24 May 2020

މި ތަފާތު ފިތުރު އީދުގެ ތަހުނިޔާގެ މެސެޖުތަކާ އެކު ދިވެހި ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ތަފާތު ފޮޓޯތަކާއި ވީޑިއޯތައް ޕޯސްޓްކުރަމުންނެވެ. އެގޮތުން އިންސްޓަގްރާމްގައި މިހާރު އެންމެ އެކްޓިވް ބައެއް ތަރިންގެ ޕޯސްޓުތައް މި ހުރީ އެވެ.

ޖުމައްޔިލް ނިމާލް

View this post on Instagram

A post shared by Jumayyil Nimal (@jumayyil) on

އެކްޓަރު ޖުމައްޔިލް ނިމާލް އޭނާގެ ފޭނުންނަށް އީދު މުބާރިކް ފޮނުވީ އޭނާގެ ނޯޖަވާން ހަށިގަނޑު ދައްކާލާ ފޮޓޯއަކުންނެވެ. މި ފޮޓޯގެ ކެޕްޝަންގައި ޖުމައްޔިލް ހިއްސާކޮށްފައިވާ "ކޯޓް" އެއްގައި ބުނަނީ އެމީހަކު ހޯދާފައިވާ ކާމިޔާބިއާ މެދު އަމިއްލަ ނަފުސާ މެދު ފަހުރުވެރިވާން ވާނެ ކަމަށެވެ. އަދި ހާއްސަކޮށް އެހެން މީހުންނަށް ނުފެނި ތިމާއަށް ލިބޭ ކުރިއެރުމާ މެދު ވެސް މެ އެވެ.

މަރިޔަމް އައްޒަ

View this post on Instagram

A post shared by Mariyam Azza (@axzxa) on

އެކްޓްރެސް މަރިޔަމް އައްޒަ ހިއްސާކުރީ އޭނާގެ ދަރިފުޅު އީތަންއާ އެކު ކުރީ އީދެއްގައި ކުލަ މަޖާގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. ފޭނުންނަށް އީދު މުބާރިކް ފޮނުވަމުން އައްޒަ ވަނީ އޭނާގެ ދަރިފުޅު މި ނިމުނު ރޯދަ މަހުގައި 27 ރޯދަ ހިފި ކަމަށް ބުނެފަ އެވެ.

އަބްދުﷲ މުއާޒް

View this post on Instagram

A post shared by Muaa Abdulla (@muaa_abdulla) on

އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ޕޯސްޓްކުރީ އޭނާގެ އަންހެނުން އެކްޓްރެސް އައްޒައާ އެކު ސެލްފީއެކެވެ.

ސުނީތާ އަލީ

View this post on Instagram

A post shared by SUNEETHA Ali 28may❤️🇲🇻 (@sunee7777) on

ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ވެސް ދޫކޮށްލީ ސެލްފީއެކެވެ. އަދި ސުނީގެ އާއިލާގެ ބައެއް ކުދިންނާ އެކު ނަގާފައިވާ ފޮޓޯތަކާއި ސެލްފީ ވީޑިއޯތައް ވެސް އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

ޝީލާ ނަޖީބް

View this post on Instagram

A post shared by Shiela Najeeb (@shiela_n) on

"ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އީދުގެ ތަހުނިޔާ އަރިސްކުރަން،" އެކްޓްރެސް ޝީލާ ނަޖީބްގެ އީދު ތަހުނިޔާގެ މެސެޖުގައި ލިޔެފައިވެ އެވެ. ޝީލާ ހުރީ މާޗު މަހު މިޑް-ޓާމް ބްރޭކްގައި އޭނާގެ ކުދިންނާ އެކު ޗުއްޓީއަށް ބ.ގޮއިދޫ އަށް ދިޔަ ގޮތަށް އަދިވެސް އެ ރަށުގަ އެވެ.

ފާތިމަތު ޝަރާ

View this post on Instagram

A post shared by ShEra (@shera_edumz) on

އެކްޓްރެސް ފާތިމަތު ޝަރާ އަޕްލޯޑްކުރީ ޓިކްޓޮކެކެވެ. އިންޑިއާގެ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ކިޔާފައިވާ "ކޯން އާޔާ ކީ ނިގާހޯން މޭ ޗަމަކް ޖާ އުޓީ" ލިޕް ސިންކު ކޮށްފަ އެވެ.

ޝަލަބީ އިބްރާހިމް

View this post on Instagram

A post shared by Shalabee (@shalabeeibrahim) on

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ދޫކޮށްލި ވީޑިއޯގައި ތުއްތު ކުއްޖަކު އީދު މުބާރިކް ބުނެ އެވެ.

ހަސަން އިރުފާން

View this post on Instagram

A post shared by Z Λ K I Ƭ Ƭ Σ (@ohmygodzakitte_official) on

ހަސަން އިރުފާން (ޒަކިއްޓެ) އީދު ތަހުނިޔާ ކިޔާލީ އޭނާގެ އަޑުންނެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ސުނީތާ އަލީ ޝަލަބީ އިބްރާހިމް އެކްޓްރެސް މަރިޔަމް އައްޒަ

Popular