަނެއްކޮޅުން "ކްރައިމް" އަކާ ޖެހޭއިރު ނައިރޯބީ ވަރެއް ނުވެސް ނެތެވެ.

ޝޯގައި މިހާތަނަށް ފެނިގެން ދިޔަ ހުރިހާ ހިސާބެއްގައި ވެސް ނައިރޯބީ އަހަރެމެންނަށް ފެނިގެން ދިޔައީ އެންމެ ލީޑާޝިޕް ވަރުގަދަ ކެރިސްމެޓިކް ކެރެކްޓާގެ ގޮތުގައެވެ. ހުރިހާ ކަމެއް ގޯސްވިއިރު އަބަދުވެސް "މަނީ ހައިސްޓް" އާއި އޭގެ ކްރޫ ސަލާމަތްކޮށްދިން އެ އާއިލާގެ މެމްބަރަކީ ނައިރޯބީއެވެ. މިސާލަކަށް އަމިއްލަ އެދުމުން ފޯވެ، ޓޯކިޔޯ ހަމައިން ނެއްޓެން ދިޔައިރާއި ހެލްސިންކީ އަށް ބޯއަޅާލާނެ ކޮނޑެއް އެންމެ ބޭނުންވިއިރު ވެސް އަހަރެމެންނަށް ފެނުނީ ނައިރޯބީއެވެ.

އަނެއްކޮޅުން މި ހުރިހާ ކަމެއްގެ "ބޮޑު ވަގުތު" ނުވަތަ މުގުލުގައި ހުރި މާސްޓާމައިންޑް، "ދަ ޕްރޮފެސާ" ޝައްކާއި ވަހުމުގެ ކަނޑަކަށް ގެނބެމުން ދަނިކޮށް އޭނާ ވެސް ސަލާމަތްކޮށްދިން ކެރެކްޓާއަކީ ނައިރޯބީއެވެ. އެހެންކަމުން ނައިރޯބީހާ، އިމޯޝަނަލީ ވަރުގަދަ އެއްވެސް އެހެން ކެރެކްޓާއެއް މި ޝޯގައި މިހާތަނަކަށް ނެތެވެ. ސަބަބަކީ އެހެން ކެރެކްޓަރުންނާ ހިލާފަށް، ނައިރޯބީގެ ހަޔާތުގެ "ކްރައިމް" ތަކަށް ބަލާއިރު އަދި ބެކްސްޓޯރީ އަށް ބަލާއިރު، "ކްރައިމް" ނައިރޯބީގެ ހަޔާތުގެ ރަސްމީ ބަޔަކަށް ކޮންމެ ދުވަހަކުވެސް ވެފައިވާ ކަމެވެ. އޭނާ އަކީ އަމިއްލަ ދަރިފުޅު އެއް އިރެއްގައި "ޑްރަގް މިއުލް" އެއްގެ ގޮތުގައި ބޭނުންކުރި މީހެކެވެ.

ކޮންމެއަކަސް މިހުރިހާ ސަބަބުތަކަށް ބަލާއިރު އެންމެން ވެސް ހީކޮށްގެން ތިބީ "ޕްރޮފެސަރު" ގެ މި "ކްރައިމް ފެމިލީ" ހަމަޖެހޭ އަސްލު ފެމިލީއަކަށް ބަދަލުކޮށް އެންމެން ބޭނުންވާ ނިމުން މި ސިލްސިލާ އަށް ގެނެސްދޭނެ ކެރެކްޓާއަކީ ނައިރޯބީ ކަމަށެވެ. ސަބަބަކީ އެމީހުން ކުރަމުން ދިޔަ ކަންތަކާއި ރާވަމުން ދިޔަ ޖަރީމާތަކުގެ އަސަރު އެމީހުން ފަހަތުން ބަދަލު ހިފަން އަންނާނެ ގޮތް އެންމެ ރަނގަޅަށް އެމީހުންގެ ތެރެއިން އެނގޭ ވަރުގެ ތަޖުރިބާތަކެއް ކުރެވިފައި ހުރި މީހަކަށް އޭނާ ވުމެވެ.

ކުރީގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގެން ނައިރޯބީ ދިޔައީ މުސްތަގުބަލަށް ގިނަ ހުވަފެންތަކެއް ދެކެމުންނެވެ. ބޮޑެތި، ބޮޑެތި ހުވަފެންތަކެއް އޭނާގެ ހުއްޓެވެ. އެންމެފަހުން އަހަރެމެންނަށް އެނގުނީ "ދަ ޕްރޮފެސާ" އާއެކު ދަރިއަކު ހޯދައިގެން ކުށުގެ އެ ވެށިން އުމުރަށް ނުކުތުމުގެ ވިސްނުން ވެސް އޭނާ ގެންގުޅު ކަމެވެ.

ފަހަރެއްގައި ނައިރޯބީގެ މަރު އެ އައީ މިފަދަ ހުވަފެންތަކެއް މާ ގިނަވުމުންނެވެ. ހުވަފެނަކީ އަބަދުވެސް ބިލާހެކެވެ. އަދި މާ ގިނައިން ހުވަފެން ބަލަން ވެއްޖެ ނަމަ ހުރިހާ އެހެން ޕްލޭންތަކެއް ހުއްޓުމަކަށް އަތުވެދާނެއެވެ. "މަނީ ހެއިސްޓް" ގެ ޕްލޮޓް ވަރަށް ސާފެވެ. އެހެންކަމުން ފަހަރުގައި، އެ ޕްލޮޓާއިގެން ކުރިއަށް ދާން އަހަރެމެންނަށް ނައިރޯބީ ދެން ބޭނުމެއް ނުވަނީއެވެ. އެކަމަކު ދެން ކޮންމެއަކަސް އެ ކުއްޖާ ފަކީރަށް އެ އޮތީ ވަރަށް ވެސް ބޮޑުވަރު ކޮށްލައިފައެވެ.

މި ޒަމާނުގެ ޓީވީ ސިލްސިލާތަކުގައި އެމީހުންގެ އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު ކެރެކްޓާތައް މެރުމަކީ ވަރަށް އާންމު ކަމެކެވެ. ގޭމް އޮފް ތްރޯންސް އަކީ މި ޓްރެންޑް އެންމެ ބޮޑަށް މެއިންސްޓްރީމްކުރި ޝޯއެވެ. މިގޮތުން ބަލާއިރު "މަނީ ހެއިސްޓް" އިން ވެސް އެ ވަނީ ނައިރޯބީގެ އިތުރުން ވެސް ވަރަށް މަގްބޫލު އެހެން ކެރެކްޓާތަކެއް ވެސް ކުރިން ދުއްވާލައިފައެވެ. އެކަމަކު ބައެއް ފޭނުން ބުނަމުން ދަނީ، ނައިރޯބީގެ މަރަށް ފަހު "މަނީ ހެއިސްޓް" އާ ސީޒަނެއްގައި ސަލާމަތްވެދާނެ ކަމާމެދު ޝައްކު ކަމަށެވެ. އެވަރަކުން ސަލާމަތްކުރި ކެރެކްޓާއެއް އެހާ އަވަހަށް މަރާލުމަކީ އިންސާފެއް ނޫން ކަމަށެވެ. -- ބަލަން ތިބެމާ ހިނގާށެވެ.

Popular